ކ. މާލެ
|
20 އޭޕްރިލް 2017 | ބުރާސްފަތި 02:22
އޮލިމްޕިކް ކޮމިޓީގެ 2017 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން
އޮލިމްޕިކް ކޮމިޓީގެ 2017 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން
އެމްއޯސީ
އެމްއޯސީ އިންތިހާބު
އެމްއޯސީގެ އިންތިހާބު މޮނީޓާ ކުރުމަށް ކޮމިޓީއެއް އެކުލަވާލައިފި
ކޮމިޓީގެ މުގައްރިރަކަށް ހަމަޖައްސާފައި ވަނީ ހުސައިން ސިރާޖު
ކޮމިޓީގައި ދެން ހިމެނެނީ ރެފްރީ އަލީ ސަލީމް އާއި އަބްދުﷲ ރަޝީދު

އަންނަ މަހުގެ ފަސް ވަނަ ދުވަހު ބާއްވާ މޯލްޑިވްސް އޮލިމްޕިކް ކޮމެޓީގެ އިންތިހާބުގެ ކަންކަން ބެލުމަށް ތިން މެމްބަރުގެ އިންތިހާބީ ކޮމިޓީއެއް އެކުލަވާލައިފި އެވެ.

 

ބުދަ ދުވަހު އެމްއޯސީން ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ އިންތިހާބުގެ ކަންކަން ބެލުމަށް ކޮމިޓީއެއް އެކުލަވާލައި އެ ކޮމިޓީގެ މުގައްރިރަކަށް ހުސައިން ސިރާޖު ހަމަޖައްސާފައިވާ ކަމަވެ. މީގެ އިތުރުން ދެން އެކޮމިޓީއަށް އައްޔަން ކުރެވުނު ދެ މެންބަރުންނަކީ ރެފްރީ އަލީ ސަލީމް އާއި އަބްދުﷲ ރަޝީދު އެވެ.

 

މީގެ އިތުރުން އިންތިހާބީ ކޮމިޓީގެ ސެކްރިޓޭރިއަޓުގެ ގޮތުގައި ހަމަޖައްސާފައި ވަނީ އެމްއޯސީގެ ޕްރޮގްރާމް ކޯޑިނޭޓަރު ތަމޫހް އަހުމަދު ސައީދު ކަމަށް ވެސް އެމްއޯސީގެ ނޫސް ބަޔާނުގައި ބުނެފައިވެއެވެ.

 

އެމްއޯސީއިން ކޮށްފައިވާ އިއުލާނެއް ގައި ބުނެފައި ވަނީ، ހިންގާ ކޮމިޓީގެ މަގާމްތަކަށް މެމްބަރު ޖަމްއިއްޔާ ތަކުން ނަން ހުށަހެޅުމުށް ބޭނުންވާ ފަރާތްތަކުން އެކޮމިޓީގެ މެމްބަރު ޖަމިއްޔާއެއް މެދުވެރިކޮށް އެޕްލިކޭޝަން ފޯމް ހުށަހެޅުމަށް އެދޭ ކަމަށެވެ. އަދި ފޯމް ހުށަހަޅާއިރު ފޯމްގައި ބަޔާންކޮށްފައިވަ ގޮތައް އިލެކްޓޯރަލް ކޮމިޓީގެ ޗެއާމަންއަށް އެޑްރެސް ކުރަންޖެހޭނެ ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.

 

އިންތިހާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކުން ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރުފަހު 3:00 އަށް ބޯޅަގޭގެ އެމްއޯސީ އޮފީހުން ފޯމު ބަލައިގަތުމަށް އެ އިދާރާއިން އެދެއެވެ. މީގެ އިތުރުން ވޯޓާސް ރަޖިސްޓޭޝަން ފޯމް ހުށަހެޅުމުގެ އެންމެ ފަހުތާރީހަކީ އަންނަ މަހުގެ ތިން ވަނަ ދުވަހުގެ މެންދުރު 3:00 ގެ ނިޔަލަށް ކަމަށް ވެސް އެ އިދާރާގެ ނޫސް ބަޔާނުގައި ވަނީ އެދިފަ އެވެ.

 

އެމްއޯސީގެ އިންތިހާބުގައި ޖުމްލަ އަށް މަގާމެއް އިންތިހާބު ކުރެއެވެ. އެއީ ރައީސް، ނައިބު ރައީސް، ސެކްރެޓަރީ ޖެނެރަލް، ހަޒާންދާރު، އޮލިމްޕިކް ޓީމް ސްޕޯޓްސްގެ ދެ މަގާމް، އޮލިމްޕިކްސް އިންޑިވިޖުއަލް ސްޕޯޓްސްގެ ތިން މަގާމް އަދި ނޮން އޮލިމްޕިކް ސްޕޯޓްސްގެ ދެ މަގާމްގެ އިތުރުން އަންހެން މެމްބަރުންގެ ދެ މަގާމް އެވެ.

 

އެމްއޯސީގެ އިންތިހާބު ބާއްވާނެ ތާރީހު އިއުލާންކޮށްފައިވާ އިރު، އެކޮމިޓީގެ މިހާރުގެ ވެސް ރައީސް މުހައްމަދު ޝަވީދު ވަނީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާންކުރައްވައިފަ އެވެ. އަދި ޝަވީދުގެ އިތުރުން އެމްއޯސީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމްގައި މިހާރުވެސް ހުންނެވި އަހުމަދު މަރުޒޫގު (މަރޭ) ވެސް އަލުން ތިން ވަނަ ދައުރަކަށް ކުރިމަތިލައްވަން ވަނީ ނިންމައިފައެވެ.

އެމްއޯސީގެ އިންތިހާބު ބާއްވަނީ ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް