ކޮވިޑު -19 އިން ރައްކާތެރިވުމަށް އެެޅި ފިޔަވަޅެއްގެ ގޮތުން ޙަރަމުފުޅު ބަންދުކޮށްފައި އޮންނަތާ 7 މަސްދުވަސްފަހުން އުމްރާގެ އަޅު ކަމަށް މައްކާ އަލުން ހުޅުވާލައިފިއެވެ.
ސައުދީ ސައުކާރުން އާދިއްތަ ދުވަހު ދެ ހަރަމްފުޅު ހުޅުވާލާފައިވަނީ ތިން މަރުހަލާއަކަށް ބަހާލައިގެންނެވެ.
ފުރަތަމަ މަރުހަލާގައި އުމްރާގެ އަޅުކަން އަދާކުރުމުގެ ހުއްދަ ސައުދީ ސަރުކާރުން ދީފައިވަނީ މައްކާގަ ދިރިއުޅޭ ރައްޔިތުންނަށް އެކަންޏެވެ.
އެގޮތުން ފުރަތަމަ މަރުހަލާގައި ހުއްދަ ދީފައި ވަނީ ހަރަމްފުޅުގެ 30 އިންސައްތަ ޖާގަ ފުރޭވަރުގެ މީހުންނަށެވެ. އެއީ ދުވާލަކު 6000 މީހުންނަށެވެ.
ނަމަވެސް މި މަހުގެ 18 އިން ފެށިގެން ދެވަނަ މަރުހަލާގައި މިއަދަދު އިތުރު ކުރާނެ ކަމަށް ސައުދީ ސަރުކާރުން ވަނީ ބުނެފައެވެ. އެގޮތުން ދުވާލަކު 15000 މީހުން އުމްރާގެ އަޅުކަން އަދާ ކުރުމުގެ ހުއްދަ ދޭނެއެވެ. އަދި ދުވާލަކު 40000 މީހުންނަށް ހަރަމްފުޅުގައި ނަމާދު ކުރުމުގެ ހުއްދަ ދޭނެއެވެ. އެއީ ހަރަމްފުޅުގެ ޖާގައިގެ 75 އިންސައްތަ ފުރޭވަރުގެ މީހުންނެވެ.
ދުނިޔޭގެ އެހެނިހެން ގައުމުތަކަށް އުމްރާގެ އަޅުކަން ކުރުމުގެ ހުއްދަ ދޭން ނިންމާފައިވަނީ ނޮވެމްބަރ މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ. ތިން ވަނަ މަރުހަލާގައި ހުއްދަ ދިނުމަށް ހަމަޖެހިފައިވަނީ 20000 މީހުންނަށެވެ. އަދި ދުވާލަކު ޙަރަމްފުޅަށް ވަދެވޭނީ 60000 މީހުންނަށެވެ. އެއީ ހަރަމްފުޅުގެ 100 އިންސައްތަ ފުރޭވަރުގެ މީހުންނެވެ.
ސައުދި އަރަބިއްޔާގެ މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާގެ މިނިސްޓަރ ޑރ. މުހައްމަދު ސަލެހް ބެންޓެން ވިދާޅުވީ އުމްރާގެ އަޅުކަމަށް ޚަރަމްފުޅަށް އެތެރެވުމުގެ ހުއްދަ ދޭނީ ރަޖިސްޓްރީ ކުރާ މީހުންނަށް އެކަނި ކަމަށެވެ.
އެގޮތުން މިިނިސްޓަރ ހާމަ ކުރި ގޮތުގައި އުމްރާ އަދި ހައްޖުގެ ކަންކަން ރަޖިސްޓްރީ ކުރުމުގެ ހުރިހާ ކަމެއް ވެސް މިހާރު އޮންލައިން އެޕެއް މެދުވެރިކޮށް ކުރެވޭނެ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.
ރަޖިސްޓްރީ ކުރުމަށް އެޕްލިކޭޝަން ޑައުންލޯޑް ކުރެވެން ހުރިއިރު ރަޖިސްޓްރީ ކުރާ މީހުން ކޮވިޑް -19 އަށް ޓެސްޓްކޮށް އަދި ސިއްހީ އެއްވެސް މައްސަލައެއް ނުހުންނަ ކަން ޔަގީން ކޮއްދޭން ޖެހޭނެ ކަމަށް ވެސް މިނިސްޓަރ ވަނީ ފާހަގަ ކުރައްވާފައެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ އުމްރާގެ އަޅުކަމަށް ޚަރަމްފުޅަށް އެތެރެވުމުގެ ހުއްދަ ދޭނީ ރަޖިސްޓްރީ ކުރާ މީހުންނަށް އެކަނި ކަމަށެވެ. އަދި އުމްރާވުމަށް ރަޖިސްޓްރީވާ މައްކާގެ ރައްޔިތުން އެއްވެސް ފައިސާއެއް ދައްކަން ނުޖެހޭނެ ކަމަށެވެ.
އެގޮތުން ޚަރަމްފުޅު އަލުން ހުޅުވާލާއިރު އުމްރާގެ އަޅުކަމުގައި އަދި ބައިވެރިވެވޭނީ އުމުރުން 18 އަހަރާއި 65 އަހަރުގެ މީހުންނަށް ކަމަށް އެ މިނިސްޓްރީ އިން ހާމަކޮށްފައިވެއެވެ.