ކ. މާލެ
|
4 ސެޕްޓެންބަރ 2020 | ހުކުރު 21:56
ކޮވިޑް-19 ލޭބަލް ޖަހާ ހަދާފައިވާ ވެކްސިންތަކެއް
ކޮވިޑް-19 ލޭބަލް ޖަހާ ހަދާފައިވާ ވެކްސިންތަކެއް
ރޮއިޓަރސް
ކޮވިޑް-19 އަށް އުފައްދާ ވެކްސިން
ކޮވިޑް-19 އަށް އުފައްދަމުންދާ ވެކްސިންތައް އެންމެ އަވަހަށް ވެސް ބޭނުން ކުރެވޭވަރު ވާނީ 2021 ގައި
ގިނަ ގައުމުތަކުން އުފައްދަމުންދާ ވެކްސިންގެ 50 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައި
ރަޝިއާގެ ވެކްސިން ރެގިއުލޭޓް ކުރާ ފަރާތްތަކުން ވަނީ އޮގަސްޓު މަހުގައި އެ ގައުމުގައި ވެކްސިނެއް ރަޖިސްޓްރީ ކޮށް ބޭނުން ކުރަން ފަށައިފައި

ކޮވިޑް-19 އަށް ދުނިޔޭގެ އެކި ގައުމުތަކުން އުފައްދަމުންދާ ވެކްސިންތައް ބޭނުން ކުރެވޭވަރު ވާނީ 2021 ވަނަ އަހަރުގެ މެދުތެރޭގައި ކަމަށް ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ބުނެފިއެވެ.

ޑަބްލިއުއެޗްއޯ އިން ބުނީ މިހާތަނަށް އުފެއްދި އެއްވެސް ވެކްސިނެއްގެ ކްލިނިކަލް ޓްރައިލް ނިންމާފައި ނުވާ ކަމަށެވެ. ޑަބްލިއުއެޗްއޯ އިން އިތުރަށް ބުނީ ގިނަ ގައުމުތަކުން އުފައްދަމުންދާ ވެކްސިންގެ 50 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައި ކަމަށާއި، އެއީ މިއަހަރު ނިމުމަކަށް ދާއިރު ލިބުނު ފެހި ސިގްނަލެއް ކަމަށް ދެކޭ ކަމަށެވެ.

ޑަބްލިއުއެޗްއޯ އިން މިހެން ބުނިއިރު ރަޝިއާގެ ވެކްސިން ރެގިއުލޭޓް ކުރާ ފަރާތްތަކުން ވަނީ އޮގަސްޓު މަހުގައި އެ ގައުމުގައި ވެކްސިނެއް ރަޖިސްޓްރީ ކޮށް ބޭނުން ކުރަން ފަށައިފައެވެ. މި ވެކްސިން ބޭނުން ކުރުމުގެ ހުއްދަ އެ ގައުމުގެ ރެގިއުލޭޓަރުން ދިނީ ދެ މަސް ދުވަހު އިންސާނުންގެ ހަށިގަނޑަށް ވެކްސިން ޖަހާ ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހުގައެވެ.

ރަޝިޔާ އާއި އެންމެ ވާދަވެރި ގައުމުކަމަށްވާ އެމެރިކާ އިން ވެސް ވަނީ އެ ގައުމުގައި އުފައްދަމުންދާ ވެކްސިން އޮކްޓޫބަރު މަހު ރަޖިސްޓްރީ ކުރެވޭ ވަރު ވާނެ ކަމަށް ބުނެފައެވެ. އެމެރިކާ އިން ބުނީ ނޮވެމްބަރު 3 ގައި އޮންނަ އެ ގައުމުގެ އިންތިހާބުގެ ކުރިން ވެކްސިން އެގައުމުގެ ރައްޔިތުންނަށް ދޭނެ ކަމަށެވެ.

އެކަމަކު ޑަބްލިއުއެޗްއޯ އިން ބުނީ ވެކްސިންގެ ފޭސް ތިނެއްގެ މަސައްކަތް ދިގުލައިގެން ދާނެ ކަމަށާއި، ސަބަބެއް ކަމަށް ޑަބްލިއުއެޗްއޯ އިން ބުނީ ފޭސް ތްރީ އަކީ ވެކްސިންގެ އެންމެ މުހިންމު ފޭސް ކަމަށާއި، އެ ފޭސްގައި އާންމު އިންސާނުންގެ ރައްކާތެރިކަމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅަން ޖެހޭނެ ކަމަށެވެ.

- ކޮމެންޓް