ކ. މާލެ
|
5 އޮކްޓޯބަރ 2020 | ހޯމަ 14:55
ގަތަރު އެއާރވޭސް އިން ޓީޗަރުންނަށް ހިލޭ ޓިކެޓުތަކެއް ދޭން ނިންމުން
ގަތަރު އެއާރވޭސް އިން ޓީޗަރުންނަށް ހިލޭ ޓިކެޓުތަކެއް ދޭން ނިންމުން
ސައުދީ ގެޒެޓް
ގަތަރު އެއާވޭސްއިން ޓީޗަރުންނަށް ހިލޭ ޓިކެޓު
ގަތަރު އެއާރވޭސް އިން ޓީޗަރުންނަށް ހިލޭ ޓިކެޓުތަކެއް ދޭން ނިންމައިފި
 
މި ފުރުސަތުގައި 21,000 ޓިކެޓު ދޫކޮށްލާނެ

ދުނިޔޭގެ އެންމެ މަގުބޫލު އެއް އެއާލައިން ކަމަށްވާ ގަތަރު އެއާވޭސް އިން ޓީޗަރުންނަށް ހިލޭ ޓިކެޓުތަކެއް ދޭން ނިންމައިފިއެވެ.

ކޮވިޑް-19 ގެ މިހާލަތުގައި ޓީޗަރުން ކުރާ މަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުންނާ ކުރާ ބުރަ މަސައްކަތައް ޝުކުރު އަދާކުރުމުގެ ގޮތުން މުޅި ދުނިޔެއަށް ހުޅުވާލާފައިވާ މި ފުރުސަތުގައި 21,000 ޓިކެޓު ދޫކޮށްލާނެކަމަށް ގަތަރު އެއާލައިންސް އިން ބުނެފައިވެއެވެ.

މި ޓިކެޓް ހޯދުމުގެ ފުރުސަތު ހުޅުވާލައިފައި ވަނީ މިހާރު ގަތަރު އެއާލައިން ދަތުރު ކުރަމުންދާ 75 ގައުމަށެވެ. މި ޓިކެޓް ހޯދުމުގެ ފުރުސަތު ދިވެހިރާއްޖޭގައި މަސައްކަތް ކުރާ ޓީޗަރުންނަށް ވެސް ވަނީ ހުޅުވާލައިފައެވެ.

މި ޓިކެޓުގައި މިވަގުތު ގަތަރު އެއާވޭސްއިން ދަތުރު ކުރަމުންގެންދާ 90 މަންޒިލްގެ ތެރެއިން ކޮންމެ ތާކަށްވެސް ރިޓާން ޓިކެޓްއާއެކު ދަތުރު ކޮށްލެވޭނެ ކަމަށް ބުނެއެވެ.

މީގެ އިތުރުން ގަތަރު އެއާވޭސް އިން ވަނީ ޓީޗަރުންނަށް ފްރެންޑްސް އެންޑް ފެމެލީ މެންބާސްގެ ގޮތުގައި 50 އިންސައްތަ ޑިސްކައުންޓު ދޭން ވެސް ނިންމާފައެވެ. އަދި މި ޓިކެޓްތަކުގައި ދަތުރު ކުރުމުގެ އެންމެ ފަހު މުއްދަތު ހަމަވާނީ 30 ސެޕްޓެމްބަރ 2021 ގައި ކަމަށް ގަތަރު އެއާވޭސްއިން ބުނެއެވެ.

މި ކޮމްޕްލިމެންޓްރީ ޓިކެޓުތައް ދޫކުރުމަށް ހަމަޖެހިފައިވަނީ ތިން ދުވަހުގެ މުއްދަތަކަށެވެ. ފަހެއް އޮކްޓޯބަރުން ފެށިގެން މި މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށްރަޖިސްޓްރީކުރާ ޓީޗަރުންނަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
83%
0%
0%
0%
17%
ކޮމެންޓް