ކ. މާލެ
|
24 ސެޕްޓެންބަރ 2020 | ބުރާސްފަތި 22:25
އެސްޓްރަޒެނެކާ
އެސްޓްރަޒެނެކާ
ރޮއިޓަރސް
ކޮވިޑް-19 ވެކްސިން
އެސްޓްރަޒެނެކާގެ ކޮވިޑް ވެކްސިންގެ ޓްރައަލް އެމެރިކާގައި އަލުން ފެށުމަށް އަދިވެސް ހުއްދަ ނުލިބޭ
 
ގޮތް ނޭންގޭ ގޮތަަކަށް ބަލިވި މީހާގެ ފުށުން އަލާމާތްތައް ފެނުނީ ކޮންމެހެން ވެކްސިންގެ ސަބަބުން ނޫން ކަމަށްވެސް ވެދާނެ
 
އެފްޑީއޭއިން ބޭނުންވާ މައުލޫމާތުތައް ވަނީ ފޯރުކޮށްދީފައ
 
އަލުން ޓްރައަލްތައް ފަށާފައިވަނީ ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހު

އެސްޓްރާޒެނެކާގެ ކޮވިޑް ވެކްސިންގެ ހިއުމަން ޓްރައަލްސް (އިންސާނުންގެ ގަޔަށް ޖަހައިގެން އަޖުމަ ބެލުމުގެ މަރުހަލާ) އެމެރިކާގައި މެދިކަނޑާލާފައި އޮންނަތާ ތިން ހަފްތާ ވެފައިވާއިރު ޓްރެއަލް އަލުން ފެށުމުގެ ހުއްދަ އެކަން ބަލަމުން އަންނަ އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަނު (އެފްޑީއޭ)ން އަދިވެސް ނުދެއެވެ.

އެސްޓްރާޒެނެކާގެ ވެކްސިން ޓްރައަލްތައް މަޑުޖައްސާލީ، ވެކްސިން ޓެސްޓު ކުރުމުގެ ތިންވަނަ މަރުހަލާގައި ބައިވެރިވި މީހަކު ގޮތްނޭނގޭ ގޮތަކަށް ބަލިވުމާ ގުޅިގެން ސެޕްޓެމްބަރު 9 ގައެވެ. އަދި އަލުން ޓްރައަލްތައް ފަށާފައިވަނީ ސެޕްޓެމްބަރު މަހުގެ 12 ގައެވެ. އެމެރިކާގައި ޓްރައަލް މަރުހަލާ ފެށުމަށް އަލުން ހުއްދަ ދޭނީ އެ ގައުމުގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަނުން ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހުއެވެ.

އެސްޓްރާޒެނެކާ އިން ބުނީ ޓްރެއަލްތައް ފަށާފައިވަނީ ވެކްސިން ބޭނުން ކުރުމަކީ ރައްކާތެރިކަމެއް ކަމަށް އެކަން ބެލި ފަރާތްތަކުން ކަނޑައެޅުމުން ކަމަށެވެ. ވެކްސިން ބޭނުން ކުރުން ރައްކާތެރިކަމަށް ކަނޑައަަޅާފައިވަނީ ބްރިޓަން މެޑިސިންސް ހެލްތު ރެގިޔުލޭޓަރީ އޮތޯރިޓީން ކަމަށް އެ ކުންފުނިން ބުނެއެވެ.

އެމެރިކާއިން އަދިވެސް ޓްރެއަލް ފަށާފައިނުވާތީ އެކަމާއި ގުޅޭގޮތުން ރޮއިޓަރސް އާ ވާހަކަދައްކަމުން އެކުންފުނިން ބުނެފައިވަނީ މިކަމުގައި އެފްޑީއޭއިން ބޭނުންވާ މައުލޫމާތުތައް ފޯރުކޮށްދީފައިވާ ކަމަށާއި މިހާރު މަޑުކުރަނީ އެފްޑީއޭއިން މިކަމުގައި ނިންމާނެ ގޮތަކަށްކަމަށެވެ.

އެމެރިކާގެ ހެލްތު އެންޑް ހިޔުމަން ސަރވިސަސް ސެކެޓްރީ އެލެކްސް އަޒަރް ރޮއިޓަރސް އާ ވާހަކަދައްކަމުން ބުނެފައިވަނީ ވެކްސިންގެ ޓްރެއަލް އަދިވެސް މެދުކަނޑާލާފައި އޮތުމުން ދޭހަވަނީ އެފްޑީއޭއިން ވެކްސިންގެ ރައްކާތެރިކަމާމެދު ވިސްނާ މިންވަރު ކަމަށެވެ.

އޮކްސްފޯރޑް ޔުނިވަރސިޓީން މިދިޔަ ހަފްތާ ޝާއިއުކޮށްފައިވާ ލިޔުމެއްގައި ބުނެފައިވަނީ ވެކްސިން ޓްރެއަލްގައި ގޮތް ނޭންގޭ ގޮތަަކަށް ބަލިވި މީހާގެ ފުށުން އެއަލާމާތްތައް ފެނުނީ ކޮންމެހެން ވެކްސިންގެ ސަބަބުން ނޫން ކަމަށްވެސް ވެދާނެ ކަމަށެވެ. މިކަމުގެ ތަފްސީލު މައުލޫމާތުތައް ހާމަނުކުރާތީ އެކަމާއި ގުޅޭގޮތުން ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ. އެކަމަށް ޖަވާބުދެމުން އެސްޓްރާޒެނެކާއިން ބުނީ ވެކްސިންގެ ޓްރެއަލްގައި ބައިވެރިވާ ވޮލަންޓިއަރުންގެ ޒާތީ މައުލޫމާތުތައް ހާމަނުކުރުމަށް ކްލިނިކަލް ޓްރެއަލް ދާގޮތް ބަލަމުންދާ ފަރާތްތަކުންނާއި އެކަން ސްޕަރވައިޒް ކުރާ މިނިވަން ފަރާތްތަކުން އަންގާފައިވާ ކަމަށެވެ.

އެހެންނަމަވެސް މީހުންގެ ޒާތީ މައުލޫމާތު ހާމަނުކޮށް ހާމަކުރެވެން ހުރި މިންވަރަށް މައުލޫމާތު ހާމަކުރަމުން ގެންދާނެ ކަމަށް އެސްޓްރާޒެނެކާއިން ބުނެއެވެ. އަދި މައުލޫމާތު ހާމަކުރާއިރު ކުރިޔަށް އޮތްތަނުގައި ޓްރެއަލްގައި ބައިވެރިވާ މީހުންނަށް ނުރަނގަޅު އަސަރެއްކޮށްފާނެ ފަދަ މައުލޫމާތު ހާމަކުރުމުން އެއްކިބާވާނެ ކަމަށްވެސް އެކުންފުނިން ބުނެއެވެ.

މައުލޫމާތު ހާމަކުރާއިރު ޓްރެއަލްގައި ބައިވެރިވާ މީހުންގެ ޒާތީ މައުލޫމާތުތައް ހާމަނުކޮށް މައުލޫމާތު ފޯރުކޮށްދީ އަދި ޓްރެއަލް އަށް އެއްވެސް އަސަރެއް ނުކުރާނެ ގޮތަށް މައުލޫމާތު ހާމަކުރާނެ ގޮތަކާމެދު އެހެން ކުންފުނިތަކާއެކު ވެސް މަޝްވަރާކުރަމުން އަންނަ ކަމަށް އެސްޓްރާޒެނެކާއިން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
0%
100%
0%
0%
ކޮމެންޓް