ކ. މާލެ
|
5 އޮކްޓޯބަރ 2020 | ހޯމަ 18:59
ކޮޗިން ކާގޯ ފެރީ - އިންޑިއާ އާއި ރާއްޖެއާ ދެމެދު 2-3 ދަތުރު ކުރުމަށް ހަމަޖެހިފައިވޭ
ކޮޗިން ކާގޯ ފެރީ - އިންޑިއާ އާއި ރާއްޖެއާ ދެމެދު 2-3 ދަތުރު ކުރުމަށް ހަމަޖެހިފައިވޭ
ފޮރިން މިނިސްޓްރީ
ކޮޗިން ކާގޯ ފެރީ
ކާގޯފެރީއާ ބެހޭ ގޮތުން ވިޔަފާރިވެރިންނަށް ބޭއްވި އޮންލައިން ސެޝަން، ބޮޑު ތަރުހީބެއް ލިބުނު!
 
ވިޔަފާރިވެރިންނަށް ހެޔޮ އަގުގައި މުދާ ލިބޭނެ ގޮތް މަގުފަހިވެގެން ދާނެ
 
މި ސެޝަންގައި 287 ވިޔަފާރިވެރިން ވަނީ ބައިވެރިވެފައި

އިންޑިޔާގެ ކޮޗިން އިން ކާގޯފެރީއިން ރާއްޖެއަށް މުދާ ގެންނަ ބޭނުންވާ ވިޔަފާރިންނަށް މައުލޫމާތު ދިނުމުގެ ގޮތުން ބޭއްވި އޮންލައިން ސެޝަންއަށް ވިޔަފާރިވެރިންގެ ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.

ހދ އަތޮޅު ކައުންސިލާއި، މޯލްޑިވްސް ޝިޕިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އަދި ބިޒްނަސް ސެންޓަރުން ގުޅިގެން ބޭއްވި މި ސެޝަންގައި 287 ވިޔަފާރިވެރިން ވަނީ ބައިވެރިވެފައެވެ. ހޯމަ ދުވަހު ބޭއްވި ބައްދަލުވުމުގައި މޯލްޑިވްސް ޝިޕިންގ އާއި އެމްޕީއެލް، ކަސްޓަމްސްގެ އިތުރުން އިމިގުރޭޝަން އަދި އަތޮޅު ކައުންސިލާއި ބިޒްނަސް ސެންޓަރު ވަނީ ބައިވެރިވެފައެވެ.

ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ކުޅުދުއްފުށީ ބިޒްނަސް ސެންޓަރގެ މެނޭޖަރ އަރީޝާ މޫސާ ވިދާޅުވީ ކޮޗިން ކާގޯ ފެރީގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނަށް ހެޔޮ އަގުގައި މުދާ ލިބޭނެ ގޮތް މަގުފަހިވެގެން ދިއުމަކީ އެފަރާތްތަކުގެ ވިޔަފާރި އިތުރަށް ފުޅާވެ ސަރަހައްދުގެ އިޤްތިސާދުވެސް ކުރިއަރައިގެންދާ ކަމެއް ކަމަށެވެ. އަދި މިބައްދަލުވުމުގައި ގައުމީ ޝިޕިން ކުންފުނި، މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) މެނޭޖިން ޑިރެކްޓާ އަބްދުﷲ ސައީދު ވިދާޅުވީ، ޕޯޓެއްގެ އުމްރާނީ ތަރައްގީ ކުރިއަރާނީ ''ރެގިއުލާ ޓްރެފިކެއް'' އޮވެގެން ކަމަށެވެ.

އޭނާ ވިދާޅުވީ، މި އަހަރު ފެށި ދިވެހި ޝިޕިން ލައިންއަށް ލިބުނު އެންމެ ބޮޑު ކުރިއެރުމެއް ކަމަށް ދެކެވަޑައިގަންނަވަނީ ކުރިން ރާވާފައިވާ ޝެޑިއުލްއާ އެއްގޮތަށް ދަތުރުކުރެވެން ފެށުން ކަމަށެވެ. އެއާއެކު އެކަން އެގޮތަށް ކުރިޔަށްދާނެ ކަމުގެ ގެރެންޓީ ޝިޕިން ލައިންތަކަށް ދެވިއްޖެ ކަމަށް ވިދާޅުވިއެވެ. އަދި އެކަމުގެ ސަބަބުން ގިނަ ޝިޕިން ލައިންތަކާއި ގުޅުން ބަދަހި ކުރެވި ކާގޯގެ އަދަދު އިތުރުވެ، ކުރިން ރާވާފައިވާ ޕްލޭނާ އެއް ގޮތަށް ކުރިޔަށްދާނެއެވެ.

ކުޅުފުއްޓަށް ދިޔަ ''އެމްސީޕީ ލިންޒް'' ކާގޯ ފެރީ އަކީ ޝިޕިން ލިމިޓެޑް އޮފް އިންޑިއާއިން އޮޕަރޭޓްކުރާ އުޅަނދެކެވެ. މި ފެރީގެ ރާއްޖޭގެ އެޖެންޓުގެ ރޯލް އަދާކުރަމުން ދަނީ އެމްއެސްއެސް އިންނެވެ. ސައީދު ވިދާޅުވި ގޮތުގައި އެ ކުންފުނީގެ މައިގަނޑު ދައުރަކީ ބޯޓުން މުދާ ބޭލުމުގެ އިތުރުން ބޭނުންވާ އިތުރު އެހީތައް ފޯރުކޮށް ދިނުމެވެ.

އެހެންކަމުން އިންޑިއާގެ ވިޔަފާރި އެޖެންޓުންނާއި ގުޅޭ މައުލޫމާތު އެކުންފުނީގެ އީމެއިލްއަށް ރިކުއެސްޓް ކުރުމުން ލިބިވަޑައިގަންނަވާނެ ކަމަށް ވެސް ސައީދު ވިދާޅުވިއެވެ. އަދި ވިދާޅުވީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިކުރާ ފަރާތްތަކަށް ކާގޯކޮށް މުދާ ގެނެވޭނެ އިންތިޒާމް ހަމަޖެހޭތޯ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ކަސްޓަމްސްގެ ފަރާތުން މައުލޫމާތުދެއްވަމުން އޮފިޝަލް ވިދާޅުވީ އަލަށް ބްރޯކަރުންގެ ގޮތުގައި ވާން ބޭނުންވާ ފަރާތްތަކުން ކަސްޓަމްސްގައި ރަޖިސްޓްރީން ވާން ޖެހޭނެ ކަމަށާއި އަދި މުދާ ގެންނަ ފަރާތްތަކުންވެސް އަސާސީ ލިޔެކިޔުންތަކެއް ފުރިހަމަ ކުރަން ހުންނާނެ ކަމަށެވެ.

އިންޑިއާގެ ކޮޗިން އާއި ރާއްޖެއާ ދެމެދު ފެށި ކާގޯފެރީ ދަތުރުތައް މިދިޔަ މަހު 21 ވަނަ ދުވަހު ފަށާފައިވާއިރު އެ ދަތުރުގައި 500 ޓަނު ސިމެންތި އާއި ދެ ކޮންޓެއިންނާގެ މުދާ ވަނީ ގެނެސްފައެވެ. އިންޑިއާގެ ކޮޗިންއިން ކާގޯއާ އެކީ އައި، މި ފުރަތަމަ ފެރީއަކީ އެއްފަހަރާ 3000 ޓަނުގެ މުދާ އުފުލޭ ބޯޓެކެވެ. އިންޑިއާ-ކޮޗިން ކާގޯ ފެރީގެ ރާއްޖޭގެ އެޖެންޓަކީ މޯލްޑިވްސް ސްޓޭޓް ޝިޕިންގއެވެ. މި ފެށި ކާގޯ ފެރީގެ ސަބަބުން އަގުހެޔޮކޮށް މުދާ ގެނައުމަށް ދިވެހި ވިޔަފާރިވެރިންނަށް މަގުފަހިވެގެންދާނެކަމަށް ސަރުކާރުން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
50%
0%
25%
0%
25%
ކޮމެންޓް