ކ. މާލެ
|
4 އޮކްޓޯބަރ 2020 | އާދީއްތަ 17:05
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ މުވައްޒަފުންތަކެއް
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ މުވައްޒަފުންތަކެއް
ރާއްޖެއެމްވީ
މިރާގެ ވާރުޕޭ ހިދުމަތް
މިހާރު ދިރާގުޕޭ މެދުވެރިކޮށް މީރާގެ ވާރުޕޭ އަށް ފައިސާ ދެއްކޭނެ
 
ހިދުމަތް ތައާރަފުކުރީ ގިނަ ބަޔަކު މިހާރު އޮންލައިންކޮށް ފައިސާ ދައްކަމުން ދިއުމާއި ގުޅިގެން
 
މިއީ މީރާއިން ހިދުމަތް ހޯދާ ފަރާތްތަކަށް ލުއިފަސޭހަތަކެއް ހޯދައިދިނުމަށް ކުރާ ކަމެއް ކަމަށް މީރާއިން ބުނޭ
 
ވާރުޕޭ އަކީ ޓެކްސް ނޫން އެހެނިހެން ފައިސާ ދެއްކުމަށް ބޭނުންކުރެވޭ ހިދުމަތެއް

ޓެކްސް ފިޔަވާ އެހެނިހެން ފައިސާ ބަލައިގަތުމަށް ޚާއްސަކޮށްފައިވާ މީރާގެ އޮންލައިން ޚިދުމަތް "ވާރުޕޭ" އިން "ދިރާގުޕޭ" މެދުވެރިކޮށް ފައިސާ ދެއްކުމުގެ ޚިދުމަތް މީރާއާއި ދިރާގު ގުޅިގެން ތައާރަފުކޮށްފިއެވެ.

އާދިއްތަ ދުވަހު މީރާގައި ބޭއްވި ހަފްލާގައި، މި އެއްބަސްވުމުގައި މީރާގެ ފަރާތުން ސޮއިކުރައްވާފައިވަނީ ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން، އަސްމާ ޝަފީޢުއެވެ. އަދި ދިރާގު ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ ދިރާގުގެ ޗީފް ފައިނޭންޝަލް އޮފިސަރ، ރޮބިން ވޯލްއެވެ.

މި ޚިދުމަތް ތައާރަފްކުރުމަށް ބޭއްވި ހާއްސަ ހަފްލާގައި މީރާގެ ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް ވިދާޅުވެފައިވާ ގޮތުގައި، މި ޚިދުމަތަކީ ޚިދުމަތް ހޯދާ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން މީރާއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ތައާރަފުކޮށްފައިވާ ޚިދުމަތެކެވެ.

މިއީ އޮންލައިންކޮށް ފައިސާގެ މުއާމަލާތްތައް ކުރުން އިތުރުވަމުން އަންނަ ދުވަސްވަރެއްކަމުން، އަދި ގިނަ ފަރާތްތަކުން މި ފަދަ ޚިދުމަތްތައް ބޭނުންކުރަމުންދާތީ، އެ ފަދަ ފަރާތްތަކަށް މީރާއިން ޚިދުމަތް ހޯދުމަށް ފަސޭހަ ވާނެ ކަމެއް ކަމަށްވެސް ޑެޕިއުޓީ ކޮމިޝަނަރ ވިދާޅުވެފައިވެއެވެ.

އޭގެ އިތުރުން ކުރިއަށް އޮތް ތަނުގައި، މިފަދަ ޚިދުމަތް ފޯރުކޮށްދޭ އިތުރު ފަރާތްތަކާއި ގުޅިގެން، މިފަދަ ގިނަ ޚިދުމަތްތައް ތައާރަފު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ. އަދި މި ޚިދުމަތް ތައާރަފު ކުރުމަށްޓަކައި ދިރާގުގެ ފަރާތުން މީރާއަށް ލިބުނު އެއްބާރުލުން ފާހަގަކޮށް ޝުކުރުދެންނެވިއެވެ.

މި ހަފްލާގައި ދިރާގުގެ ޗީފް ފައިނޭންޝަލް އޮފިސަރ ރޮބިން ވޯލް ދެއްކެވި ވާހަކަފުޅުގައި، މީރާގެ ޕޭމަންޓް ޕާޓްނަރއެއްގެ ގޮތުން ފަސޭހަ، ރައްކާތެރި އަދި އިތުބާރު ހިފޭ ޚިދުމަތެއް ދިރާގު ޕޭ މެދުވެރިކޮށް ފޯރުކޮށްދެވުމަކީ ވަރަށް އުފާކުރައްވާ ކަމެއްކަމުގައި ފާހަގަކުރެއްވިއެވެ. އަދި މިކަމުގެ ސަބަބުން މީރާގެ ކަލެކްޝަން ސެންޓަރތަކަށް ކަސްޓަމަރުން ދާން ނުޖެހި، ފަސޭހަކަމާއެކު ފައިސާ ދެއްކުމުގެ އިތުރު އިންތިޒާމެއް ހަމަޖެހިގެންދާނެކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން، ދިރާގުން އަބަދުވެސް ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަ ކުރެވޭނެ ގޮތްތައް ބަލައި، އެކަންކަން ތައާރަފުކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ރޮބިން ފާހަގަކުރެއްވިއެވެ.

ވާރުފޭ ޚިދުމަތް މެދުވެރިކޮށް ކުންފުނިތަކުގެ އަހަރީ ފީ އާއި، އެއްގަމު އުޅަނދު އަދި ކަނޑު އުޅަނދުގެ އަހަރީ ފީއާއި، ޓްރެފިކާގުޅޭ ގޮތުން ކުރާ ޖޫރިމަނާ އާއި، މުދަލު ޒަކާތާއި، އެއަރޕޯޓް ސެކިއުރިޓީ ފާސް ޕޭމަންޓް އަދި މިނޫންވެސް ގިނަ ފައިސާ ދަނީ މީރާއަށް ބަލައިގަންނަމުންނެވެ. ވާރުޕޭގެ ޚިދުމަތަކީ މީރާގެ ވެބްސައިޓުން އަދި މީރާގެ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ލިބޭ ޚިދުމަތެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
0%
0%
0%
0%
ކޮމެންޓް