ކ. މާލެ
|
3 އޮކްޓޯބަރ 2020 | ހޮނިހިރު 22:15
ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދު
ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދު
ރައީސް އޮފީސް
ދިރާގަށް 32 އަހަރު
ދިރާގުން މަސައްކަތްކުރަނީ ޤައުމީ ތަރައްޤީއަކީ ލަނޑުދަނޑިއެއް ކަމަށް ބަލައިގެން: ސީއީއޯ
 
ކޮވިޑް19ގެ މި ބަލިމަޑުކަމުގައި ވެސް ދިރާގުން ދައްކައިދިން ނަމޫނާ ފާހަގަކޮށްލެވޭ
 
ރާއްޖޭގެ އާބާދީގެ 74 ޕަސެންޓަށް ދިރާގު ޓީވީގެ ޚިދުމަތް ލިބޭ
 
ރާއްޖޭގެ މުވާސަލާތީ ޙިދުމަތް ފަށައިދިނީ ދިރާގުން

ދިރާގުން އަބަދުވެސް މަސައްކަތްކުރަނީ ޤައުމީ ތަރައްޤީއަކީ ލަނޑުދަނޑިއެއް ކަމަށް ބަލައިގެން ކަމަށާއި އަދި ދިރާގަކީ ތަރައްޤީގެ މުހިއްމު ބައިވެރިއެއް ކަމަށް ދެކިގެން އެކުންފުނީގެ ސީއީއޯ އިސްމާއިލް ރަޝީދު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުއްގައި ވާހަކަދައްކަވަމުން ސީއީއޯ އިސްމާއިލް ވިދާޅުވީ ދިރާގަކީ އަބަދުވެސް ކަސްޓަމަރުންނާއި ގުޅިގެން ވަރަށް ގާތުން މަސައްކަތް ކުރާ ކުންފުންޏެއް ކަމަށާއި އެގޮތުން މިއަހަރުގެ މިހާތަނަށް އައި އިރުވެސް އެންމެ އިސްކަމެއްދީގެން ކޮށްފައިވާ މަސައްކަތަކީ އިޖްތިމާއީ ގޮތުން ރައްޔިތުންނަށް ކޮށްދެވެން ހުރި ކަންތައްތަކަށް ފޯކަސް ކުރުން ކަމަށެވެ. އެގޮތުން ކޮވިޑް-19 އާއި ގުޅިގެން ދިރާގުން އެންމެ ބޮޑަށް މަސައްކަތްކޮށްފައިވަނީ ކަސްޓަމަރުންނަށް ޑިޖިޓަލް ޚިދުމަތް ތަޖްރިބާ ކުރުމުގެ ފުރުޞަތު މަގުފަހިކޮށްދިނުން ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެތެރޭގައި ސްކޫލު ކުދިންނަށް ދިން ޓޭޑާ އެލަވަންސްއާއި ކަރަންޓީނުގައި ތިބި ފަރާތްތަކަށް ދޫކުރި ހިލޭ ޑޭޓާ އެލަވަންސް ސީއީއޯގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ. އަދި މިވީ 32 އަހަރުގެ ތެރޭގައި އެންމެ ބޮޑަށް މަސައްކަތްކޮށްފައިވަނީ ދިރާގާއި ކަސްޓަމަރުންނާއި އޮތް ގުޅުން ވަރުގަދަ ކުރުން ކަމަށާއި އެގޮތުން ކަސްޓަމަރ ކެއަރގެ ޚިދުމަތުގެ ތެރެއިން ރައްޔިތުންގެ ފީޑްބެކްއަކީ ވަރަށް ބޮޑަށް ބަލައިގަންނަ ކަމެއް ކަމަށްވެސް އިސްމާއިލް ވިދާޅުވި އެވެ.

ޑޭޓާ ސްޕީޑުގައި ދިމާވާ މައްސަލައަށް އިޝާރާތްކުރައްވާ ވާހަކަދައްކަވަމުން އިސްމާއިލް ވިދާޅުވީ އެކަމުގައި ކަސްޓަމަރުންގެ ޝަކުވާ ލިބޭ ކަމަށާއި އިންޓަރނެޓް ކަނެކްޓިވިޓީ ރާއްޖެއަށް ގެނެވެނީވެސް ވަރަށް ބޮޑު ޚަރަދެއްކޮށްގެން ކަމަށެވެ. އަދި ކަސްޓަމަރާއި ހަމައަށް ގެންދިއުމުގައި ވަރަށް ގިނަ ނެޓްވޯރކް އަޅައިގެން ވަރަށް ބުރަ މަސައްކަތްކުރަން ޖެހޭ ކަމަށް އޭނ ވިދާޅުވި އެވެ.

އިންޓަނެޓް މައްސަލައކީ އޯވަރނައިޓަކުން ހައްލުކުރެވޭނެ ކަމެއް ނޫން. ހުރިހާ ތަނެއްގައި އޮންނަ ޝަކުވާއެއް މިއީ. ހާއްސަކޮށް މާލެ ސަރަހައްދުގައި އިންޓަނެޓް ލިބުމުގެ ޝަކުވާ ލިބެމުންދޭ. އެކަން ރަނގަޅު ކުރުމަށް އަބަދުވެސް މި މަސައްކަތް ދަނީ ކުރަމުން.
~ ދިރާގު ސީއީއޯ އިސްމާއިލް ރަޝީދު

ރާއްޖޭގެ އެންމެ ފުރަތަމަ އަދި ހަމައެކަނި އައިޕީ ޓީވީގެ ޚިދުމަތްވެސް ފެށީ ދިރާގުންނެވެ. މާލެއާ އެއްވެސް ތަފާތު ކުރުމެއްނެތި ރާއްޖޭގެ އާބާދީގެ 74 ޕަސެންޓަށް ދިރާގު ޓީވީގެ ޚިދުމަތް މިހާރު އަންނަނީ ފޯރުކޮށްދެމުން ކަމަށް އިސްމާއިލް ވިދާޅުވި އެވެ.

ދިރާގަކީ ދިވެހި ސަރުކާރުގެ ބޮޑު ހިއްސާއެއްވާ ދިވެހި ކުންފުންޏަކަށް ވާއިރު، ދިރާގުގެ މާޒީގައިވެސް އަދި ކުރިއަށް އޮތްތަނުގައިވެސް ސަރުކާރުން މުއާޞަލާތީ ތަރައްޤީއަށް ކަނޑައަޅާ ލަނޑުދަނޑިތައް ހާސިލުކުރުމުގައި އަދި ސަރުކާރުގެ ސިޔާސަތު ފުރިހަމަކޮށްދިނުމުގައި ގުޑުމެއްނެތި ދިރާގު ދެމިހުންނާނެކަމީ އެއްވެސް ޝައްކެތްނެތް ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"އެންރިޗިންގ ލައިވްސް" ނުވަތަ ދިރިއުޅުންމަށް ފާގަތިކަން ގެނެސްދިނުން އެއީ ކުންފުނީގެ ތަސައްވުރަށް ވުމާއެކު، އެކަން ދިރާގުން ދަނީ ސާބިތުކޮށްދެމުންނެވެ. ދިރާގަކީ އަބަދުވެސް ކަސްޓަމަރުންނަށް އަޅާލައި، އިތުބާރުހިފޭ، ފެންވަރު ރަނގަޅު، ފަސޭހަ އަދި މުސްތަޤްބަލާ ރައްޓެހި ޚިދުމަތެއް ފޯރުކޮށްދިނުމުގައި އަބަދުވެސް ދެމިއޮންނާނެ ކުންފުންޏެއް ކަމަށް އެކުންފުނިން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
67%
0%
0%
33%
0%
0%
ކޮމެންޓް