އެމެރިކާގެ ސްޓޭޓެއް ކަމަށްވާ ކެލިފޯނިއާގައި ރޯވެފައިވާ އަލިފާންގަނޑުގައި މަރުވާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ.
އެމެރިކާގެ ގިނަ ރަށްތަކެއްގައި ރޯވެފައިވާ އަލިފާންގަނޑު ހަލުވިކަމާއެކު ފެތުރެމުން އަންނާތީ ގިނަ ބަޔަކު ދަނީ ކަންބޮޑު ވުން ފާޅުކުރަމުންނެވެ. މި އަލިފާނުގެ ސަބަބުން މަރުވެފައިވާ މީހުންގެ އަދަދު ހަމައެކަނި ކެލިފޯނިއާ އިން ވެސް ވަނީ 22ށްވުރެން މައްޗަށް އަރާފައެވެ.
މީގެ އިތުރުންވެސް އޮރީގަން އަދި ވޮޝިންގްޓަންގައި ވެސް މި އަލިފާންގަނޑު އަންނަނީ ހަލުވިކަމާއެކު ފެތުރެމުނެވެ. އެ ސަރަހައްދުން މަރުވެފައިވާ މީހުންގެ އަދަދު 30 މިހާރު ވަނީ އަރާފައެވެ. އޮރީގަން އިން އެތައް ބަޔަކު ބަރުވުމގެ އިތުރަށް ގެއްލިފައި ވުމާއެކު ގިނަ ބަޔަކަށް ވަނީ ގެދޮރު ދޫކޮށް އެ ސަރައްހަދު ދޫކޮށް ދިޔުމަށް މަޖުބޫރުވެފައެވެ.
ރިޕޯޓުތައް ދައްކާ ގޮތުން މިހާރު އެ އަލިފާންގަނޑު ވަނީ ނިއުޖަރޒީ އަށް ވެސް ފެތުރެން ފަށާފައެވެ. މި އަލިފާންގަނޑުގެ ނުރައްކާތެރި ކަމާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ކެލިފޯނިއާގެ ގަވަރުނަރު ވަނީ މި އަލިފާންގަނޑު ރޯވެފައިވާތާ ތިން ހަފްތާ ވެފައިވާ ކަމަށާ މިކަން ދިމާވާން މެދުވެރިވީ އޮގަސްޓު މަހު ކުރި ވިއްސާރައިގައި ހޮނު އެޅު އެޅުމުގެ ސަބަބުން ކަމަށް ވިދާޅުވެފައެވެ.
އަދި މިވަގުތަކީ މޫސުމީ ކުއްލި ނުރައްކަލުގެ ހާލަތެއްގެ ގޮތުގައި ސިފަކުރައްވާ އޭނާ ވަނީ މިއީ މޫސުމީ ބަދަލުތަކުގެ ސަބަބުން ދިމާވާ ކަމެއް ކަމަށާއި މިހާރުން މިހާރަށް އެކަމާމެދު ކުރެވޭ ބަހުސްތައް ހުއްޓާލުމަށް ގޮވާލައްވާފައެވެ. އަދި މިހާރު ވެސް ކެލިފޯނިއާ އަށް އައިސް ހަމަ ލޮލުން އެ މަންޒަރު ބަލާލުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ.
ކެލިފޯނިއާގައި ވެސް އެތައްހާސް ބައެއްގެ ގެދޮރު ގެއްލިފައިވާއިރު 14،800 ފަޔަރ ފައިޓަރުން ވަނީ މި އަލިފާންގަނޑު ނިއްވުމުގެ މަސައްކަތް ކޮށްފައެވެ.