ކ. މާލެ
|
2 އޮކްޓޯބަރ 2020 | ހުކުރު 11:54
ފްލައިމީ އިން ރާއްޖޭގެ އެތެރޭގެ އުދުހުންތަށް އަލުން މިއަދު ފެށުން
ފްލައިމީ އިން ރާއްޖޭގެ އެތެރޭގެ އުދުހުންތަށް އަލުން މިއަދު ފެށުން
ގޫގުލް
ފްލައިމީގެ އެތެރޭގެ އުދުހުންތައް
ފްލައިމީގެ އެތެރޭގެ އުދުހުންތަށް އަލުން ފަށައިފި
އެތެރޭގެ އުދުހުންތަށް ފަށާފައި މިވަނީ ހަ މަސް ދުވަހުގެ މެދުކެނޑުމަކަށް ފަހު

ފްލައިމީ އިން ރާއްޖޭގެ އެތެރޭގެ އުދުހުންތަށް އަލުން މިއަދު ފަށައިފިއެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތުލިބިފައިވާ ގޮތުގައި ކޮވިޑް-19 ގެ ސަބަބުން ދަތުރުފަތުރު ކުރާ މީހުން މަދުވުމުގެ ސަބަބުން ފްލައިމީގެ ދަތުރުތައް މި ދުވަސްވަރު ބާއްވާނީ ހަމައެކަނި މާލެ އާއި މާމިގިއްޔާ ދެމެދުގަ އެކަންޏެވެ.

މާލެ އާއި މާމިގިއްޔާ ދެމެދު ފްލައިމީން ދުވާލަކު ހަތަރު ފްލައިޓު ބާއްވަން ވަނީ ޝެޑިއުލްކޮށްފައި ނަމަވެސް ޕެސެންޖަރުންގެ އަދަދަށް ބަލައި އެއަދަދު ދަށަށް ދާނަމަ ދަތުރުތަށް މަދުވެދާނެ ކަމަށްވެސް މައުލޫމާތު ލިބިފައި ވެއެވެ. ރާއްޖޭގެ އިތުރު މަންޒިލްތަކަށް ދަތުރުތައް ފަށަން ފްލައިމީއިން ހަަމަޖައްސާފައިވަނީ ނޮވެމްބަރ މަހުގެ ތެރޭގައެވެ.

ބައިނަލްއަގުވަމީ ދަތުރުތައް ކުރުމަށްޓަކައި މިދިޔަ އަހަރުން ފެށިގެން ފްލައިމީ އިން މަޝްވަރާތަށް ކުރުމަށްފަހު ލަންކާގެ ބޯޑަރުތައް ހުޅުވާލުމުން އެ ގައުމުގެ ރަތްމަލާނަ އެއަރޕޯޓަށް ބައިނަލްއަގުވާމީ ދަތުރުތައް ފަށާފައިވަނީ މިދިޔަ މަހުގެ ތެރޭގައެވެ. މީގެ އިތުރުން ކުރު މުއްދަތެއްގެ ތެރޭގައި އަވަށްޓެރި އިންޑިއާއަށް ވެސް ދަތުރުތައް ފެށުމަށް ފްލައިމީ އިން އަންނަނީ މަޝްވަރާ ކުރަމުންނެވެ.

ފްލައިމީއިން އަލުން އެތެރޭގެ އުދުހުންތަށް ފަށާފައި މިވަނީ ހަ މަސް ދުވަހުގެ މެދުކެނޑުމަކަށް ފަހުއެވެ. މީގެ ހަ މަހެއްހާ ދުވަސް ކުރިން ފްލައިމީގެ އެރޭގެ އުދުހުންތަށް ވަގުތީގޮތުން ހުއްޓާލަން ނިންމީ ކޮވިޑް-19 އާ ގުޅިގެން ރާއްޖެ އަންނަ ފަތުރުވެރިންނަށް ވިސާ ދިނުން ހުއްޓާލުމާއި ގުޅިގެން އެ އެއަރލައިނުގެ ފަސިންޖަރުންގެ އަދަދު މަދުވުމާ ގުޅިގެންނެވެ.

- ކޮމެންޓް