ކ. މާލެ
|
9 އޮކްޓޯބަރ 2020 | ހުކުރު 01:56
ކަސްޓަމަރަކު ބީއެމްއެލްގެ ހިދުމަތެއް ހޯދަނީ
ކަސްޓަމަރަކު ބީއެމްއެލްގެ ހިދުމަތެއް ހޯދަނީ
ބީއެމްއެލް
ބީއެމްއެލްގެ ހިދުމަތުގެ ފެންވަރު ރަަނގަޅުކުރުން
ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އަޕްގްރޭޑިންގ ޕްރޮޖެކްޓެއް ބީއެމްއެލުން ކުރިއަށްގެންދަނީ
 
މި އަޕްގްރޭޑިންގ ޕްރޮޖެކްޓްގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ 9 އޮކްޓޯބަރުން ފެށިގެން 30 އޮކްޓޯބަރުގެ ނިޔަލަށް

ކަސޯޓަމަރުންނަށް ދެމުންދާ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން މި މަހުގެ ނިޔަލަށް އަޕްގްރޭޑިންގ ޕްރޮޖެކްޓެއް ކުރިއަށްގެންދިއުމަށް ނިންމާފައިވާކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފި އެވެ.

ބީއެމްއެލް އިން ބުނިގޮތުގައި މި އަޕްގްރޭޑިންގ ޕްރޮޖެކްޓްގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ 9 އޮކްޓޯބަރުން ފެށިގެން 30 އޮކްޓޯބަރުގެ ނިޔަލަށެވެ.

ބީއެމްއެލްއިން ބުނި ގޮތުގައި މި ޕްރޮޖެކްޓުގެ ދަށުން ރޭވިގެން ވަކި ވަގުތުތަކެއްގައި މަސައްކަތްތައް ކުރިއަށް ގެންދެވޭނެއެވެ. އަދި ކަސްޓަމަރުންނަށް ބޭންކިންގ ޚިދުމަތް ހޯދުމުގައި އެއްވެސް ކަހަލަ ދަތިކަމެއްދިމާވެދާނެފަދަ ހާލަތެއް އަންނަނަމަ އެކަމުގެ މައުލޫމާތު ކަސްޓަމަރުންނަށް ކުރިން އަންގަމުންގެންދާނެކަމަށް ބޭންކުން ބުންޏެވެ.

ބީއެމްއެލްއިން ބުނިގޮތުގައި ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް ބަލައި މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ދަންވަރު ވަގުތުތަކުގައެވެ. އަދި އެކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި މަައާފަށް އެދޭކަމަށް ބޭންކުން ބުންޏެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
100%
0%
0%
ކޮމެންޓް