ކ. މާލެ
|
2 އޮކްޓޯބަރ 2020 | ހުކުރު 17:33
ދިރާގު މާރަނގަޅު ކެމްޕެއިން
ދިރާގު މާރަނގަޅު ކެމްޕެއިން
ދިރާގު
ދިރާގަށް 32 އަހަރު ފުރުން
ދިރާގު އަހަރީ ދުވަހާއި ދިމާކޮށް ސޯޝަލް މީޑިޔާ ބޭނުންކޮށްގެން އަގުހުރި އިނާމްތަކެއް!
ރާއްޖޭގެ މުވާސަލާތީ ޙިދުމަތް ފަށައިދިނީ ދިރާގުން
މި ޕްރޮމޯޝަން ކުރިއަށް ދާނީ 14 އޮކްޓޯބަރ

ދިރާގުގެ އަހަރީ ދުވަހާއި ގުޅިގެން ދިރާގުން ވަނީ ސޯޝަލް މީޑިއާގައި ވަނީ ވަރަށް އަގުހުރި އިނާމުތަކެއް ލިބޭ ޚާއްސަ ކެމްޕއިނެއް ފަށައިފިއެވެ.

"މާރަނގަޅު" ނަމުގައި ފެށި މި ކެމްޕެއިނުގައި ފޭސްބުކް، އިންސްޓާގްރާމް އަދި ޓުވިޓާ ގައި “#MaaRangalhu” މި ހޭޝްޓެގް ޖެހުމަށްފަހު ދިރާގާއި އެކު ހޭދަވި އެންމެ އުފާވެރި ހިދުކޮޅުތަކުގެ ޕޮޓޯ ނުވަތަ ވީޑިއޯ ޝެއަރ ކޮށްލަންވީއެވެ.

ނަސީބުވެރި ތިން ފަރާތްތައް ހޯދަން ހަމަ ޖެހިފައިވާ މި ކެމްޕެއިނުގައި ފުރަތަމަ ގުރުއަތުން ހޮވޭ ފަރާތަކަށް ސެމްސަންގް ގެލެކްސީ ނޯޓް 20 5ޖީ ފޯނަކާއި، ސެމްސަންގް 64ޖީބީ ސެޑީ ކާޓަކާއި، ސެމްސަންގް ވަޔާލެސް ޗަރޖަރަކާއި ސެމްސަންގް ގެލެކްސީ ބަޑްސް+، ދެވަނައަށް ހޮވޭ ފަރާތަކަށް އެޕަލް އެއަރ ޕޮޑްސް ޕްރޯ އަދި ތިންވަނައަށް ހޮވޭ ފަރާތަކަށް އެމޭޒަން އެކޯ ޑޮޓް (3 ގެން) ދިނުމަށް ވަނީ ހަމަޖައްސާފައިއެވެ. މި ޕްރޮމޯޝަން ކުރިއަށް ދާނީ 14 އޮކްޓޯބަރ 2020 ގެ 23:59 ގެ ނިޔަލަށެވެ.

ދިރާގުން ރާއްޖޭގައި މި ދާއިރާއަށް ޚިދުމަތް ފޯރުކޮށްދޭތާ މިވީ 32 އަހަރު ތެރޭ ރާއްޖޭގެ އިޖުތިމާޢީ އަދި އިޤުތިޞާދީ ތަރައްޤީއަށް އިތުރު ހަލުވިކަމެއް ވަނީ ގެނެސްދީފައެވެ. އަމިއްލަ ފަރުދުންގެ މުއާޞަލާތީ ބޭނުންތައް ފުއްދުމަށާއި ވިޔަފާރިތަކާއި ފަތުރުވެރިކަމުގެ ސިނާއަތް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފެތުރުމުގެ އިތުރުން، ދިވެހިރާއްޖެ ދުނިޔޭގެ ޗާޓުގައި ފެވިގެން ދިއުމަށް ވަރަށް ބޮޑު ބާރަކަށް ދިރާގުން ފޯރުކޮށްދޭ މުއާޞަލާތީ ޚިދުމަތްތައް ވެގެންދިޔައެވެ.

ދިރާގުން ދަނީ ކަސްޓަމަރުންގެ ބޭނުންތަކަށް ބަލައިގެން ޚިދުމަތްތަކަށް ބަދަލު ގެނެސް، ޚިދުމަތްތައް ފަރުމާކުރަމުންނެވެ. އެގޮތުން ދިރާގުން ދާދި ފަހުން ވަނީ އެކުންފުނީގެ ފައިބަރ ބްރޯޑްބޭންޑް ޚިދުމަތަށާއި ޕްރީޕެއިޑް ޚިދުމަތައް ބޮޑެތި ބަދަލުތަކެއް ގެނެސް، ކަސްޓަމަރުންނަށް ކުޑަ ޚަރަދަކުން ގިނަ ފައިދާ ލިބޭގޮތަށް ޕެކޭޖްތަކަށްވަނީ ބަދަލު ގެނެސްފައެވެ. ދިރާގުގެ ޚިދުމަތަށް މިއަދު 32 އަހަރު ފުރޭއިރު އެ ކުންފުނިން ވަނީ ދިވެހިންގެ ދިރިއުޅުމަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދީފަައެވެ.

- ކޮމެންޓް