މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އިން މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކޮށްފިއެވެ.
މިފްކޯއިން ތެޔޮ ވިއްކާ އަގު ހެޔޮކޮށްފައި ވަނީ އަންގާރަ ދުވަހުން ފެށިގެންނެވެ. އެގޮތުން މިފްކޯގެ މަސްގަންނަ ސެންޓަރު ތަކާއި ބޯޯޓުފަހަރުން ޑީސަލް ލީޓަރެއް މަަސް ދޯނި ފަހަރަށް ވިއްކާނީ 7.33 ރުފިޔާއެވެ. އަދި އާންމު ފަރާތްތަކަށް ޑީސަލް ލީޓަރެއް ވިއްކާ އަގަކީ 13.00 ރުފިޔާއެވެ.
މީގެ ކުރިން މިފްކޯ އިން މަސްވެރިންނަށް ޑީސަލް ލީޓަރެއް ވިއްކި އަގަކީ 8.65 ރުފިޔާއެވެ.
 
                             
                        
                
    
 
                     
                        
                
    
 
                        
                
    
 
                        
                
    
