ކ. މާލެ
|
30 ސެޕްޓެންބަރ 2020 | ބުދަ 16:45
އަފްޢާނިސްތާންގެ އިސް އޮފިޝަލު އަބްދުﷲ އަބްދުﷲ އަދި ޕާކިސްތާނުގެ ހާރިޖީ ވަޒީރު ޝާހް މަހްމޫދް ގުރައިޝީ
އަފްޢާނިސްތާންގެ އިސް އޮފިޝަލު އަބްދުﷲ އަބްދުﷲ އަދި ޕާކިސްތާނުގެ ހާރިޖީ ވަޒީރު ޝާހް މަހްމޫދް ގުރައިޝީ
ރޮއިޓަރސް
އަފްގާނިސްތާނު، ޕާކިސްތާން - ސުލްހައިގެ އެއްބަސްވު
ސުލްހައިގެ އެއްބަސްވުމަށް މަޝްވަރާ ކުރުމަށް އަފްޢާނިސްތާންގެ އިސް އޮފިޝަލް ޕާކިސްތާނުގައި
 
ައަބްދުﷲ އަބްދުﷲ ގެ މި ދަތުރުގައި ޕާކިސްތާނުގެ ބޮޑު ވަޒީރާއި ބައްދަލު ކުރައްވާނެ
 
ސުލްހައިގެ މަޝްވަރާއަށް ޕާކިސްތާނު ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭ

އަފްޢާނިސްތާނާއި ޕާކިސްތާނާއި ދެމެދު ހިނގަމުން އަންނަ ޒަމާންވީ ހަނގުރާމަ ނިމުމަކަށް ގެނަސް ސުލްހައިގެ އެއްބަސްވުމަކަށް އައުމަށް ދެ ގައުމުން ނިންމާ، ސުލްހައިގެ އެއްބަސްވުމުގެ މަޝްވަރާ ކުރުމަށް އަފްޢާނިސްތާންގެ އިސް އޮފިޝަލް އަބްދުﷲ އަބްދުﷲ ޕާކިސްތާނަށް ގޮސްފިއެވެ.

އަފްޢާނިސްތާންގެ ސަރުކާރުން ބުނީ އަބްދުﷲ ގެ މި ދަތުރަކީ ތިން ދުވަހުގެ މުއްދަތައް ކުރާ ދަތުރެއް ކަމަށާއި، މި ދަތުރުގައި އަބްދުﷲ ޕާކިސްތާނުގެ ބޮޑު ވަޒީރު އިމްރާން ހާނާއި، ޕާކިސްތާނުގެ ހާރިޖީ ވަޒީރާއި ބައްދަލުކުރުމަށް ނިންމާފައިވާކަމަށެވެ.

ޕާކިސްތާނާއި އަފްޢާނިސްތާންގެ ގުޅުމަކީ ޒަމާނުއްސުރެ ބުރޫ އަރާފައިވާ ގުޅުމެއް ނަމަވެސް މި ދަތުރުގެ ސަބަބުން މި ގުޅުން ބަދަހި ކުރުމަށް ބާރު ލިބޭނެ ކަމަށް އަފްޢާނިސްތާންގެ ސަރުކާރުންނާއި، ޕާކިސްތާނުގެ ސަރުކާރުން ބުނެއެވެ.

އަފްޢާނިސްތާންގެ ހާރިޖީ ވަޒީރު ވިދާޅުވީ ސުލްހައިގެ މަޝްވަރާއަށް ޕާކިސްތާނު ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބެމުން އަންނަ ކަމަށާއި، މިއީ ދާހިލީ ހަނގުރާމަ ނިންމާލާ ދެ ގައުމުން ސުލްހަ ވާންވީ ވަގުތު ކަމަށެވެ.

ޕާކިސްތާނާއި އަފްޢާނިސްތާންގެ ދާހިލީ ހަނގުރާމަ އަށް 15 އަހަރަށްވުރެ ދިގު ދެމިފައިވާއިރު ދެ ގައުމުން މީގެ ކުރިން ވެސް ވަނީ ސުލްހައިގެ މަޝްވަރާތައް ބާއްވާފަ އެވެ. އެކަމަކު މީގެ ކުރިން ބޭއްވުނު ބައްދަލުވުމާއި ހިލާފަށް މި ފަހަރުގެ ބައްދަލުވުމުގައި އިތުރު ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ދެ ގައުމުން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
100%
0%
0%
0%
0%
ކޮމެންޓް