ކ. މާލެ
|
24 ސެޕްޓެންބަރ 2020 | ބުރާސްފަތި 02:59
ޖޯންސަން އެންޑް ޖޯންސަން އިން ކޮވިޑް-19 އަށް ޓެސްޓުކުރާ ވެކްސިން
ޖޯންސަން އެންޑް ޖޯންސަން އިން ކޮވިޑް-19 އަށް ޓެސްޓުކުރާ ވެކްސިން
އޭއެފްޕީ
ޖޯންސަން އެންޑް ޖޯންސަންގެ ވެކްސިން
ޖޯންސަން އެންޑް ޖޯންސަނުން ވެކްސިންގެ ތިން ވަނަ ޓްރަޔަލް ފަށައިފި
 
އެހެން ކުންފުނިތަކުން އުފައްދާ ވެކްސިންގެ ދެ ޑޯޒް ކޮންމެ މީހަކަށް ދޭން ވަނީ ނިންމާފައި
 
ޓްރަޔަލް ފަށާފައިވަނީ 60،000 ވޮލެންޓިއަރުންނާ އެކު

ޖޯންސަން އެންޑް ޖޯންސަން އިން ކޮވިޑް-19 އަށް ޓެސްޓުކުރާ ވެކްސިންގެ ތިން ވަނަ ޓްރަޔަލް ފަށައިފިއެވެ.

ބުދަ ދުވަހު އެ ޓްރަޔަލް ފަށާފައިވަނީ 60،000 ވޮލެންޓިއަރުންނާ އެކުއެވެ. އޭގެ ތެރޭގައި ހިމެނެނީ އެމެރިކާގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ނިސްބަށްވާ މީހުންނެވެ. ޖޯންސަން އެންޑް ޖޯންސަންގެ ޗީފް ސައިންޓިފިކް ޑރ. ޕައުލް ސްޓޮފެލްސް ވިދާޅުވީ، ބައިވެރިވާ ކޮންމެ މީހަކަށް ވެކްސިންގެ އެއް ޑޯޒް ދޭން ހަމަޖެހިފައިވާ ކަމަށެވެ. ޖޯންސަން އެންޑް ޖޯންސަން އެންޑް ޖޯންސަން އަކީ ކޮވިޑް-19 އަށް ވެކްސިން އެއް ފުޅާ ދާއިރާއެއްގައި އުފެއްދަން މަސައްކަތްކުރާ ހަތަރު ވަނަ ކުންފުންޏެވެ.

އެހެން ކުންފުނިތަކުން އުފައްދާ ވެކްސިންގެ ދެ ޑޯޒް ކޮންމެ މީހަކަށް ދޭން ވަނީ ނިންމާފައެވެ. އެކަމަކު ޖޯންސަން އެންޑް ޖޯންސަން ވޮލެންޓިއަރުންނަށް ދެނީ އެއްް ޑޯޒްއެވެ. އެމެރިކާ އަދި ބެލްޖިއަމްގައި ހަދާފައިވާ ވެކްސިންގެ ފުރަތަމަ ޓްރަޔަލް ދައްކާ ގޮތުން އެއް ޑޯޒްއެއް ދިނުމުން އިމިއުން ރެސްޕޯންސް ރަނގަޅު ކަމަށާއި، ބޮޑެތި ޓްރަޔަލް ކުރިޔަށް ގެންދަން ރައްކާތެރި ކަމަށެވެ.

މި ޓްރަޔަލްސް ކުރިޔަށްދަނީ ބްރެޒިލް، ޗިލީ، ކޮލަމްބިއާ، މެކްސިކޯ، ޕެރޫ އަދި އެމެރިކާގައެވެ. އެ ކުންފުނިން ތިންވަން ޓްރަޔަލް ކުރިޔަށް ގެންދަނީ އިނގިރޭސިވިލާތުގެ ސަރުކާރާއި ގުޅިގެންނެވެ.

ޖޯންސަން އެންޑް ޖޯންސަން ބުނީ، ވެކްސިންގެ ރައްކާތެރިންކަން ކަށަވަރުވެއްޖެނަމަ އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ހުއްދައާއި އެކު އެމެޖެންސީކޮށް އަންނަ އަހަރުގެ ކުރީކޮޅު ބޭނުންކުރެވޭނެ ކަަމަށެެވެ.

ކުންފުނީގެ މަޤްސަދަކީ އަހަރެއްގެތެރޭގައި ބިލިއަން ޑޯޒް އުފެއްދުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
100%
0%
0%
0%
0%
ކޮމެންޓް