އިންޑިއާގައި ފަސް މަސް ދުވަހަށް ވުރެއް ދިގު މުއްދަތަކަށްފަހު ސެޕްޓެމްބަރު 21 ގައި ސުކޫލުތަށް ހުޅުވާލަނީއެވެ.
އިންޑިއާގެ ހެލްތު މިނިސްޓްރީ އިން 9 ސެޕްޓެމްބަރުގައި ނެރެފައިވާ އިއުލާނެއްގައި ހާމަކޮށްފައިވަނީ މި މަހު 21 ވަނަ ދުވަހު ސުކޫލުތަށް ހުޅުވަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް އަދި ސުކޫލުތަށް ހުޅުވާލެވޭނީ ގްރޭޑު 9 އަކުން މަތީގެ ދަރިވަރުންނަށް އެކަނި ކަމަށް ވަނީ ހާމަކޮށްފައިވެއެވެ. އަދި ސުކޫލުތަށް ހުޅުވާލިޔަސް އޮންލައިން ކުލާސްތަށް ކުރިޔަށް ދާނެކަމަށް ވެސް ވަނީ ހާމަ ކޮށްފައެވެ.
ސުކޫލުތަކާއި އެއްފަދައިން އިންޑިޔާގެ ފަހުރު އަދި ދުނިޔޭގެ ހަތް އަޖައިބުގައި ހިމެނޭ ތާޖުމަހަލް ވެސް ސެޕްޓެމްބަރު 21 ގައި ފަތުރުވެރިންނަށް ހުޅުވާލެވޭނެ ކަމަށް އިންޑިއާ އިން ވަނީ ބުނެފައެވެ. ނަމަވެސް ދުވާލަކަށް 5000 ވުރެއް ގިނަ މީހުންނަށް އެއްފަހަރާ ތާޖުމަހަލް އަށް ޒިޔާރަތް ނުކުރެވޭނެ ގޮތަށް ވަނީ ހަމަޖައްސާފައެވެ. މިގޮތަށް ހަމަޖައްސަން ޖެހުނު މައިގަނޑު ސަބަބަކީ މީހުން ތޮއްޖެހުނަ ނުދިނުމަށް ކަމަށް ބޭރުގައި މީޑިއާތަކުގައި ރިޕޯޓުކޮށްފައިވެއެވެ.
އިންޑިއާގައި ސުކޫލުތަށް ހުޅުވާލަން އިއުލާނު ކޮށްފައިވީ ނަމަވެސް ކޮވިޑް-19ގެ ކޭސްތަކުގެ އަދަދު ދަނީ އިންތިހާއަށް ވަނީ އިތުރުވެފައެވެ.
ބްރެޒިލް ވައްޓާލުމަށްފަހު ދުނިޔޭގައި ދެވަނަ އަށް އެންމެ ގިނަ މީހުންނަށް ވައިރަސް ޖެހިގެން ރިޕޯޓް ކުރަމުން އަންނަ ގައުމަށް އިންޑިއާ ވަނީ ވެފައެވެ.