ކ. މާލެ
|
2 އޮކްޓޯބަރ 2020 | ހުކުރު 00:09
ރެސްޓޯރެންޓް އެސޯސިއޭޝަން އަށް އަލަށް އިންތިހާބުވި ހިންގާ ކޮމިޓީގެ މެމްބަރުން
ރެސްޓޯރެންޓް އެސޯސިއޭޝަން އަށް އަލަށް އިންތިހާބުވި ހިންގާ ކޮމިޓީގެ މެމްބަރުން
ރެސްޓޯރަންޓު އެސޯސިއޭޝަން އޮފް މޯލްޑިވްސް
ރެސްޓޯރެންޓް އެސޯސިއޭޝަންގެ ހިންގާ ކޮމިޓީ
ރެސްޓޯރެންޓް އެސޯސިއޭޝަންގެ ހިންގާ ކޮމިޓީ އިންތިހާބުކޮށްފި
އެކްޒެކްޓިވް ކޮމިޓީ އަށް އަށްމެމްބަރަކު ވަނީ އިންތިހާބު ކޮށްފައި

ރެސްޓޯރެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ރެމް) ގެ ދެވަނަ ދައުރުގެ އިންތިހާބު ބާއްވާ އެގްޒެކްޓިވް ބޯޑަށް މެމްބަރުން އިންތިހާބު ކޮށްފިއެވެ.

ބުރާސްފަތި ދުވަހު ސޯޝަލް ސެންޓަރުގައި ބޭއްވި ރެމްގެ އިންތިހާބުގައި ރައީސް ކަމަށާއި، ނައިބް ރައީސް ކަމުގެ މަގާމަށާއި، ދެވަނަ ނައިބް ރައީސް ކަމުގެ މަގާމުގެ އިތުރުން ބޯޑަށް 8 މެމްބަރަކު ވަނީ ކުރިމަތިލާފައެވެ. ބޯޑުގެ މެމްބަރު ކަމަށް ނުވަ ފަރާތަކުން ވާދަ ކުރިއެވެ.

ރައީސް ކަމުގެ މަގާމަށް ދެ ފަރާތަކުން ވާދަކުރިއިރު އެކަކުގެ ނަން އަނބުރާ ގެންދިޔުމުން ރައީސްކަމަށް މީހަކު އިންތިހާބު ކުރީ ފެންނަ ނުފެންނަ ވޯޓު ނަގައިގެންނެވެ.

ރެސްޓޯރެންޓު އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގެ އިންތިހާބުގެ ތެރެއިން

ރެމްގެ އައު ބޯޑު އިންތިހާބު ކޮށްފައިވާއިރު، އެ އެސޯސިއޭޝަންގެ މަސައްކަތް ފަށައިގަނެފައި މިވަނީ ގިނަ އަހަރުތަކެއްގެ މެދުކެނޑުމަށް ފަހުއެވެ. ރެމް އަކީ 2009 ވަނަ އަހަރު އުފެއްދި އެސޯސިއޭޝަންއެކެވެ.

ރައީސް އަކަށް އިންތިހާބުވީ، ދޮން މަނިކު ސްކައި ވިއުގެ ފަރާތުން ވާދަ ކުރެއްވި ހާމިދު އަފީފްއެވެ. ދެ ނައިބް ރައީސުން ވަނީ ރެމް އަށް އިންތިހާބު ކޮށްފައެވެ. އެއީ ތަޒްކީ ރޫފް ޓޮޕްއިން ވާދަކުރި މުހައްމަދު މިރްސާދް އެވެ. ޖެނެރަލް ސެކެރެޓަރީގެ މަގާމަށް އެކަކު ކުރިމަތިލާފައިވާތީ އެ މަގާމަށް އިންތިހާބުވީ ތާޖް ފުޑްސް ރެސްޓޯރެންޓުގެ މަރިޔަމް ސުހާނާއެވެ.

ބޯޑުގެ މެމްބަރުން ކަމަށް އިންތިހާބު ކޮށްފައިވަނީ ހަޓް ކުއިޒިންގެ އަހުމަދު ނަސީމް، ކިކްސްގެ ހަސަން އަލި މަނިކު، މަޝްހޫރު ސަލްސާ ރެސްޓޯރެންޓުގެ ވެރިޔާ އިބްރާހިމް އާމިރު، ފުޑް ބޭންކުގެ ވެރިޔާ މުހައްމަދު ޝަރީފް، ހޯމް ބްރޭންޑްގެ ނުޒައިރް އަލީ ޖުވޭ ކިޗަންގެ ޖުވޭރިޔާ ވަޖުދީ އާއި ލެ ސޫގްގެ އަހުމަދު ޝާމިންގެ އިތުރުން ސިޓްރޯންގެ އަތީފް ހުސައިން އަހުމަދުއެވެ.

- ކޮމެންޓް