ކ. މާލެ
|
22 ސެޕްޓެންބަރ 2020 | އަންގާރަ 09:45
އެމެރިކާގެ ސެންޓަރ ފޯރ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަންގެ އެޑްވަރޑް އާރ. ރޮއިބަލް ކޮމްޕްލެކްސް
އެމެރިކާގެ ސެންޓަރ ފޯރ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަންގެ އެޑްވަރޑް އާރ. ރޮއިބަލް ކޮމްޕްލެކްސް
ގެޓީ އިމޭޖަސް
ކޮވިޑް-19 ފެތުރޭ ގޮތްތައް
ވައިގެ ޒަރިއްޔާއިން ކޮވިޑް ފެތުރޭ ކަމަށް ބުނެ ގައިޑްލައިން އާންމުކުރެވުނީ އޮޅުމަކުން: ސީޑީސީ
 
ޑަބްލިޔުއެޗްއޯއިން ބުނެފައިވަނީ ބަލި ފެތުރޭ ގޮތާ ގުޅޭގޮތުން އެ ޖަމިއްޔާގެ އުސޫލުތަކަށް ބަދަލުތަކެއް ނާންނަކަމަށް
 
އުސޫލު އަދާހަމަ ކުރުމުގެ މަސައްކަތް ދަނީ ކުރިއަށް ކަމަށް ސީޑީސީން ބުނި، ނަމަވެސް ސީދާ ތާރީހެއް ނުބުނޭ
 
ވައިގެ ޒަރިއްޔާއިން ބަލި ފެތުރޭ ކަމަށް ސީޑީސީގެ އުސޫލަށް ބަދަލު ގެނައީ ހުކުރު ދުވަހު

ވައިގެ ޒަރިއްޔާއިން ކޮވިޑް-19 ފެތުރުމުގެ ފުރުސަތު ބޮޑު ކަމަށް ބަޔާންކޮށް އުސޫލު އާންމުކުރެވުނީ އޮޅުމަކުން ކަމަށް އެމެރިކާގެ ސެންޓަރ ފޯރ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ބުނެފިއެވެ.

ހުކުރު ދުވަހުގެ ވަގުތެއްގައި ސީޑީސީގެ ވެބްސައިޓުގައި ޝާއިއުކުރި އުސޫލުގައި ވަނީ ވައިގެ ޒަރިއްޔާއިން ކޮވިޑް ފެތުރުމުގެ ފުރުސަތު އޮތް ކަމަށް ހޯދުންތަކުން ދައްކާތީ، ބަންދުވެފައި ހުންނަ ތަންތަނުގައި އުޅޭއިރު އެއަރ ޕިއުރިފަޔަރ ބޭނުންކޮށްގެން ވައިގެ ތެރޭގައި ހުންނަ ޖަރާސީމުތައް ނައްތާލަން އަންގާފައެވެ.

ސީޑީސީން ބުނެފައިވަނީ، ވައިގެ ޒަރިއްޔާއިން ކޮވިޑް ފެތުރޭ ގޮތާ މެދު އެ އެޖެންސީގެ ރެކޮމެންޑޭޝަންތައް އަދާހަމަ ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، އެ މަސައްކަތް ނިމުމުން އައު ރެކޮމެންޑޭޝަންތައް އާންމުކުރާނެ ކަމަށެވެ. ނަމަވެސް އައު ގައިޑްލައިން އާންމުކުރާނެ ސީދާ ތާރީހެއް ހާމައެއް ނުކުރެއެވެ. އަދި މިހާރުވެސް އަމަލުކުރަމުން ދާނީ ކުރީގެ އުސޫލަށް ކަމަށް ސީޑީސިން ވަނީ ބުނެފައެވެ.

ސީޑީސީގެ އުސޫލަށް ގެނައި ބަދަލާ ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ބުނެފައިވަނީ، އެ ޖަމިއްޔާގެ އެއްވެސް އުސޫލަކަށް ބަދަލު ގެނެސްފައި ނުވާކަމަށެވެ. ވައިގެ ޒަރިއްޔާއިން ބަލި ފެތުރޭ ގޮތާ ގުޅިގެން ޑަބްލިޔުއެޗްއޯގެ އުސޫލުގައި ވަނީ، ވައި ދައުރުނުވާ ގޮތަށް ހުންނަ ބަންދު ތަންތަނުގެ ތެރޭގައި ގައިދުރުކަން ނުބަހައްޓާނަމަ ބަލި ފެތުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
100%
0%
0%
0%
0%
ކޮމެންޓް