ކ. މާލެ
|
8 އޮކްޓޯބަރ 2020 | ބުރާސްފަތި 10:48
ކާބޯތަކެތި އުފެއްދޭ މިންވަރު އިތުރުކުރުމަށް ދޫކުރާ ރަށްތަކެއް
ކާބޯތަކެތި އުފެއްދޭ މިންވަރު އިތުރުކުރުމަށް ދޫކުރާ ރަށްތަކެއް
ގޫގުލް
ދަނޑުވެރިކަމަށް ފަޅުރަށް ބީލަމަށް ހުޅުވާލުން
ދަނޑުވެރިކަން ކުރުމަށް 6 ފަޅު ރަށެއް ބީލަމަށް ހުޅުވާލައިފި
 
އެގްރިކަލްޗަރ މިނިސްޓްރީން ކަނޑައަޅާފައިވާ ބައެއް ބާވަތްތައް ހައްދަންޖެހޭ
 
6 ފަޅުރަށެއް ބީލަމުގެ އުސޫލުން 21 އަހަރަށް ދޫކުރުމަށް ވަނީ ނިންމާފައި
 
ބީލަން ފޮތެއްގެ އަގަކީ 2000ރ.، ފޮތް ވިއްކަން ފަށާނީ 14 އޮކްޓޫބަރުގައި

ދަނޑުވެރި ކަމާ ގުޅުންހުރި މަސައްކަތްތައް ކުރުމަށް ފަޅުރަށް ބީލަމަށް ހުޅުވާލައިފިއެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ސަރުކާރުގެ ސްރެޓެޖިކް އެކްޝަން ޕްލޭންގައި ކަނޑައެޅިފައިވާ ދަނޑުވެރިކަމުގެ ސިޔާސަތުތައް ތަންފީޒު ކުރުމުގެ ގޮތުން، ފުރަތަމަ ބުރުގައި 6 ފަޅު ރަށެއް ބީލަމުގެ އުސޫލުން 21 އަހަރުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން ދޫކުރާ ހަތް ރަށަކީ ހއ. މަޑުލު، ށ. ކަކާއެރިޔަދޫ، ނ. ނެޔޮ، ބ. މާއްޑޫ، ނ. ތޮޅެންދޫ، ގއ. އޮއިނިގިއްލާއެވެ.

މި ފަޅުރަށްތައް ކުއްޔަށް ދޫކުރުމުގައި މިނިިސްޓްރީގެ މަޤްޞަދަކީ ދިވެހިރާއްޖޭގެ ކާބޯތަކެތި އުފެއްދޭ މިންވަރު އިތުރުކޮށް، ރާއްޖެއަށް އެތެރެކުރަންޖެހޭ ކާބޯތަކެތީގެ މިންވަރު މަދުކޮށް، ކާނާގެ ޔަޤީންކަން ކަށަވަރުކޮށްދިނުމެވެ. އަދި ކޯލި އާއި ބަކަރި ގެންގުޅުމާއި ރާއްްޖެއަށް ބޭނުންވާ އެކި ބާވަތްތަކުގެ ގަސްގަހާގެހި ރާއްޖޭގައި އުފައްދައިގެން އާމްދަނީ ހޯދުމުގެ ފުރުޞަތުތައް އިތުރުކޮށްދިނުމަކީވެސް މަގުސަދެއް ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ދަނޑުވެރިކަމުގެ މަސައްކަތުން ލިބޭ ނަފާ އިތުރުކުރުމަށް ކުރަންޖެހޭ ހަރަދު ކުޑަ ކުރުމަށް ބާރު އެޅުމުގެ ގޮތުން މި ރަށްތަކަށް ދެއްކުމަށް ހަމަޖެހިފައިވާ އަހަރީ ކުށްޔަކީ އަހަރަކަށް އަކަފޫޓަކަށް 10 ލާރި އެވެ. މި ރަށްރަށުގެ ބިމުގެ ސަރަހައްދުން ގިނަވެގެން 30 އިންސައްތައިގައި މިނިސްޓްރީން ކަނޑައަޅާ ކާނާގެ ބާވަތްތައް އުފައްދަން ޖެހޭނެއެވެ. އަދި އުފައްދާ ތަކެތީގެ އިތުރު ތަފްސީލްވެސް އެފަރާތްތަކަށް ބީލަށް ކަރުދާހުން ލިބެން ހުންނާނެ ކަމަށް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ ބީލަން ގޮތް ވިއްކުން ހަމަޖެހިފައިވަނީ 7755335 އަށް ޓެކްސް މެސެޖް އަދި [email protected] އީމެއިލްކޮށްގެން ކަމަށެވެ. ބީލަން ފޮތް ވިއްކަން ހަމަޖެހިފައިވަނީ 14 އޮކްޓޯބަރުން ފެށިގެން 5 ނޮވެމްބަރުގެ ނިޔަލަށް ވިއްކަމުންދާނެ ކަމަށާއި 11 އޮކްޓޯބަރުގެ ނިޔަލަށް ބީލަން ގޮތް ގަތުމަށް ރަޖިސްޓްރީ ވާންޖެހޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ. ބީލަން ފޮތެއްގެ އަގަކީ 2000ރ. އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
20%
60%
0%
10%
10%
0%
ކޮމެންޓް
8 އޮކްޓޯބަރ 2020 | ބުރާސްފަތި 12:39
ގުއިއްޒު
ތަރުކާރީ އާއި މޭވާގެ ބާވަތަތައް ގަންނަން ކޯޕަރޭޝަނެއް އުފެއްދި އަޑު ދުވަސްކޮޅެއް ކުރިން އެހިން. ކޮބާ އެ ކޯޕަރޭޝަން؟ ނިދަނީ ދޯ؟ ކުރާ ކަމެއް ވާކަމެއް އެނގޭ މީހަކު އުޅޭ ހެނެއް ހިއެއް ނުވޭ. އަޅެ ރާއްޖެ އެމްވީ އިން މި ކޯޕަރޭޝަން އިން ކުރާ ކަމަކާ އުޅޭ ގޮތެއް ބަލާލަ ދީބަލަ. މިމީހުން ކުރާމަސްކަތުގެ ތަފްސީލު އެބަ އެނގެންޖެހޭ. އަދި މިމީހުން އޮޕަރޭޓް ކުރާގޮތްވެސް އެބަ އެނގެންޖެހޭ. ކުންފުނި ކަރުދާހުގަ އޮވެގެން ނެތް ދެއްތޯ ޢައްމު މީހާއަށް އޮތް ފައިދާއެއް. ވަޒީފާގަ ތިބި މީހުން ހަމަ މުސާރަނަގަނަ ތިބެނީ ދެއްތޯ؟