ފައިސާގެ ބަދަލުގައި ސްކޫލް ފީ ބަކަރި ނުވަތަ ކަންބަޅިން ދެއްކޭ ގޮތް ޒިމްބާބުވޭގައި ހަދައިފިއެވެ.
ޒިމްބާބުވޭގެ ތައުލީމާ ބެހޭ ވަޒީރު، ލަޒާރުސް ޑޮކޮރާ ޒިމްބާބުވޭގެ ސަންޑޭ މޭލް ނޫހަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ސްކޫލް ފީ ބަލައިގަތުމުގައި ފައިސާގެ ދަތިކަން ކުރިމަތިވެފައިވާ ބެލެނިވެރިންނަށް ފަސޭހަތަކެއް ސްކޫލްތަކުން ގެންގުޅެން ޖެހޭ ކަމުގައެވެ. އިތުރަށް އޭނާ ވިދާޅުވީ، ފައިސާ ނެތިއްޔާ ބޭނުންތެރި ޖަނަވާރެއް ނުވަތަ އެވަރުވެސް ނެތް ނަމަ ސްކޫލަށް ކޮންމެވެސް ކަމެއް ކޮށްދޭ ގޮތައްވެސް ފީގެ ކަންކަން ހަމަޖެހޭނެ ގޮތެއް އޮންނަން ޖެހޭ ކަމަށެވެ.
މިހާރުވެސް ސްކޫލްގެ ފީގެ ގޮތުގައި ބައެއް ބާވަތުގެ ޖަނަވާރު ޒިމްބާބުވޭގެ ސްކޫލްތަކުން ފީ ބަލައިގަންނަ ކަމަށް ސަންޑޭ މެއިލްގައި ވެއެވެ.
ހުސްވި ހަފްތާގައި ޒިމްބާބުވޭގެ ގާނޫނު ހަދާ މަޖިލީހަށް، ބޭންކު ލޯނު ނެގުމަށް ބޭނުންވާ ރަހުނުގެ ގޮތުގައި ޖަނަވާރާއި އުޅަނދު ފަހަރު ބޭނުން ކުރެވޭ ގޮތައް ވަނީ ބިލެއް ހުށަހަޅާފައެވެ.
އިގްތިސާދު ހީނަރުވެފައިވާ ޒިމްބާބުވޭގެ ރައްޔިތުން ފައިސާ ނެގުމަށް ބޭންކުތަކުގައި އެތައް ގަޑީއިރެއްގެ ކިއުގައި މަޑުކުރަން ޖެހުމަކީ އާއްމު ކަމެކެވެ. ޒިމްބާބުވޭގެ ބުލަވެޔޯ ޓުވެންޓީ ފޯ ނިއުސް ޕޯޓަލްގައި ހާމަކޮށްފައިވާ ގޮތުގައި ފައިސާގެ ތާށިކަން ކުރިމަތިވެފައިވަނީ، ގިނަ އަދަދަކަށް ފައިސާ ގައުމުން ބޭރުކުރާތީ ކަމަށް ޒިމްބާބުވޭގެ ސަރުކާރުން އަންނަނީ ބުނަމުންނެވެ. ނަމަވެސް ފައިސާ ތާށި ވެގެން އުޅޭ މައްސަލައިގެ ހަގީގަތަކީ އިންވެސްޓްމެންޓްތައް މަދުވުމާއި، ވަޒީފާނެތް މީހުން އިތުރުވުން ކަމަށް ޚަބަރުތައް ބުނެއެވެ.
ޖަނަވާރުން ސްކޫލް ފީ ދެއްކޭ ގޮތް ޒިމްބާބުވޭގެ ސަރުކާރުން ހަމަޖެއްސުމާއެކު އެ ގައުމުގެ އެތައް ބަޔަކު ގެންދަނީ އެކަމަށް ސޯޝަލް މީޑިއާގައި ހަޖޫ ޖަހަމުންނެވެ.
So when the government says you can pay school fees with goat's in Zimbabwe, will they build a large kraal 4 all the goats @702Aubrey
— Gracealone (@funatjie) April 16, 2017
May Robert Mugabe of #Zimbabwe live longer... All kids have to study... U need a goat not money for fees #EducationInAfrica pic.twitter.com/reME6lPti4
— Atulinda Allan (@Atulinda_Allan) April 16, 2017