ކ. މާލެ
|
18 އޭޕްރިލް 2017 | އަންގާރަ 04:02
ޓެރީ ޗެލްސީއާއެކު ހޯދި ބޮޑެތި ކާމިޔާބީތަކުގެ ތެރެއިން
ޓެރީ ޗެލްސީއާއެކު ހޯދި ބޮޑެތި ކާމިޔާބީތަކުގެ ތެރެއިން
ގޫގުލް
ޕްރިމިއާ ލީގު
ބާރަ އަހަރަށް ފަހު ކެޕްޓަން ޖޯން ޓެރީ ޗެލްސީ ދޫކޮށްލަނީ
މި ސީޒަނަށްފަހު ޓެރީ، ޗެލްސީ ދޫކޮށްލާނެކަން އެޓީމުންވެސް ވަނީ ކަށަވަރު ކޮށްދީފަ
ޓެރީ ވަނީ އެޓީމާއެކު ބޮޑެތި ގިނަ ކާމިޔާބީތަކެއް ހޯދާފަ

މި ސީޒަނަށްފަހު ޗެލްސީގެ ކެޕްޓަން ޖޯން ޓެރީ އެޓީމު ދޫކޮށްލާނެކަން އޭނާ އިއުލާން ކޮށްފިއެވެ.

ހޯމަދުވަހުގެ ރޭ ޗެލްސީއިން ނެރުނު ބަޔާނެއްގައި އެކުލަބުންވެސް ވަނީ މިކަން ކަށަވަރު ކޮށްދީފައެވެ. މީގެ އިތުރުންވެސް ޗެލްސީގެ ރަސްމީ ވެބްސައިޓަށް ދިން ޙާއްސަ އިންޓަވިއު އެއްގައި ޓެރީ ބުނެފައިވަނީ، 22 އަހަރު ދުވަހަށްފަހު ޓީމު ދޫކޮށްލަން ނިންމާއިރު ދައްކަން ބޭނުންވާ ވަރަށް ބައިވަރު ވާހަކަތަށް އެބަހުރި ކަމަށާ ޝުކުރުގެ ލިސްޓުވެސް ވަރަށް ދިގު ކަމަށެވެ. އެގޮތުން ޓީމުގެ މެނޭޖްމަންޓާއި، ކުޅުންތެރިންނާއި، ސަޕޯޓަރުންގެ ފަރާތުން، އަދި އެނޫންވެސް ގޮތްގޮތުން އޭނާއަށް އެހީތެރިވެ ދިން ފަރާތްތަކަށް އޭނާ ވަނީ ފަށްފަށުން ޝުކުރު އަދާކުރާކަމަށެވެ.

ޗެލްސީގެ އެކަޑަމީއިން ކެރިއަރު ފެއްޓި ކެޕްޓަން ޖޯން ޓެރީ ވަނީ މިވީ 22 އަހަރުގެ ތެރޭގައި، އެކުލަބާއެކު، 4 ޕަހަރު އިނގިރޭސި ޕްރިމިއާ ލީގާއި، 5 ފަހަރު އެފްއޭ ކަޕާއި، 3 ލީގު ކަޕާއި، ޔޫރޮޕާ ލީގާއި، ޔޫއެފާ ޗެމްޕިއަންސް ލީގު އުފުލާލާފައެވެ.

އިންގްލޭންޑަށް އުފަން އުމުރުން 36 އަހަރުގެ ކެޕްޓަން ޖޯން ޓެރީ، މިސީޒަނުގައި ޗެލްސީއަށް ކުޅެފައިވަނީ 10 މެޗެވެ. ބޭރުގެ ބައެއް މީޑިއާ ރިޕޯޓަތައް ބުނާގޮތުގައި ޓެރީ ދެން އެންމެ ފެނުން ގާތީ އެމެރިކާ ލީގުގެ ކުލަބަކުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހުމަދު މުހުސިނު
- ކޮމެންޓް