ކ. މާލެ
|
15 ސެޕްޓެންބަރ 2020 | އަންގާރަ 10:01
ޮއޮސްޓްރޭލިޔާގެ މެލްބަންގައި ފަޔަރ ފައިޓަރުންތަކެއް ހަރަކާތްތެރިވަނީ
ޮއޮސްޓްރޭލިޔާގެ މެލްބަންގައި ފަޔަރ ފައިޓަރުންތަކެއް ހަރަކާތްތެރިވަނީ
ރޮއިޓަރސް
ކޮވިޑް-19 އޮސްޓްރޭލިޔާގެ ހާލަތު
ތިން މަސް ފަހުން އޮސްޓްރޭލިޔާގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު ދަށަށްގޮސްފި
 
ވިކްޓޯރިއާ ސްޓޭޓުގައި އަޅާފައިވާ ފިޔަވަޅުތަކަށް އަންނަނީ ލުއިތައް ދެމުން
 
ވައިރަސް ޖެހޭ މީހުން މަދުވާން ފެށުމާއެކު ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް މިފަހުން ވަނީ ލުއިތައް ދޭންފަށާފައި
 
ހޯމަ ދުވަހު އޮސްޓްރޭލިޔާގައި އަލަށް ވައިރަސް ޖެހިފައިވަނީ 39 މީހުންނަށް

އޮސްޓްރޭލިޔާގައި ތިން މަސް ދުވަސް ތެރޭ އެންމެ މަދުން މީހުންނަށް ކޮވިޑް-19 ޖެހިފައިވަނީ ހޯމަ ދުވަހު ކަމަށް އެ ގައުމުގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ހޯމަ ދުވަހު އޮސްޓްރޭލިޔާގައި އަލަށް ވައިރަސް ޖެހިފައިވަނީ 39 މީހުންނަށެވެ. މިއީ ޖޫން މަހުގެ 26 ވަނަ ދުވަހުން ފެށިގެން އެ ގައުމުން ފެންނަ ކޭސްތަކުގެ އަދަދު އިތުރުވާން ފެށި ފަހުން މިހާ މަދު އަދަދަކަށް ކޭސްތައް ރިޕޯޓްކުރި ދުވަހެވެ.

އޮސްޓްރޭލިޔާގައި ވައިރަސް ޖެހޭ މީހުން މަދުވާން ފެށުމާއެކު ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް މިފަހުން ވަނީ ލުއިތައް ދޭން ފަށާފައެވެ. އެގޮތުން އެންމެ ގިނައިން ކޭސްތައް ރިޕޯޓްކުރަމުން އަންނަ ވިކްޓޯރިއާ ސްޓޭޓުގައި އަޅާފައިވާ ފިޔަވަޅުތަކަށް އަންނަނީ ލުއިތައް ދެމުންނެވެ. އޭގެ ތެރޭގައި ކަސްރަތު ކުރުމަށް ގިނަ ވަގުތު ބޭރަށް ނިކުމެ އުޅުމުގެ ފުރުސަތު ދީފައިވާއިރު ރޭގަނޑު ކާފިއު އިއުލާންކޮށްފައިވާ ވަގުތުވެސް ވަނީ މަދުކޮށްފައެވެ.

އެހެންނަމަވެސް ލޮކްޑައުން ކޮށްފައިވުމާއި ގުޅިގެން އެކަމާއި ހިތްހަމަނުޖެހިގެން ހަފްތާ ބަންދުގައި ކުރަމުންދާ މުޒާހަރާތައް އަދިވެސް އަންނަނީ އެގައުމުގައި ކުރަމުންނެވެ. އެކަމާއި ގުޅިގެން އޮފިޝަލުން އަންނަނީ އާންމުންނަށް ކެތްތެރިވުމަށް އިލްތިމާސްކުރަމުންނެވެ.

ވިކްޓޯރިއާ ސްޓޭޓްގެ ޗީފް ހެލްތު އޮފިސަރ ބްރެޓް ސަޓްން ވިދާޅުވީ ލޮކްޑައުންގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތައް ދެވޭނީ ފަހަރަކު ފިޔަވަޅަކުން ކަމަށެވެ. އެހާ އަވަހަށް ކަންކަން ހަނދާން ނައްތާލާ ބޮޑެތި ލުއިތަކެއް ނުދެވޭނެކަމަށް ބްރެޓް ވިދާޅުވިއެވެ. އެންމެ ފުރަތަމަ ފެންނާނީ މަދު ކޭސްތަކެއް ކަމަށާއި އެއަށްފަހު ގިނަވެގެންދާނީ ކަމަށް ބްރެޓް ވިދާޅުވިއެވެ.

އޮސްޓްރޭލިޔާގައި މިހާރުވެސް ކޮވިޑް-19 ޖެހިފައިވާ 27،000 މީހުން ތިބިއިރު އެބަލީގައި 817 މީހުން ވަނީ މަރުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް