ކ. މާލެ
|
5 އޮކްޓޯބަރ 2020 | ހޯމަ 00:55
ކޮވިޑަށް ފަރުވާ ދިނުމަށް ސިއްހީ ހިދުމަތްތެރިންްތަކެއް ރަޝިޔާގެ ހޮސްޕިޓަލެއްގައި ހަރަކާތްތެރިވަނީ
ކޮވިޑަށް ފަރުވާ ދިނުމަށް ސިއްހީ ހިދުމަތްތެރިންްތަކެއް ރަޝިޔާގެ ހޮސްޕިޓަލެއްގައި ހަރަކާތްތެރިވަނީ
ރޮއިޓަރސް
ރަޝިއާގެ ކޮވިޑް-19 ހާލަތު
ރަޝިއާގައި އަނެއްކާވެސް ކޮވިޑް ކޭސްތައް ގިނަވާން ފަށައިފި
މޮސްކޯއިން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 10،499 ކޮވިޑް ކޭސް ރިޕޯޓު ކޮށްފައިވޭ
ރަޝިއާގައި އެންމެ ހާލަތު ގޯސް ސަރަހައްދަކީ ވެސް މޮސްކޯ
މިހާރު އެ ގައުމުން ފެންނަ ގިނަ ކޭސްތަކަކީ ޒުވާން އުމުރުފުރައިގެ މީހުން

ރަޝިޔާއިން މެއި މަހަށްފަހު ފުރަތަމަ ފަހަރަށް އަނެއްކާވެސް ގިނަ އަދަދެއްގެ ކޮވިޑް ކޭސްތަކެއް ރިޕޯޓުކޮށްފިއެވެ.

އާދިއްތަ ދުވަހު އެ ގައުމުގެ ވެރިރަށް މޮސްކޯއިން އެކަނިވެސް، 10،499 ކޮވިޑް ކޭސް ރިޕޯޓުކޮށްފައެވެ. މިއީ މެއި މަހުގެ 15 ވަނަ ދުވަހަށްފަހު އެންމެ ގިނަ އަދަދަކަށް އެ ގައުމުން ކޮވިޑަށް މީހުން ޕޮޒިޓިވްވީ ފުރަތަމަ ފަހަރެވެ.

ރަޝިޔާގެ ކޮރޯނާ ވައިރަސް ކްރައިސިސް ސެންޓަރުން ބުނެފައިވަނީ، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޮވިޑް-19 ގެ ސަބަބުން 107 މީހުން އެ ގައުމުން މަރުވެފައިވާ ކަމަށެވެ. އެޔާއެކު އެގައުމުން މި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 21،358 އަށް އަރާފައެވެ.

އެ ގައުމުން އެންމެ ގިނަ އަދަދަކަށް ކޮވިޑަށް ޕޮޒިޓިވް ކޭސްތައް ފެނިފައިވަނީވެސް މޮސްކޯއިންނެވެ. މީގެ އިތުރުން މޮސްކޯ އޮބްލާސްޓް އަދި ސެއިންޓް ޕީޓަރސްބަރގްއިން ވެސް ކޮވިޑްގެ ގިނަ ކޭސް ތަކެއް ވަނީ ރިޕޯޓު ކޮށްފައެވެ. މޮސްކޯގައި މިފަހުން ގިނަ އަދަދަކަށް ޖެހިފައިވަނީ އުމުރުން 18 އަހަރާ އުމުރުން 45 އަހަރާ ދެމެދުގެ އުމުރުގެ މީހުންނަށެވެ.

ކޮވިޑް-19 އާ ގުޅިގެން ރަޝިއާގައި ވެސް ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން މެއި މަހުގެ 11 ވަނަ ދުވަހާ ހަމައަށް އެ ގައުމުގައި އާއްމު ރައްޔިތުން މަސައްކަތަށް ނިކުތުން ވަނީ މަނާ ކޮށްފައެވެ. އަދި މީގެ އިތުރުންވެސް ދަތުރުފަތުރު ކުރުމުގައި ވެސް ގިނަ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ.

- ކޮމެންޓް