ކ. މާލެ
|
23 ސެޕްޓެންބަރ 2020 | ބުދަ 13:49
މަސްޖިދުއް ނަބަވީގައި ނަމާދު ކުރަނީ- ކޮވިޑާއި ގުޅިގެން މައްކާއާއި މަދީނާގެ މިސްކިތްތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅު ވަނީ އަޅާފައި
މަސްޖިދުއް ނަބަވީގައި ނަމާދު ކުރަނީ- ކޮވިޑާއި ގުޅިގެން މައްކާއާއި މަދީނާގެ މިސްކިތްތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅު ވަނީ އަޅާފައި
ހަރަމައިންއިންފޯ
ސައުދީ އަރަބިއްޔާ
އޮކްޓޯބަރ މަހުގެ ތެރޭގައި ދެ ހަރަމްފުޅު އާންމުންނަށް ހުޅުވާލަނީ
 
އުމްރާގެ އަޅުކަން އަދާކުރަން ފެށުމުގެ ކުރިން ހުރިހާ އެންމެން ވެސް ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ވަނީ ހަމަޖެހިފަ
 
މައްކާ ނޫން ސަރަހައްދުތަކުގައި ދިރިއުޅޭ ސައުދީ ރައްޔިތުންނަށް ޙަރަމްފުޅު ހުޅުވާލަން ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރ މަހުގެ 18 ވަނަ ދުވަހު
 
މައްކާގަ ދިރިއުޅޭ ރައްޔިތުންނަށް އަންނަ އާދިއްތަ ދުވަހުގައި ދެ ޙަރަމްފުޅު ހުޅުވާލުމަށް ވަނީ ހަމަޖެހިފަ
 
ފުރަތަމަ ހުއްދަ އޮންނާނީ ސައުދީ އަރަބިއްޔާގައި ދިރިއުޅޭ މީހުންނަން

އޮކްޓޯބަރ މަހުގެ 04 ވަނަ ދުވަހުން ފެށިގެން ދެ ޙަރަމް ހުޅުވާލަން ސައުދީ އަރަބިއްޔާއިން ނިންމައިފިއެވެ.

އެއާއެކު، ހާއްސަ ފިޔަވަޅުތަކާއެކު އުމްރާގެ އަޅުކަން ކުރުމުގެ ހުއްދަ ދޭނެ ކަމަށް ސައުދީ އަރަބިއްޔާގެ އިންޓީރިއާ މިނިސްޓްރީން ބުނެފައި ވެއެވެ.

ދެ ޙަރަމް ހުޅުވާލައި އުމްރާގެ އަޅުކަން އަދާކުރުމުގެ ހުއްދަ ސައުދީ އަރަބިއްޔާގެ ސަރުކާރުން ދޭއިރު ފުރަތަމަ ހުއްދަ އޮންނާނީ ސައުދީ އަރަބިއްޔާގައި ދިރިއުޅޭ މީހުންނަން ކަމަށް ބުނެފައިވެއެވެ. އެގޮތުން މައްކާގަ ދިރިއުޅޭ ރައްޔިތުންނަށް އަންނަ އާދިއްތަ ދުވަހުގައި ދެ ޙަރަމްފުޅު ހުޅުވާލުމަށް ވަނީ ހަމަޖެހިފައެވެ.

މައްކާ ނޫން ސަރަހައްދުތަކުގައި ދިރިއުޅޭ ސައުދީ ރައްޔިތުންނަށް ޙަރަމްފުޅު ހުޅުވާލަން ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރ މަހުގެ 18 ވަނަ ދުވަހުން ފެށިގެންނެވެ.

އުމްރާގެ އަޅުކަން އަދާކުރަން ފެށުމުގެ ކުރިން ހުރިހާ އެންމެން ވެސް ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަޅުކަން އަދާކުރާ އެއްވެސް މީހަކީ ބޮޑު ބައްޔެއް ހުރި މީހަކަށް ނުވުންވެސް އެއީ ޝަރުތެކެވެ.

އުމްރާގެ އަޅުކަން ހުޅުވާލާއިރު އަޅުކަން ކުރަން ދެވޭ މީހުންގެ އަދަދު ވަނީ ލިމިޓް ކޮށްފައެވެ. އެގޮތުން ފުރަތަމަ މަރުހަލާގައި ހުއްދަ ދިނުމަށް ހަމަޖެހިފައި ވަނީ ހަރަމްފުޅުގެ 30 އިންސައްތަ ޖާގަ ފުރޭވަރުގެ މީހުންނެވެ. އެއީ ދުވާލަކު 6000 މީހުންނަށެވެ.

ސައުދީގައި ދިރިއުޅޭ އެހެން ރައްޔިތުންނަށް މިއަންނަ މަހު ހުއްދަ ދެވޭއިރު އެ މަރުހަލާ ތެރޭގައި ދުވާލަކު 15000 މީހުން އުމްރާގެ އަޅުކަން އަދާކުރުމުގެ ހުއްދަ ދޭނެއެވެ. އަދި ދުވާލަކު 40000 މީހުންނަށް ހަރަމްފުޅުގައި ނަމާދު ކުރުމުގެ ހުއްދަ ދޭނެއެވެ. އެއީ ހަރަމްފުޅުގެ ޖާގައިގެ 75 އިންސައްތަ ފުރޭވަރުގެ މީހުންނެވެ.

ދުނިޔޭގެ އެހެނިހެން ގައުމުތަކަށް އުމްރާގެ އަޅުކަން ކުރުމުގެ ހުއްދަދޭން ނިންމާފައިވަނީ ނޮވެމްބަރ މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ. މި މަރުހަލާގައި ހުއްދަ ދިނުމަށް ހަމަޖެހިފައިވަނީ 20000 މީހުންނަށެވެ. އަދި ދުވާލަކު ޙަރަމްފުޅަށް ވަދެވޭނީ 60000 މީހުންނަށެވެ. އެއީ ހަރަމްފުޅުގެ 100 އިންސައްތަ ފުރޭވަރުގެ މީހުންނެވެ.

ޙަރަމްފުޅު އާއްމުކޮށް ހުޅުވާލުމަށް ސައުދީ ސަރުކާރުން ނިންމާފައި ވަނީ ޙަރަމުފުޅު ބަންދުކޮށްފައި އޮންނަތާ 6 މަސް ދުވަސް ފަހުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް