ކ. މާލެ
|
10 އޮކްޓޯބަރ 2020 | ހޮނިހިރު 02:44
ފްރާންސްގެ އެއަރޕޯޓެއްގައި ޕީއާރް ޓެސްޓް ހަދަމުން ދަނިކޮށް
ފްރާންސްގެ އެއަރޕޯޓެއްގައި ޕީއާރް ޓެސްޓް ހަދަމުން ދަނިކޮށް
ރޮއިޓަރސް
ކޮވިޑް-19 ފްރާންސްގެ ހާލަތު
ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި ފްރާންސްއިން 20،000 އަށް ވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
 
މިދިޔަ ދެ ދުވަހު އެގައުމުން 18،000 އަށްވުރެ ގިނަ މީހުން ބައްޔަށް ޕޮޒިޓިވްވެގެން ވަނީ ރެޕޯޓްކޮށްފަ
 
ފްރާންސްއަކީ ކޮވިޑް-19 އަށް މުޅި ދުނިޔެއިން 10 ވަނަ އަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައިވާ ގައުމު

ފްރާންސްއިން ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ރެކޯޑް އަދަދަކަށް މައްޗަށް ގޮސްފައިވާ ކަމަށް އެގައުމުގެ ހެލްތް މިނިސްޓްރީއިން ބުނެފިއެވެ.

ފްރާންސްގެ ހެލްތް މިނިސްޓްރީއިން ހުކުރު ދުވަހު ނެރުނު ޑާޓާ ބޭސްއިން ދައްކާ ގޮތުން އެގައުމުން 20،330 މީހުން ވަނީ މިދިޔަ 24 ގަޑިއިރު ތެރޭގައި ޕޮޒިޓިވްވެފައެވެ. އަދި މިދިޔަ ދެ ދުވަހު އެގައުމުން 18،000 އަށްވުރެ ގިނަ މީހުން ބައްޔަށް ޕޮޒިޓިވްވެގެން ވަނީ ރެޕޯޓްކޮށްފައެވެ. އަދި މިދިޔަ 24 ގަޑިއިރު ތެރޭގައި އެގައުމުން 109 މީހުން ވަނީ ކޮވިޑްގެ ބަލީގައި މަރުވެފައެވެ.

ފްރާންސްގެ ހެލްތް މިނިސްޓްރީއިން ބުނީ ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަނީ ލޮކްޑައުންއަށް ފަހު ދިން ލުއިތަކުގެ ސަބަބުން ކަމަށާއި، މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން މިހާރު އެޅިފައިވާ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރާނެ ކަމަށެވެ.

ފްރާންސްއަކީ ކޮވިޑް-19 އަށް މުޅި ދުނިޔެއިން 10 ވަނަ އަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައިވާ ގައުމެވެ. އެގޮތުން ފްރާންސްއިން މިހާތަނަށް 691،977 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު 32،583 މީހުން ވަނީ މި ބަލީގައި މަރުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް