ނިއުޔޯކް ސިޓީގެ ރެސްޓޯރެންޓްތައް އިންޑޯ ޑައިނިންއަށް ހުޅުވާލުމަށް ނިންމައިފިއެވެ.
ގަވަރްނަރ އެންޑްރޫ ކޫމޯ ބުދަ ދުވަހު ވިދާޅުވެފައިވަނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅަން ޖެހޭ ފިޔަވަޅުތަކާއި އެކު މިހިނގާ ސެޕްޓެމްބަރު މަހުގެ 30 އިންފެށިގެން ނިއުޔޯކް ސިޓީގެ ރެސްޓޯރެންޓްތައް އިންޑޯ ޑައިނިންއަށް އަލުން ހުޅުވާލުމަށް ނިންމާފައިވާ ކަމަށެވެ.
އިންޑޯ ޑައިނިންއަށް ހުޅުވާލާއިރު ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތަކުގެ ތެރޭގައި:
- އޮކިއުޕެންސީ 25 އިންސައްތައަށް ލިމިޓްކުުރުން
- ރެސްޓޯރެންޓަށް ވަންނަ އިރު ހުރިހާ ކަސްޓަމަރުންގެ ޓެމްޕަރޭޗަރ ޗެކް ކުރުން
- ކޮންމެ ކަސްޓަރެއްގެ އާއިލާގެ އެއް މެންބަރެއްގެ ކޮންޓެކްޓް ނަމްބަރ މައުލޫމާތު ހިއްސާކުރުން
- ދަންވަރު ހުޅުވާފައި ނުބެހެއްޓުން
- ބާރ ގެ ޚިދުމަތް ނުދިނުން
- މާސް އަޅައިގެން ދިއުން
- މޭޒުގެ ދުރުމިން 6 ފޫޓް ބެހެއްޓުން
- ސާފުތާހިރުކަމަށް ސަމާލުކަން ދިނުމާއި ސާފުވައިލިބޭނެގޮތަށް ހުރުން
ނިއުޔޯކް ސިޓީގެ ރެސްޓޯރެންޓްތައް އިންޑޯ ޑައިނިންއަށް ހުޅުވާލުމަށް ނިންމާފައި މިވަނީ ކޮވިޑް-19 އާ ގުޅިގެން މިދިޔަ މާރޗް މަހުން ފެށިގެން ބަންދު ކޮށްފައިވުމުން، ވިޔަފާރިވެރިންނަށް މާލީގޮތުން ވަރަށް ބޮޑު ދަތިތަކެއް ދިމާވެފައި ވަނިކޮށެވެ.
މާލީ ގޮތުން ދިމާވާ ދަތިތަކަކީ ހަމައެކަނި ރެސްޓޯރެންޓްގެ ވެރިފަރާތަށް ދިމާވާ ދަތިޔަކެއް ނޫން ކަމަށާއި ބަދިގޭގައި މަސައްކަތް ކުރާ މުވައްޒަފުންނާއި، ވެއިޓަރުންނަށްވެސް އެކަމުގެ އަސަރު ފޯރޭނެކަމަށެވެ.
ކޮވިޑް-19 ގެ ހާލަތަށް ބެލުމަށްފަހު އަންނަ ނޮވެމްބަރު މަހުގެ 1 އިން ފެށިގެން އިންޑޯ ޑައިނިން ކެޕޭސިޓީ 50 އިން ސައްތައަށް އިތުރުކުރައްވާނެ ކަމަށް އެންޑްރޫ ވަނީ ވިދާޅުވެއެވެ.