ކ. މާލެ
|
18 އޭޕްރިލް 2017 | އަންގާރަ 18:07
ކުއާޓާގެ ފުރަތަމަ ލެގުގައި ބެޔާން ކޮޅަށް ލަނޑު ޖެހުމަށް ފަހު ރޮނާލްޑޯ ސެލެބްރޭޓް ކުރަނީ
ކުއާޓާގެ ފުރަތަމަ ލެގުގައި ބެޔާން ކޮޅަށް ލަނޑު ޖެހުމަށް ފަހު ރޮނާލްޑޯ ސެލެބްރޭޓް ކުރަނީ
ގެޓީ އިމޭޖަސް
ޗެމްޕިއަންސް ލީގު
އަންޗެލޮޓީގެ ވިސްނުން ރޮނާލްޑޯ ހުއްޓުވުމަށް
ރޮނާލްޑޯއަށް ސަމާލުވާނެ
މޮޅުވާނެ ކަމަށް ބުނި
އެޑްވާންޓޭޖް އޮތީ ރެއާލަށް

ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލްގެ ދެވަނަ ލެގުގައި ރެއާލް މެޑްރިޑާ ދެކޮޅަށް ނުކުންނައިރު ބެޔާން މިއުނިކްގެ ކޯޗު ކާލޯ އަންޗެލޮޓީ ވިސްނުންހުރީ ކްރިސްޓިއަނޯ ރޮނާލްޑޯ ހުއްޓުވުމަށް ކަމަށް އޭނާ ބުނެފިއެވެ.

 

މި ދެ ޓީމު ފުރަތަމަ ލެގުގައި ކުޅުނު މެޗު ބެޔާންގެ ދަނޑުގައި ކާމިޔާބުކުރީ ރެއާލް އިންނެވެ. ރެއާލް 1-2 އިން މޮޅުވީ ރޮނާލްޑޯގެ ދެ ލަނޑާއެކުއެވެ. ދެ ލަނޑު ވެސް ޖަހާފައިވަނީ ބެޔާން އިން ލީޑް ނަގާފައި ވަނިކޮށެވެ.

 

ފުރަތަމަ މެޗުގެ ނަތީޖާ ނުކުމެފައިވާ ގޮތުން ސެންޓިއާގޯ ބެރްނެބުއޭގައި ކުޅޭ ދެ ވަނަ ލެގު 1-0 އިން ބަޔާން ކާމިޔާބުކުރިޔަސް ފުރުސަތު ލިބޭނީ މެޑްރިޑަށެވެ.

 

ދެވަނަ ލެގުގެ މެޗާ ބެހޭ ގޮތުން ބެޔާންގެ ކޯޗު އަންޗެލޮޓީ ބުނެފައިވަނީ ރޮނާލްޑޯއާ މެދު ވިސްނަންޖެހޭ ކަމަށާއި އޭނާ ދޫކޮށްލައިގެން ފަރުޖައްސާނުލެވޭނެ ކަމަށެވެ.

 

އަންގާރަ ދުވަހުގެ (މިރޭ) ރޭ ރެއާލް އާ ބަޔާންގެ ދެވަނަ ލެގުގެ މެޗަށް ތައްޔާރުވުމުގައި އަންޗެލޮޓީއަށް ކުރިން އޮތް އެންމެ ބޮޑު ނުތަނަވަސް ކަމަކީ ކޮނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން ރޮބަޓް ލެވޮންޑޮސްކީއަށް ފުރަމަތަ ލެގުގައި ނުކުޅެވުމެވެ.

 

ފުރަތަމަ ކުރިމަތި ލުމުގައި ލެވޮންޑޮސްކީއަށް ނުކުޅެވުނު ނަމަވެސް އަނިޔާއިން ރަނގަޅުވެ ފަރިތަކުރުންތަކުގައި އޭނާ ބައިވެރިވެފައިވާއިރު މިރޭގެ މެޗުގައި ކުޅެވުމަކީ އަންޗެލޮޓީ އަށް ލިބޭ ހިތްހަމަ ޖެހުމެކެވެ.

 

އަންޗެލޮޓީ ބުނާ ގޮތުގައި ފުރަތަމަ ލެގު ގެއްލުނީ ކުޑަކުޑަ ތަފާތަކުންނެވެ. ނަމަވެސް ދެވަނަ ލެގުގެ މެޗު ނެގޭނެ ކަމަށް އޭނާ ބުނެއެވެ.

 

އަނެއްކޮޅުން ދެވަނަ ލެގުގެ މެޗަށް ނުކުންނައިރު ރެއާލްގެ ބޭލްއަކަށް ނުކުޅެވޭނެއެވެ. ކުއާޓާފައިނަލްގެ ފުރަތަމަ ލެގުގައި ކުޑަކަޅުވާއަށް ލިބުނު އަނިޔާއާ ގުޅިގެން ބޭލްއަށް އިންނަންޖެހިފައި ވަނީ މެޗު ބަލާށެވެ.

 

ރެއާލްގެ ކޯޗު ޒައިނުއްދީން ޒިދާން ބުނީ އެއްވެސް ރިސްކެއް ނަގަން ބޭނުންނުވާ ކަމަށެވެ. އެގޮތުން ބޭލް މުޅިން ފިޓުވެފައިނުވާތީ ބެޔާންއާ ދެކޮޅަށް އޭނާ ބޭނުން ނުކުރާނެ ކަމަށް ޒިދާން ބުންޏެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް