ކ. މާލެ
|
15 ސެޕްޓެންބަރ 2020 | އަންގާރަ 01:36
ޕެރިސްގައި މީހުން ކޮވިޑް-19އަށް ޓެސްޓް ކުރުމަށް ކިޔުގައި ޖެހިގެން
ޕެރިސްގައި މީހުން ކޮވިޑް-19އަށް ޓެސްޓް ކުރުމަށް ކިޔުގައި ޖެހިގެން
ރޮއިޓަރސް
ކޮވިޑް-19 ފްރާންސްގެ ހާލަތު
ފްރާންސްގައި ރިކޯޑް މިންވަރަކަށް ކޮވިޑް-19ގެ ކޭސްތައް ފެނުމަށް ފަހު ކޭސްތައް ދަށަށް ގޮސްފި
 
އާދިއްތަ ދުވަހު އެގައުމުން ކޮވިޑް-19 ޖެހިގެން ރިޕޯޓްކޮށްފައިވަނީ 7183 މީހުންނަށް
 
ފްރާންސްގައި ހޮނިހިރު ދުވަހު 10،561 މީހުންނަށް ކޮވިޑް-19 ޖެހިގެން ވަނީ ރިޕޯޓްކޮށްފައި

ފްރާންސް ގައި ހޮނިހިރު ދުވަހު ރިކޯޑް މިންވަރަކަށް މީހުންނަށް ކޮވިޑް-19 ޖެހިގެން ރިޕޯޓްކުރުމަށްފަހު އެ އަދަދު އާދިއްތަ ދުވަހު ދަށަށް ގޮސްފައިވާ ކަމަށް އެގައުމުގެ ހެލްތު މިނިސްޓްރީން ހާމަކޮށްފިއެވެ.

ފްރާންސްގައި ހޮނިހިރު ދުވަހު 10،561 މީހުންނަށް ކޮވިޑް-19 ޖެހިގެން ވަނީ ރިޕޯޓްކޮށްފައެވެ. މިއީ މިހާތަނަށް އެގައުމުގައި އެއް ދުވަހާ އެންމެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހިގެން ރިޕޯޓް ކުރި ދުވަހެވެ. އެއަށްފަހު ޖެހިގެން އައި އާދިއްތަ ދުވަހު އެ ގައުމުން ކޮވިޑް-19 ޖެހިގެން ރިޕޯޓް ކޮށްފައިވަނީ 7183 މީހުންނަށް ކަމަށް އެގައުމުގެ ހެލްތު މިނިސްޓްރީން ބުނެއެވެ.

މީގެއިތުރުން އެގައުމުގެ ހެލްތު މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި ފާއިތުވި ހަފްތާގައި ކޮވިޑް-19 ޖެހިގެން ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައިވާ މީހުންގެ އަދަދު ވަނީ 2462ށް މައްޗަށް އަރާފައެވެ. ހޮނިހިރު ދުވަހު އެޑްމިޓް ކުރި މީހުންގެ އަދަދު އުޅެނީ 2432ގަ އެވެ.

މީގެތެރެއިން އައިސީޔޫގައި ފާއިތުވި ހަފްތާގައި އެޑްމިޓް ކުރި މީހުންގެ އަދަދު އުޅެނީ 427 ގައެވެ. ހޮނިހިރު ދުވަހު ވަނީ 417 މީހުން އައިސީޔޫގައި އެޑްމިޓް ކޮށްފައެވެ.

ޔޫރަޕްގެ އެހެން ގައުމުތަކެކޭ އެއްފަދައިން ފްރާންސަށް ވެސް ވަނީ ސަރޖެއް އައިސްފައެވެ. އެއާއެކު ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ޓެސްޓް ކުރުމުގެ ނިޒާމު އަވަސްކޮށް ފިޔަވަޅުތަކެއް އަންނަނީ އަޅަމުންނެވެ. ފްރާންސްގެ ސަރުކާރުން ވަނީ ލޮކްޑައުން އަކަށް ނުގޮސް ވާނެ ހުރިހާ ގޮތަކަށް މަސައްކަތް ކުރާނެ ކަމަށް ބުނެފައެވެ.

ފްރާންސްގެ ސަރުކާރުން ވަނީ އާންމުންނަށް ކުރިޔަށްވުރެ ބޮޑަށް ރައްކާތެރިވުމަށް ގޮވާލާފައެވެ. އަދި ފްރާންސްގެ ޑޮކްޓަރުން އާދިއްތަ ދުވަހު ވަނީ ގިނަ ބަޔަކު އެއްވެ އުޅެ ހިންގާ ހަރަކާތްތަައް ނުބޭއްވުމަށް އާންމުންގެ ކިބައިން އެދިފައެވެ.

ފްރާންސްގައި މިހާތަނަށް އައިއިރު މިބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 30،916ށް އަރާފައެވެ. އަދި ފާއިތުވި 24 ގަޑިއިރު ވަނީ މިބަލީގައި 6 މީހުން މަރުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
0%
0%
0%
0%
ކޮމެންޓް