ކ. މާލެ
|
9 އޮކްޓޯބަރ 2020 | ހުކުރު 22:18
ކޮވިޑް-19 އަށް ސާމްޕަލް ނަގަނީ
ކޮވިޑް-19 އަށް ސާމްޕަލް ނަގަނީ
ރާއްޖެއެމްވީ
ކޮވިޑް-19 އެންމެ ފަހުގެ މައުލޫމާތު
މިއަދު ޕޮޒިޓިވްވީ 66 މީހުން، 54 މީހުންނަކީ ދިވެހިން
60 މީހުން ޕޮޒިޓިވްވީ މާލެ ސަރަހައްދުން
ފާއިތުވި 24 ގަޑިއިރު ތެރޭގައި 1232 ސާމްޕަލްއެއް ނެގިފައިވޭ
ބަލިން ފަސޭހަވި މީހުންގެ ޖުމްލަ އަދަދަކީ 9654

ރާއްޖެއިން އިތުރު 66 މީހަކު ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފައިވާގޮތުން ހުކުުރު ދުވަހު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 54 ދިވެހިންނާއި 12 ބިދޭސީންނެވެ.

ޕޮޒިޓިވްވި މީހުންގެ ތެރެއިން 60 މީހުންނަކީ ގްރޭޓަރ މާލެ ސަރަހައްދުން ޕޮޒިޓިވްވި މީހުންނެވެ. އަދި ރިސޯޓްތައް ހިމެނޭ ގޮތަށް އަތޮޅުތެރޭގައި 6 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް-19 އަަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދަކީ 10808 އެވެ.

ފާއިތުވި 24 ގަޑިއިރު ތެރޭގައި 1232 ސާމްޕަލްއެއް ނެގިފައިވާކަމަށް އެޗްޕީއޭއިން މައުލޫމާތު ދެއެވެ. އެކްޓިވް ކޭސްގެ ގޮތުގައި 1113 ކޭސްއެއް ރިޕޯޓްކޮށްފައިވާއިރު، ހޮސްޕިޓަލްގައި ފަރުވާދެމުންދަނީ 74 މީހަކަށެވެ. މިހާތަނަށް ބަލިން ފަސޭހަވި މީހުންގެ ޖުމްލަ އަދަދަކީ 9654 އެވެ.

އެޗްޕީއޭއިން ހާމަކޮށްފައިވާގޮތުން މިވަގުުތު އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބީ 369 މީހުންނެވެ. ކޮވިޑް19- ޖެހިގެން ރާއްޖެއިން މަރުވި މީހުންގެ ޖުމްލަ އަދަދަކީ 34 އެވެ.

- ކޮމެންޓް
9 އޮކްޓޯބަރ 2020 | ހުކުރު 23:33
އަހްމަދު
ކިތައް ސާންޕަލް ނެގީ ދިވެހިންގެ؟ ޕޮސިޓިވްކިތަކެއްތޯ؟ ކިތައްސާންޕަލް ނެގީ ބިދޭސީންގެ؟ ޕޮސިޓިވްކިތަކެއްތޯ؟ ތަފްސީލް އާއި އެކު ލިޔުއްވުން ވަރަށް މުހިންމު. ސުކުރިއްޔާ!
9 އޮކްޓޯބަރ 2020 | ހުކުރު 23:24
އަހްމަދު
ގިނައިން ސާންޕަލް ދިވެހިންގެ ގައިން ނަގައިގެން ދިވެހިން ޕޮސިޓިވް ވާވަރު ގިނަ ކަމަށް ހެދީމަ އެއްކަލަ ގަވައިދާ ޙިލާފަށް ތޮއްޖެހިގެން ދިރި އުޅޭ ބޭރުމީހުންގެ މައްސަލަ ހައްލުވީނު. ވަަރަށްސަޅި
9 އޮކްޓޯބަރ 2020 | ހުކުރު 23:13
އަހްމަދު
ސާންޕަލް ނަގަނީ ގިނައިން ދިވެހިންގައިން އެހެންވީމަ ޕޮސިޓިވް ވާނީވެސް ގިނަ ދިވެހިން.