ކ. މާލެ
|
8 ސެޕްޓެންބަރ 2020 | އަންގާރަ 21:39
އިންޑިޔާގައި ކޮވިޑް-19 ޖެހިގެން މަރުވެފައިވާ މީހެއް ގެންދަނީ
އިންޑިޔާގައި ކޮވިޑް-19 ޖެހިގެން މަރުވެފައިވާ މީހެއް ގެންދަނީ
ރޮއިޓަރސް
ކޮވިޑް-19 އިންޑިޔާގެ ހާލަތު
މަސްދުވަސް ފަހުން އިންޑިއާގައި ރިކޯޑް މިންވަރަކަށް ކޮވިޑް-19 ޖެހިގެން މީހުން މަރުވެއްޖެ
އަންގާރަ ދުވަހު 1133 މީހުން މަރުވެފައިވޭ
މިއީ ޖުލައި މަހުގެ ފަހުން އެއް ދުވަހާ އެންމެ ގިނަ މީހުން މިބަލީގައި މަރުވެގެން ރިޕޯޓްކުރި ދުވަސް
ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 72،775ށް އަރާފައި

މަސް ދުވަސް ފަހުން އިންޑިޔާގައި ކޮވިޑް-19 ޖެހިގެން ރިކޯޑް މިންވަރަކަށް މީހުން މަރުވެއްޖެ އެވެ.

އެގައުމުގެ ހެލްތު މިނިސްޓްރީން ބުނެފައިވަނީ އަންގާރަ ދުވަހު 1133 މީހުން މަރުވެފައިވާ ކަމަށެވެ. މިއީ ޖުލައި މަހުގެ ފަހުން އެއް ދުވަހާ އެންމެ ގިނަ މީހުން މި ބަލީގައި މަރުވެގެން ރިޕޯޓް ކުރި ދުވަހެވެ. މިއާއެކު އިންޑިއާގައި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 72،775ށް އަރާފައެވެ.

ދުނިޔޭގައި ދެވަނަ އަށް އެންމެ ގިނަ މީހުންނަށް ވައިރަސް ޖެހިގެން ރިޕޯޓް ކުރަމުން އަންނަ ގައުމަށް އިންޑިއާ ވެގެން ގޮސްފައިވަނީ ހޯމަ ދުވަހު އެވެ. ބްރެޒިލް ވައްޓާލުމަށްފަހު އިންޑިއާ ދެ ވަނަ އަށް އެންމެ ގިނަ މީހުންނަށް ވައިރަސް ޖެހޭ ގައުމަށް ވީނަމަވެސް އެ ގައުމުގައި މިހާރު ދުވާލެއްގެ މައްޗަށް ވައިރަސް ޖެހޭ މީހުންގެ އަދަދު ވަނީ ދަށަށް ދާން ފަށާފައެވެ. އެގޮތުން މީގެ ހަފްތާއަކާއި އަޅާބަލާއިރު އެ އަދަދު ވަނީ ދަށަށް ގޮސްފައެވެ.

އަންގާރަ ދުވަހު އެ ގައުމުގައި އަލަށް ވައިރަސް ޖެހިފައިވަނީ 75،809 މީހުންނަށެވެ. ހަފްތާއެއް ކުރިން އެ ގައުމުގައި ދުވާލެއްގެ މައްޗަށް އަށްޑިހަ ހާހަށްވުރެ ގިނަ މީހުންނަށް ވައިރަސް ޖެހިގެން ވަނީ ރިޕޯޓް ކޮށްފައެވެ.

އިންޑިއާގައި މިވަގުތު 4.3 މިލިއަން މީހުންނަށް ކޮވިޑް-19 ޖެހިގެން އަންނަނީ ރިޕޯޓް ކުރަމުންނެވެ.

- ކޮމެންޓް