ކުޑަކުދިން ބޭރަށް ހިންގާ ހޮޑުލާނަމަ މިއީ ކޮވިޑް-19 ގެ އަލާމާތަކަށް ވެދާނެކަމަށް ދިރާސާ ތަކުން ދައްކައިފިއެވެ. ކުއީން ޔުނިވާސިޓީ ބެލްފަސްޓް އިން ކޮއްފައިވާ ދިރާސާގައި ލިޔެފައިވާގޮތުގައި މިދެ އަލާމާތަކީވެސް މިހާރު ކޮވިޑްގެ ވަރަށް މުހިންމު ދެއަލާމާތް ކަމަށެވެ.
މެއި މަހު އެން.އެޗް.އެސް އިން ނެރެފައިވާ ދިރާސާގައި ލިޔެފައި ވަނީ ކުޑަކުދިންނަށް ކޮވިޑް-19 ޖެހުމުން ފެންނަނީ ތިން އަލާމާތެކެވެ. އެއީ ގަދަޔަށް ހުން އައުން , ގަދައަށް ކެއްސުން އަދި ވަސް ދުވުމަށް ނުވަތަ ރަހަޔަށްބަދަލުއައުމެވެ.
މިތިން އަލާމަތް ފެނިގެން ގެނައި ކުދިންގެ 76 އިންސައްތަ ކުދިންވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ކަމަށް މެއި މަހު ކުރި ދިރާސާއިން ދައްކައެވެ.
ކޮވިޑް-19 މުޅިދުނިޔެއަށް ފެތުރިފައިވާއިރު އެކި އެކި ޔުނިވާސިޓީ ތަކުންނާއި ރީސާރޗް ސެންޓަރ ތަކުން ދަނީ ހުއްޓުމެއްނެތި މި ބައްޔާމެދު އާހޯދުންތަށް ހޯދަމުންނެވެ. މިކުރެވިގެން ދިޔަ ދިރާސާ އަކީވެސް އިތުރު ކުރިއެރުމެއްކަމަށް އެޔުނިވާސިޓީއިން ދެކެއެވެ.
ކޮވިޑް-19އިން ސަލާމަތްވުމަށް ވެކްސިނެއް ހޯދުމަށް ކުރެވެމުންދާ މަސައްކަތުގައި ކުރިއެރުންތައް ހޯދަމުންދާ ގޮތް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ގަވައިދުން ބަލަމުން ގެންދާއިރު، މި ރޭހުގައި މިހާތަނަށް 4 ވެކްސިނެއް އެކަށީގެންވާ ކުރިއެރުން ތަކެއް ހޯދާފައިވާކަން ފާހަގަ ކުރެވެއެވެ.
ދުނިޔޭގެ ބައެއް ގައުމުތަކުގައި މިހާރު ކާމިޔާބުކަމާއެކު ވެކްސިން ގެ ޓްރައެލްތަށް ވަނީ ނިންމާފައެވެ.