ކ. މާލެ
|
12 ސެޕްޓެންބަރ 2020 | ހޮނިހިރު 09:15
އެމްޓީސީސީ އިމާރަތް
އެމްޓީސީސީ އިމާރަތް
ކޯޕަރޭޓް މޯލްޑިވްސް
އެމްޓީސީސީ އަހަރީ ޖަލްސާ
އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާ މި މަހު 27 ގައި ބާއްވަނީ
 
2019 ވަނަ އަހަރު އެމްޓީސީސީ އަށް ސާފު ފައިދާގެ ގޮތުގައި 53.3 މިލިއަން ރުފިޔާ ލިބިފައިވޭ
 
ޖަލްސާ ބާއްވާނީ 27 ސެޕްޓެމްބަރުގެ ހަވީރު ހަތަރެއް ޖަހާއިރު މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީ (އެމްއެސްޑީ)ގެ "ފައިވޯޓު" ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް
 
2019 ވަނަ އަހަރުގެ އާންމު ޖަލްސާ މިމަހު 27 ގައި ބާއްވަން ހަމަޖައްސައިފި

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ 2019 ވަނަ އަހަރުގެ އާންމު ޖަލްސާ މި މަހު 27 ގައި ބާއްވަން ނިންމައިފިއެވެ.

އެ ކުންފުނިން ބުނީ މި ޖަލްސާ ބާއްވަން ނިންމާފައިވަނީ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހު ހަވީރު ހަތަރެއް ޖަހާއިރު މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީ (އެމްއެސްޑީ)ގެ "ފައިވޯޓު" ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ކަމަށެވެ.

މި ޖަލްސާގައި ބައިވެރި ވެވޭނީ 10 ސެޕްޓެމްބަރުގެ ނިޔަލަށް އެމްޓީސީސީގެ ހިއްސާދާރެއްގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ހިއްސާދާރުންނަށް އެކަނި ކަމަށް ވަނީ ބުނެފައެވެ.

ޖަލްސާގައި ބައިވެރިވާން ބޭނުންވާ ހިއްސާދާރުން މި މަހުގެ 25 ވަނަ ދުވަހުގެ ހަވީރު 4:00ގެ ކުރިން ރަޖިސްޓްރީވާން ޖެހޭނެ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

ރަޖސްޓްރީ ވާން ބޭނުންވާ މީހުން އެމްއެސްޑީގެ އިންފިނިޓީ ޕޯޓަލް infinity.mv ނުވަތަ [email protected] މެދުވެރިކޮށް ރަޖިސްޓްރީ ފޯމު ހުށަހެޅޭނެ ކަމަށް ވެސް އެމްޓީސީސީން ބުނެފައިވެއެވެ.

2019 ވަނަ އަހަރު އެމްޓީސީސީ އަށް ސާފު ފައިދާގެ ގޮތުގައި 53.3 މިލިއަން ރުފިޔާ ލިބިފައިވެއެވެ. ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވަނީ 2019 ވަނަ އަހަރަށް ހިއްސާގެ ފައިދާ ހިއްސާ އަކަށް ދެ ރުފިިޔާ ބަހާ ގޮތަށް ކުންފުނީގެ އަހަރީ އާންމު ޖަލްސާ އަށް ހުށައެޅުމަށެވެ.

މީގެ އިތުރުން މި ޖަލްސާގައި ކުރިއަށް އޮތް އަހަރަށް އާއްމު ހިއްސާދާރުންގެ ތެރެއިން އެމްޓީސީސީގެ ބޯޑަށް ދެ މެމްބަރުން އިންތިޚާބު ކުރާނެއެވެ. އާއްމު ހިއްސާދާރުންގެ ތެރެއިން ބޯޑަށް ކުރިމަތިލާފައި ވަނީ އަހުމަދު އަބޫބަކުރު އަދި ނަސްރަތު މުހައްމަދެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
0%
0%
0%
0%
ކޮމެންޓް