ކ. މާލެ
|
10 އޮކްޓޯބަރ 2020 | ހޮނިހިރު 02:41
ކޮންމެ ބާވަތަކުން 10،000 މެޓްރިކް ޓަނުގެ ފިޔާ އެކްސްޕޯޯޓު ކުރުމުގެ ހުއްދަ ދިނުމަށް ވަނީ ނިންމާފަ
ކޮންމެ ބާވަތަކުން 10،000 މެޓްރިކް ޓަނުގެ ފިޔާ އެކްސްޕޯޯޓު ކުރުމުގެ ހުއްދަ ދިނުމަށް ވަނީ ނިންމާފަ
އެންޑީޓީވީ
ފިޔާ އެކްސްޕޯޓުކުރުމުގެ ހުއްދަ ދިނުން
ދެ ބާވަތެއްގެ ފިޔާ އެކްސްޕޯޓު ކުރުމުގެ ހުއްދަ ދިނުމަށް އިންޑިއާ ސަރުކާރުން ނިންމައިފި
 
ނިންމުމުގެ ސަބަބުން އިންޑިއާގެ ދަނޑުވެރިން ބާރުވެރިކުރުވާ އެމީހުންނަށް ލިބޭ އާމްދަނީ ވެސް އިތުރުވެގެންދާނެ
 
އެގައުމުގެ ސަރުކާރުން ނިންމާފައިވަނީ އަންނަ އަހަރުގެ މާޗް މަހުގެ 31 ވަނަ ދުވަހާއި ހަމަޔަށް ހުއްދަ ދިނުމަށް

ދެ ބާވަތެއްގެ ފިޔާ އެކްސްޕޯޓު ކުރުމުގެ ހުއްދަ ދިނުމަށް އިންޑިއާ ސަރުކާރުން ނިންމައިފިއެވެ.

ބޭރުގެ މީޑިއާތަކުން ދައްކާގޮތުގައި އިންޑިއާ ސަރުކާރުން ވަނީ ހުކުރު ދުވަހު އިންޑިއާ ބެންގަލޯރ ރޯޒް ފިޔާ، އަދި ކްރިޝްނަޕޫރަމް ފިޔާ އެކްސްޕޯޓު ކުރުމުގެ ހުއްދަ ދިނުމަށް ނިންމާފައެވެ.

އެގައުމުގެ ސަރުކާރުން ނިންމާފައިވަނީ އަންނަ އަހަރުގެ މާޗް މަހުގެ 31 ވަނަ ދުވަހާއި ހަމަޔަށް ކޮންމެ ބާވަތަކުން 10،000 މެޓްރިކް ޓަނުގެ ފިޔާ އެކްސްޕޯޯޓު ކުރުމުގެ ހުއްދަ ދިނުމަށެވެ. އެގޮތުން މި ފިޔާތައް އެކްސްޕޯޓު ކުރެވޭނީ ހަމައެކަނި ޗެންނާއި ޕޯޓުން ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

މިކަމާ ގުޅޭގޮތުން އިންޑިއާގެ ޔޫނިއަން ކޮމަރސް އަދި އިންޑަސްޓްރީ މިނިސްޓަރ ޕިޔޫޝް ގޯޔަލް ކުރެއްވި ޓުވީޓެއްގައި ވަނީ މި ނިންމުމުގެ ސަބަބުން އިންޑިއާގެ ދަނޑުވެރިން ބާރުވެރިކުރުވާ އެމީހުންނަށް ލިބޭ އާމްދަނީ ވެސް އިތުރުވެގެންދާނެ ކަމަށެވެ.

އެ ގައުމުގެ މިނިސްޓްރީ އޮފް ކޮމަރސް އެންޑް އިންޑަސްޓްރީން ބުނީ މި ދެ ބާވަތުގެ ފިޔާ އެކްސްޕޯޓު ކުރަން ބޭނުންވާ ފަރާތްތަކުން ކަރްނާޓަކާ އަދި އަންދްރާ ޕްރަދޭޝްގެ ހޯރޓިކަލްޗަރ އޮފިސަރުން އަތުން ސެޓްފިކެޓެއް ހޯދަން ޖެހޭނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް