ކ. މާލެ
|
24 ސެޕްޓެންބަރ 2020 | ބުރާސްފަތި 08:37
ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ
ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ
އިންސްޓަގްރާމް
ނަވަލްނީ އަށް ވިހަދިން މައްސަލަ
ވިހަ ދިން ރަޝިޔާގެ އިދިކޮޅު ލީޑަރު ހޮސްޕިޓަލުން ދޫކޮށްލައިފި
 
މިހާރު ވައްތަރީ "ލޯޑް އޮފްދަ ރިންގް" ގެ ކެރެކްޓަރ އަކާ ކަަމަށް ވިދާޅުވި
 
ހޮސްޕިޓަލުން ދޫކުރެއްވީ އަންގާރަ ދުވަހު

ޖަރުމަނުވިލާގެ ހޮސްޕިޓަލުގައި 32 ދުވަސް ވަންދެން ފަރުވާ ހޯއްދެވުމަށްފަހު ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ.

ޖަރުމަނުގެ ބާލިންސް ޗަރިއްޓެ ހޮސްޕިޓަލުން ބުދަ ދުވަހު ނެރެފައިވާ ބަޔާނެއްގައި ވަނީ ރަޝިޔާގެ އިދިކޮޅު ލީޑަރުގެ ހާލުކޮޅު ރަނގަޅުވުމާއި ގުޅިގެން އަންގާރަ ދުވަހު ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށެވެ.

ބަލިމީހާގެ މިހާރުގެ ހާލަތަށް ބަލައި އޭނާއަށް ފަރުވާދިން ފިޒީޝަނުން ޤަބޫލުކުރާ ގޮތުން މުޅިން އެއްކޮށް ފަސޭހަވުން އެކަށީގެންވޭ
ޖަރުމަނު ހޮސްޕިޓަލުގެ ބަޔާން

ލޯގަނޑެއް ކުރިމަތީ ހުންނަވާ ނަންގަވާފައިވާ ފޮޓޯއެއް އިންސްޓަގްރާމްގައި ހިއްސާކުރައްވާ ނަވަލްނީ ވިދާޅުވެފައިވަނީ އޭނާ މިހާރު ވައްތަރީ "ލޯޑް އޮފް ދަ ރިންގްސް" ގެ ކެރެކްޓަރ އަކާއި ކަމަށެވެ.

ނަވަލްނީ ވަނީ ޖަރުމަނުގެ ހޮސްޕިޓަލުގައި ފަރުވާ ދެއްވި ޑޮކްޓަރުންނަށް ޝުކުރު އަދާކުރައްވާފައެވެ.

ވަރަށް މަޖާކަންތައްތައް އެބަވޭ. މިސާލަކަށް އަހަރެންގެ ވައަތުން ބޯޅައެއް އެއްލައެއް ނުލެވޭ. އަހަންނަށް ހިފޭ. އަހަރެންގެ ސިކުނޑިއެއް ނޭދޭ މިފަދަ ވަގުތުތަކެއް
އެލެކްސީ ނަވަލްނީ

ނަވަލްނީގެ ސިކުނޑި މަސައްކަތްކުރާ ވަރު ރަނގަޅު ކުރުމަށް ފޮތް ކިއުމުގެ އިތުރުން ސޯޝަލް މީޑިއާގައި ލިޔެ ވީޑިއޯ ގޭމް ކުޅުމަށް އޭނާގެ ނިއުރޮލޮޖިސްޓް ވަނީ އިރުޝާދު ދެއްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
20%
60%
0%
0%
20%
0%
ކޮމެންޓް