ކ. މާލެ
|
18 ސެޕްޓެންބަރ 2020 | ހުކުރު 13:26
\'ލަޒީޒް ގޯމޭ\': މެދުއިރުމަތީގެ ރަހަތަކަށް ހާއްސަ ރެސްޓޯރަންޓެއް
'ލަޒީޒް ގޯމޭ': މެދުއިރުމަތީގެ ރަހަތަކަށް ހާއްސަ ރެސްޓޯރަންޓެއް
ރިޒްނާ ޒަރީރު
ލަޒީޒް ގޯމޭ
'ލަޒީޒް ގޯމޭ': މެދުއިރުމަތީގެ ރަހަތަކަށް ހާއްސަ ރެސްޓޯރަންޓެއް
 
ލަޒީޒް ހުޅުވާފައިވަނީ ހުޅުމާލޭ ހިތިގަސްމަގު އެއް ނަންބަރު ގޯޅީގައި
 
މުޅިން އޮތެންޓިކް އަރަބި ރަހަތައް މިތަނުން ލިބޭނެ
 
ސެޕްޓެމްބަރުގެ ނިޔަލަށް ހާއްސަ ޑިސްކައުންޓެއް ލިބޭނެ

ރާއްޖެއަށް ތަފާތު ގިނަ ފްރެންޗައިސްތަކާއި ބޭރުގެ އެހެން ޤައުމުތަކުގެ ރަހަތައް ތައާރަފްކުރުމަކީ މިއަދުގެ ޓްރެންޑެކެވެ. އަދި މިފަދަ ރަހަތަށް ތަޖްރިބާކޮށްލުމަކީ ދިވެހިންގެ ތެރޭގައި ވަރަށް ފޯރިއާއި އެކު ކޮށްއުޅޭ ކަމެއްވެސްމެއެވެ.

މާލޭއާއި ހުޅުމާލެ ސަރަހައްދުގައި މިފަދަ ގިނަ ރެސްޓޯރަންޓް ތަކުން މިއަދު ޚިދުމަތް ފޯރުކޮށްދެމުންދާއިރު މި ޙިދުމަތުގެ ތެރެއަށް އިތުރުވި ބޮޅަކީ ލަޒީޒް ގޯމޭ އެވެ.

މިއީ މެދު އިރުމަތީގެ ރަހަތަކަށް މުޅިން ހާއްސަކޮށްގެން ހުޅުމާލޭގައި ހުޅުވާފައިވާ ރެސްޓޯރަންޓެކެވެ. ރާއްޖެއެމްވީއާއި ވާހަކަދައްކަވަމުން ލަޒީޒް ގޯމޭގެ ލަޒީޒްގެ ވެރިޔާ ރާގިބް ހަލަފް ވާހަކަދައްކަވަމުން ވިދާޅުވީ ރެސްޓޯރަންޓް ހުޅުވީ ބުދަ ދުވަހު ކަމަށާއި ނަމަވެސް ގިނަ ބައެއްގެ ބޮޑު ތަރުހީބެއް ލިބެމުން އަންނަކަން ފާހަގަކުރެވޭ ކަމަށެވެ.

އެގޮތުން ސެޕްޓެމްބަރ މަހުގެ ނިޔަލަށް ކުރިއަށްގެންދާ ހާއްސަ ޕްރޮމޯޝަންގެ ދަށުން 10 ޕަސެންޓްގެ ޑިސްކައުޓެއް ލިބޭނެ ކަމަށްވެސް ހަލަފް ވިދާޅުވިއެވެ.

އޭނާ އިތުރަށް ފާހަގަކުރި ގޮތުގައި އެންމެ ފުރަތަމަ ދުވަހުސް ހުންނަ ކޮލެޓީގައި އަބަދުވެސް މިތަނުން އެއްޗެހި ލިބޭނެ ގޮތް މަގުފަހި ކުރުމަށްޓަކައި އެތަނުގެ ހެޑް ޝެފްއަކީވެސް ފަލަސްތީނުގެ މޮޅު ޝެފެއް ކަމަށެވެ.

އަދި މިތަނުގެ ކާނާ ތައްޔާރުކުރުމަށް ބޭނުންވާ ގިނަ ސާމާނު ގެންނަނީވެސް މެދުއިރުމަތީގެ ގައުމުތަކުން ކަން ފާހަކުރަމުން ރާގިބް ހަލަފް ވިދާޅުވީ މެދުއިރުމަތީގެ އަސްލު އޮތެންތެޓިކް އަރަބި ރަހަތައް ދިވެހިންނަށް މިތަނުން ލިބިގެންދާނެ ކަމަށެވެ.

ލަޒީޒް ގޯމޭގެ މެނޭވެސް މުޅިމް ހާއްސަކޮށްފައިވަނީވެސް މެދު އިރުމަތީގެ ރަހަތަކަށް ހާއްސަކޮށްގެން ކަމަށްވާއިރު ދިވެހިންގެ ތެރޭގައި މަޤްބޫލު ޓާކިޝް ކޮފީ، ޝަވަރުމާ އަދި އަރަބިން މެދުގައި މަޤްބޫލު ސައިވެސް ލިބިގެންދެއެވެ.

އަދި ފޮނި ކާއެއްޗެއްސަކީ މެދު އިރުމަތިން ސީދާ ގެންނަ އޮރިޖިނަލް އެއްޗެސްކަން ފާހަގަކުރަމުން ރާގިބް ހަލަފް ވިދާޅުވީ ކާއެއްޗެއް ތައްޔާރުކުރަން ބޭނުންވާ ސާމާނެއް ނެތް ނަމަ އެ އައިޓަމެއް ނުލިބޭނެ ކަން ކަސްޓަމަރަށް އަންގާނެ ކަމަށާއި އޭގެ ބަދަލުގައި އެހެން ރަހައަށް ބަދަލު އަންނަ ގޮތަށް ކާއެއްޗެސް ތައްޔާރު ނުކުރާނެ ކަމަށެވެ.

"މިތަން ޑިޒައިންކޮށްފައި މިވަނީވެސް އަރަބި ރެސްޓޯރަންޓްތައް ހުންނަ ޑިޒައިނަށް، މިދިޔަ މާޗް މަހު ހުޅުވަން ތައްޔާރުވި ނަމަވެސް ކޮލްޑައުންވުން ލަސްތަކެއް އައި، މިތަން ހުޅުވި ފަހުން މިވީ ވަގުތުކޮޅުގެ ތެރޭގައިވެސް ބޮޑު ތަރުހީބެއް އަންނަނީ ލިބެމުން، އަޅުގަނު ބޭނުންވީ މެދުއިރުމަތީގެ ރަހަތައް ދިވެހިންނަށް އޭގެ އެންމެ ފުރިހަމަ ގޮތުގައި ތަޖްރިބާކޮށްލަން ފުރުޞަތު ދިނުން" ރާގިބް ހަލަފް ވިދާޅުވިއެވެ.

ހުޅުމާލޭ ހިތިގަސްމަގު އެއް ނަންބަރު ގޯޅީގައި ހުޅުވި މި ރެސްޓޯރަންޓަކީ އާއިލާތަކަށާއި ރައްޓެހިންނަށް ވެސް ހާއްސަ ތަނަކަށްވާއިރު ޑައިން އިން އަދި ޓޭކް އަވޭގެ ހިދުމަތް މިހާރު ލިބޭނެއެވެ. އަދި ލަޒީޒް ގޯމޭގެ ވެބްސައިޓުން މެނޫގެ ހުރިހާ އައިޓަމެއްވެސް ފެންނަން ހުންނާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
100%
0%
0%
0%
0%
ކޮމެންޓް