ކ. މާލެ
|
17 އޭޕްރިލް 2017 | ހޯމަ 13:29
ފިރްމީނިއޯ ލަނޑު ޖެހުމުން ލިވަޕޫލްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ
ފިރްމީނިއޯ ލަނޑު ޖެހުމުން ލިވަޕޫލްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ
ގެޓީ އިމޭޖަސް
ޕްރެމިއަ ލީގު
ފިރްމީނިއޯގެ ހަމައެކަނި ލަނޑާއެކު ލިވަޕޫލަށް މޮޅެއް
ފިރްމީނިއޯ ވަނީ ލީގުގައި 19 ލަނޑު ކާމިޔާބުކޮށްފަ
ލީގުގެ ތިންވަނައިގައި ލިވަޕޫލް އޮތީ 66 ޕޮއިންޓާއެކު

ވެސްޓްބްރޮމްގެ މައްޗަށް 0-1 ގެ ނަތީޖާއަކުން ކުރި ހޯދައި އިނގިރޭސި ޕްރެމިއަ ލީގުގެ ތިންވަނަ މަގާމުގައި ލިވަޕޫލް ހަމަޖެހިލައިފި އެވެ.

 

ވެސްޓްބްރޮމްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި ލިވަޕޫލުން މޮޅު ކުޅުމެއް ދެއްކި އިރު، އެޓީމުން ވަނީ ފުރަތަމަ ހާފުގައި ވެސްޓްބްރޮމްގެ ހާފަށް ބާރުބޮޑުކޮށްފަ އެވެ. އެހެން ނަމަވެސް ލިވަޕޫލަށް ވެސްޓްބްރޮމްގެ ގޯލު ފޫއަޅުވާލެވޭ ގޮތްވީ ފުރަތަމަ ހާފުގެ ފަހު މިނެޓުގަ އެވެ.

 

މި ލަނޑު 45 ވަނަ މިނެޓުގައި ލިވަޕޫލަށް ކާމިޔާބުކޮށްދިނީ މި ސީޒަނުގައި 19 ގޯލު ކާމިޔާބުކޮށްދީފައިވާ ރޮބާޓޯ ފިރްމީނިއޯ އެވެ.

 

މި ލަނޑާއެކު މެޗުގެ ފުރަތަމަ ހާފު ލިވަޕޫލުން ކުރީގައި އޮވެ ނިމުނު ނަމަވެސް އެޓީމަށް ވަނީ މެޗުގެ ދެވަނަ ހާފްގައި ރަނގަޅު ކުޅުމެއް ދެއްކޭގޮތް ނުވެފަ އެވެ. އަދި އޭގެ ފައިދާ ނަގައި ވެސްޓްބްރޮމްއިން ވަނީ ލިވަޕޫލުގެ ހާފަށް ބާރުބޮޑުކޮށްފަ އެވެ. އެހެން ނަމަވެސް މެޗު ނިމިގެންދިޔައީ ލިވަޕޫލުން ކާމިޔާބުކުރި ހަމައެކަނި ލަނޑާއެކު ވެސްޓްބްރޮމްގެ މައްޗަށް ކުރި ހޯދައިގެންނެވެ.

 

މި ނަތީޖާއާއި އެކު ލީގުގެ ތިންވަނައިގައި ލިވަޕޫލް އޮތީ 66 ޕޮއިންޓާއެކު އެވެ. އަދި މެޗުން ބަލިވި ވެސްޓްބްރޮމްވިޗް އޮތީ 44 ޕޮއިންޓާއެކު ލީގުގެ 8 ވަނައިގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހުމަދު ފައިރޫޒު
- ކޮމެންޓް