ކ. މާލެ
|
19 އޭޕްރިލް 2017 | ބުދަ 00:00
ވީކޭ އަދި ބީޖީ ބައްދަލުކުރި މެޗުގެ ތެރެއިން
ވީކޭ އަދި ބީޖީ ބައްދަލުކުރި މެޗުގެ ތެރެއިން
ރާއްޖެއެމްވީ
ދެވަނަ ޑިވިޝަން ފުޓުބޯޅަ
ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތް: ވީކޭ އަދި ބީޖީއަށް ހަމަހަމަ ނިމުމެއް
މި މެޗު އެއްވަރުވީ 0-0 ގެ ނަތީޖާއަކުން
ދެޓީމަށްވެސް ލަނޑުޖަހަން ފުރުސަތު ލިބުނު
ދެޓީމުންވެސް މޮޅު ޑިފެންސެއް ވަނީ ކޮށްފަ

ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގައި ވީކޭ ސްޕޯޓްސް ކްލަބް އަދި ބީޖީ ސްޕޯޓްސް ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

އަންގާރަ ދުވަހު ހަވީރު ކުޅުނު މި މެޗު އެއްވަރުވީ 0-0 ގެ ނަތީޖާއަކުންނެވެ.

މާފަންނު ޓާފް ދަނޑުގައި ކުޅުނު މި މެޗުގައި ދެޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންގޮސްފައިވާއިރު، ލަނޑު ޖެހުމަށް ހުސް ފުރުސަތުތަކެއް ދެޓީމަށްވެސް ވަނީ ލިބި ބޭކާރުވެފައެވެ.

މި މެޗުގެ ދެވަނަ ހާފްގައިވެސް ދެޓީމަށް ލަނޑު ޖަހަން ހުސް ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވި އިރު، ދެޓީމުގެ ފަރާތުންވެސް މޮޅު ޑިފެންސެއް ވަނީކޮށްފައެވެ.

މި މުބާރާތުގައި މިވީތަނަށް ތިން މެޗު ކުޅެފައިވާއިރު، އޭގެ ތެރެއިން މެޗުތައް ކާމިޔާބުކޮށް ތިން ޕޮއިންޓް ކަށަވަރުކޮށްފައިވަނީ މަހިބަދޫ ސްޕޯޓްސް އަދި ޖޭޖޭ ސްޕޯޓްސްއެވެ. އެހެންނަމަވެސް ޕީކޭ އަދި ޒެފްރޯލް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެންނެވެ.

މި މުބާރާތުގައި ދެން މެޗެއް ކުޅޭނީ ބުދަ ދުވަހު އެވެ. ބުދަ ދުވަހު ކުޅޭ މެޗުގައި ބައްދަލުކުރާނީ ސްޕޯޓްސް ކްލަބް މެކާނޯ އާއި ކުޑަހެންވޭރު ސްޕޯޓްސް ކްލަބެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް