ކ. މާލެ
|
9 އޮކްޓޯބަރ 2020 | ހުކުރު 12:10
އިންޑިއާގައި ކޭސްތައް ރިޕޯޓް ކުރެވޭ އަދަދު ވަނީ ދަށަށް ޖެހިލާފައި
އިންޑިއާގައި ކޭސްތައް ރިޕޯޓް ކުރެވޭ އަދަދު ވަނީ ދަށަށް ޖެހިލާފައި
ޓްވިޓަރ
ކޮވިޑް-19 ގެ ދުނިޔޭގެ ހާލަތު
ބުރާސްފަތި ދުވަހު ރިކޯޑް އަދަދަކަށް ކޮވިޑުގެ ކޭސްތައް
އެންމެ ގިނަ ކޭސް ކުރިން ރިޕޯޓް ކުރެވުނީ އޮކްޓޫބަރު މަހު
ޔޫރަޕްގައި ކޭސްތަކުގެ އަދަދު ވަނީ މައްޗަށް ޖެހިލާފައި

ބުރާސްފަތި ދުވަހު ރިކޯޑް އަދަދަކަށް ކޮވިޑް-19 ގެ ކޭސްތައް ރިޕޯޓް ކުރެވިފައިވާ ކަމަށް ދުނިޔޭގެ ސިއްހަަތު ޖަމިއްޔާ، ޑަބްލިއުއެއްޗޯއިން ބުނެފިއެވެ.

އެ ޖަމިއްޔާއިން ބުނީ، ފާއިތުވި 24 ގަޑިއިރު ތެރޭގައި 339،000 ޕޮޒިޓިވް ކޭސް ރިޕޯޓް ކުރެވިފައިވާ ކަމަށެވެ. ކޭސްތައް ރިޕޯޓް ކުރެވުނު އަދަދު އިތުރުވެ ޔޫރަޕްގައި ކޮވިޑުގެ ކޭސްތައް ވަނީ ބޮޑު ތަނުން އިތުރުވެފައެވެ.

ބުރާސްފަތި ދުވަހު ޔޫރަޕުން 97،000 ކޭސް ރިޕޯޓް ކުރެވިފައިވާއިރު، މި އަދަދަކީ ޔޫރަޕުން އެއް ދުވަހެއްގެ މައްޗަށް ރިޕޯޓް ކުރެވުނު އެންމެ މަތީ އަދަދެވެ. ދުނިޔޭގައި ކޮވިޑް ބަލި ޖެހިގެން އިތުރު 5،514 މީހަކު މަރުވެ ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 1.05 މިލިއަނަށް އަރާފައެވެ.

އެންމެފަހުން ރިކޯޑް އަދަދަކަށް ކޭސްތައް ރިޕޯޓް ކުރެވިފައިވަނީ އޮކްޓޫބަރު މަހުގެ ދެވަނަ ދުވަހުއެވެ. އެ ދުވަހު އެކަނިވެސް 330،000 ކޭސް ރިޕޯޓް ކުރެވުނެވެ. އެއް ދުވަހަކަށް އެންމެ ގިނަ ބަޔަކު ކޮވިޑު ޖެހިގެން މަރުވީ އޭޕްރީލް މަހުގެ 17 ވަނަ ދުވަހުއެވެ. އެ ދުވަހު 21،393 މަރު ވަނީ ރިޕޯޓް ކުރެވިފައެވެ.

ޔޫރަޕުން ރިޕޯޓް ކުރެވޭ ކޮވިޑުގެ ކޭސްތަކުގެ އަދަދު އެންމެ ގިނައިން ކޭސްތައް ރިޕޯޓް ކުރެވޭ ގައުމުތަކުގެ ތެރޭގައި ހިމެނޭ، އިންޑިއާ އަދި ބްރެޒިލްގެ އިތުރުން އެމެރިކާއަށް ވުރެވެސް ގިނައެވެ. އިންޑިއާގައި ރިޕޯޓް ކުރެވޭ ކޭސްތަކުގެ އަދަދު 20 އިންސައްތަ ދަށަށް ވަނީ ޖެހިލާފައެވެ.

- ކޮމެންޓް