ކ. މާލެ
|
6 އޮކްޓޯބަރ 2020 | އަންގާރަ 21:04
ކޭޝް ކާޑު ބޭނުންނުކޮށް ފައިސާ ޖަމާކުރެވުމަކީ ދިވެހި ރާއްޖެއަށް އައު ހިދުމަތެއް
ކޭޝް ކާޑު ބޭނުންނުކޮށް ފައިސާ ޖަމާކުރެވުމަކީ ދިވެހި ރާއްޖެއަށް އައު ހިދުމަތެއް
އެމްއައިބީ
އެމްއައިބީގެ އައު އޭޓީއެމް މެޝިންތައް
ކޭޝް ކާޑެއް ނެތަސް ފައިސާ ޖަމާކުރެވޭ އޭޓީއެމްތަކެއް އެމްއައިބީއިން ތައާރަފުކޮށްފި
 
މިއީ ދިވެހި ރާއްޖެއަށް އައު ހިދުމަތެއް
 
އެއްވެސް ކޭޝްކާޑެއް ބޭނުންނުކޮށް ފައިސާ ޖަމާކުރެވޭނެ

މޯލްޑީވްސް އިސްލާމިކް ބޭންކުން ޒަމާނީ އައު އޭޓީއެމްއެއް ބަހައްޓައި ހިދުމަތްދޭން ފަށައިފިއެވެ.

ފައިސާ ޖަމާކޮށް ނެގުމުގެ ހިދުމަތްލިބޭ މި އީސީއާރުއެމްގެ އެންމެ ތަފާތު އެއްކަމަކީ އެއްވެސް ކޭޝްކާޑެއް ބޭނުންނުކޮށް ފައިސާ ފަސޭހަކަމާއެކު ޖަމާކޮށްލެވުމެވެ. އެހެންކަމުން އިސްލާމިކް ބޭންކުގައި އެކައުންޓެއްނެތް ބޭފުޅެއްނަމަވެސް ތިންވަނަ ފަރާތެއްގެ އިސްލާމިކް ބޭންކުގެ އެކައުންޓަކަށް ފައިސާ ޖަމާކުރެވޭނެއެވެ.

ކޭޝްކާޑަކާއިނުލައި ފައިސާ ޖަމާކުރެވޭނީ ކިހިނެއް؟

ކޭޝް ކާޑު ބޭނުންނުކޮށް ފައިސާ ޖަމާކުރެވުމަކީ ދިވެހި ރާއްޖެއަށް އައު ހިދުމަތެއް ކަމަށް އެމްއައިބީން ބުންޏެވެ، މި ހިދުމަތް އިސްލާމިކް ބޭންކުން ދޭ ގޮތަކީ ކޭޝް ކާޑުގެ ބަދަލުގައި ފޯނު ނަންބަރު ޖެހުމުން ފޯނަށް އޯޓީޕީއެއް ފޮނުވައިގެންނެވެ. މި އޯޓީޕީ ޖެހުމަށް ފަހު ފައިސާ ޖަމާކޮށްލެވޭނެ އެވެ.

މި އޭޓީއެމް މެދުވެރިކޮށް އާންމު ފަރުދުންގެ އިތުރުން ވިޔަފާރިވެރިންނަށްވެސް ފަސޭހަކާމާއިއެކު ފައިސާ ޖަމާކުރެވޭނެއެވެ. އެއްވެސް ކޭޝްކާޑެއް ބޭނުން ކުރުމަކާ ނުލާ ފައިސާ ޖަމާ ކުރެވޭގޮތް ހަމަޖެހިފައިވާއިރު ދުވާލަކު 500،000.00ރ (ފަސް ލައްކަ) ވިޔަފާރިތަކުގެ އެކައުންޓަށް އަދި އަމިއްލަ އެކައުންޓެއްނަމަ ދުވާލަކު 200,000ރ. (ދެ ލައްކަ) ޖަމާކުރެވޭނެ ކަމަށް އެމްއައިބީން ބުންޏެވެ.

އެމްއައިބީގެ ހެޑް އޮފީސް އޭޓީއެމް ލޮބީ، އަމީނީމަގު އެމްއެންޔޫގައި ބެހެއްޓިފައިވާ އޭޓިއެމް އަދި އޯކިޑްމަގު ފާމުދޭރިގޭގައި ބެހެއްޓިފައިވާ އޭޓީއެމް ލޮބީގައި މި މަރުކާގެ ޒަމާނީ އޭޓީއެމްތަށް ވަނީ ބަހައްޓާފައެވެ.

މި ވަގުތު މާލޭގައި އެމްއައިބީގެ 9 އޭޓީއޭމް ބަހައްޓާފައިވާއިރު ހުޅުމާލެ އަދި ހުޅުލޭގައިވެސް އެމްއައިބީގެ އޭޓީއެމް ބަހައްޓާފައިހުރެއެވެ. އަދި ހުޅުމާލޭގައި އިތުރު އޭޓީއެމް އެއް ބެހެއްޓުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. މީގެ އިތުރުން އެމްއައިބީއިން ވަނީ ނިމިދިޔަ ހަފްތާގައި ތިލަފުށީގައި އޭޓީއެމްއެއް ބަހަޓާފައެެވެ. މިއީ ތިލަފުށީގައި ބޭންކިންގ ޙިދުމަތް ދޭން ފެށުނު ފުރަތަމަ ފަހަރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
33%
67%
0%
0%
0%
0%
ކޮމެންޓް