ކ. މާލެ
|
6 އޮކްޓޯބަރ 2020 | އަންގާރަ 17:44
ދިރާގު ޕޭ އަކީ މި ކަމަށް ފަސޭހަ އަދި ރައްކާތެރި ޚިދުމަތެއް
ދިރާގު ޕޭ އަކީ މި ކަމަށް ފަސޭހަ އަދި ރައްކާތެރި ޚިދުމަތެއް
ދިރާގު
ދިރާގު ޕޭ ކަސްޓަމަރުންނަށް ކޭޝްބެކް ޕްރޮމޯޝަން
ދިރާގު ޕޭ ކަސްޓަމަރުންނަށް 5 އިންސައްތަ ކޭޝްބެކްގެ ގޮތުގައި!
 
ގިނަ ވެގެން 100 ރުފިޔާ ކޮންމެ ހަފްތާއެކު ކަސްޓަމަރުންގެ ދިރާގު ޕޭ ވޮލަށް ޖަމާވާނެ
 
ވަގުތުން ބިލުގެ %5 އަނބުރާ ދިރާގުޕޭ ވޮލަޓަށް ޖަމާވާނެ

ދިރާގުޕޭ މެދުވެރިކޮށް 4 އޮކްޓޯބަރ 2020 އިން ފެށިގެން ކުރައްވާ ކޮންމެ ވިޔަފާރިއަކަށް ކޭޝް ބެކް ނުވަތަ އިތުރު ފައިސާ ލިބޭ ޕްރޮމޯޝަނެއް ދިރާގުން ފަށައިފިއެވެ.

މި ޕްރޮމޯޝަނުގެ ދަށުން ކަސްޓަމަރުންނަށް ދިރާގު ޕޭ ބޭނުން ކޮށްގެން ބިލް ދައްކާ، ރީލޯޑްކޮށް ނުވަތަ ވިޔަފާރި ކުރުމުން ވަގުތުން ބިލުގެ %5 އަނބުރާ ދިރާގުޕޭ ވޮލަޓަށް ޖަމާވެގެން ދާނެއެވެ.

އެގޮތުން، ގިނަ ވެގެން 100 ރުފިޔާ ކޮންމެ ހަފްތާއެކު ކަސްޓަމަރުންގެ ދިރާގު ޕޭ ވޮލެޓަށް ޖަމާވާނެއެވެ. މި ފައިސާ ޖަމާ ވުމުން، އެކަން އެންގުމުގެ ގޮތުން ކަސްޓަމަރުންނަށް އެސްއެމްއެސް އެއް ދިރާގުން ފޮނުވާނެއެވެ. އަދި ކަސްޓަމަރުންނަށް ދިރާގު ޕޭ އެޕުން "ޓްރާންސެކްޝަން ހިސްޓަރީ" ފަސޭހަކަމާއެކު ބަލާލައި، ކޭޝްބެކް ގެ ގޮތުގައި ލިބުނު އަދަދު ރަނގަޅު ތޯ ބަލާލެވޭނެ ކަމަށް އެކުންފުނިން ބުންޏެވެ.

ސާފުތާހިރު ކަމަށާއި ސަލާމަތާއި ރައްކާތެރިކަމަށް އިތުރަށް ސަމާލުވާން ޖެހިފައިވާ މި ދުވަސްވަރުގައި، ޑިޖިޓަލް ވޮލެޓާއި އޮންލައިންކޮށް ފައިސާގެ މުއާމަލާތްތައް ހިންގުމަށް ދިރާގުން ދަނީ ބާރު އަޅަމުންނެވެ. ދިރާގު ޕޭ އަކީ މި ކަމަށް ފަސޭހަ އަދި ރައްކާތެރި ޚިދުމަތެއް ކަމަށް އެކުންފުނިން ބުންޏެވެ.

ދިރާގުޕޭގެ ޚިދުމަތް މިހާރު ރާއްޖޭގެ އެކި ހިސާބުތަކުން 300 އަށް ވުރެ ގިނަވިޔަފާރިތަކުން ބޭނުންކުރެއެވެ. އޭގެ ތެރޭގައި ޑިލިވަރީގެ ޚިދުމަތްދޭ މަޝްހޫރު ކެފޭ ރެސްޓުރަންޓްސް، ޖެނެރަލްޓްރޭޑިންގ، ސެލޫންސް އަދި ހޮސްޕިޓަލްތަކާއި މިނޫންވެސް އެކި ސިނާއަތްތަކުގެ ވިޔަފާރިތައް ހިމެނެއެވެ.

ދިރާގު ޕޭ މެދުވެރިކޮށް ކޮންމެ ނެޓްވޯކެއްގެ، ކޮންމެ މޯބައިލް ފޯނަކުންވެސް ތަކެއްޗާއި ޚިދުމަތްތަކަށް ފައިސާދައްކާ، ފައިސާ ޖަމާކޮށް އެކަކު އަނެކަކަށް ފައިސާ ޓްރާންސްފަރ ވެސް ކުރެވޭނެއެވެ. ދިރާގު ޕޭ އަށް ކޭޝްއިން ކޮށްލުމަށް ދިރާގު ޕޭ އެޕް އަދި ދިރާގު ވެބްސައިޓުން ބޭންކް ޓްރާސްފަރސް ބޭނުންކުރެވޭނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
100%
0%
0%
0%
0%
ކޮމެންޓް