ކ. މާލެ
|
17 އޭޕްރިލް 2017 | ހޯމަ 17:15
"ރާބްތާ"ގެ ޕޯސްޓަރ
"ރާބްތާ"ގެ ޕޯސްޓަރ
ގޫގުލް
ރާތުބާ
"ރާބްތާ" ސިނަމާތަކަށް އަންނާނީ ޖޫން 9 ގައި
"ރާބްތާ" ގައި ދީޕިކާ ޕަދްކޯން ފެނިގެން ދޭ

ދެހާސް ސަތާރަ ވަނަ އަހަރުގެ ލޯބިވެރިންގެ ދުވަހު ރިލީޒް ކުރަން ހަޖެހިފައި އޮތް ފިލްމު  "ރާބްތާ" ރިލީޒްކުރުން މިހާރު ވަނީ އަން އަހަރުގެ ޖޫން މަހުގެ ނުވަ ވަނަ ދުވަހަށް ފަސްކޮށްފިއެވެ.

ޒުވާން ދެ ތަރިން ކަމަށްވާ ސުޝާންތު ސިންގް ރާޖްޕުޓާއި ކިރިތީ ސެނަން ލީޑް ރޯލް ކުޅެފައިވާ ލޯބީގެ ފިލްމް "ރާބްތާ" ގެ ފުރަތަމަ ޕޯސްޓަރު ދައްކާލައި ފިލްމް ރިލީޒް ކުރާ ތާރީހު  އިއުލާންކޮށްފައިވަނީ މި ފިލްމު ބަލަން އެތަކެއް ހާސް މީހުން ކެތްމަދުވެފައި ވަނިކޮށެވެ. މިފިލްމު އިއުލާން ކުރިފަހުން ފިލްމުގެ ލީޑުރޯލު ކުޅޭނެ ތަރިން ހަމަނުޖެހިގެން ޝޫޓިން ފެށުންވަނީ އެއް އަހަރަށް ލަސްވެފައެވެ.

ރިޕޯޓްތައް ބުނާގޮތުގައި މި ފިލްމުގެ ލީޑް ރޯލުން ފެނިގެންދާ ސުޝާންތާއު ސިންގް ވަނީ މި ފިލްމުގެ ޝޫޓިން ފެށުނު އިރުވެސް ލޯބީގެ ގޮތުން ގުޅިފައެވެ. އެހެން ނަމަވެސް އެގުޅުން މިހާރު ވަނީ ނިމުމަކަށް އައިސްފައިކަމަށް ވެއެވެ.

"ރާބްތާ" ގައި ދީޕިކާ ޕަދްކޯން ފެނިގެން ދާއިރު އޭނާ ފެންނާނީ މި ފިލްމުގެ ވަރަށް ހާއްސަ ލަވައަކުން ކަމށްވެއެވެ.  

"ރާބްތާ" ޑައިރެކްޓް ކޮށްފައިވަނީ ކޮކްޓެއިލް" އާއި "ފައިންޑިން ފެނީ" ފަދަ ފަދަ ފިލްމްތައް ޕްރޮޑިއުސްކޮށްފައިވާ ދިނޭޝް ވިޖަން އެވެ. މިއުޒިކް ހަދާފައިވަނީ ޕްރިތަމްއެވެ.

 މި ފިލްމުގެ މަންޒަރުތައް ނަގާފައި ވަނީ ބުދާޕެސްޓް، މޮރިޝަސްގެ އިތުރުން ޕަންޖާބުގަ އެވެ.

ސުޝާންތު އެންމެ ފަހުން ފެނިގެން ދިޔަ ފިލްމަކީ "އެމްއެސް ދޯނީ: ދި އަލްޓޯލްޑް ސްޓޯރީ" އެވެ. ކިރިތީ އެންމެ ފެނުނީ ޝާހްރުކް ހާނާއި ކާޖޮލްގެ "ދިލްވާލޭ" އިންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް