ކ. މާލެ
|
4 ސެޕްޓެންބަރ 2020 | ހުކުރު 13:44
ސިލްވިއޯ ބެރުލުސްކޯނީ
ސިލްވިއޯ ބެރުލުސްކޯނީ
އިޓަލީ
އިޓަލީގެ ކުރީގެ ޕްރައިމް މިނިސްޓަރ ކޮވިޑް-19 ޖެހިގެން ހޮސްޕިޓަލްގައި އެޑްމިޓް ކުރައްވައިފި
ސިލްވިއޯ ބެރުލުސްކޯނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެ އެޑްމިކުރެއްވީ ބުރާސްފަތި ދުވަހު
ބެރުލުސްކޯނީ އެޑްމިޓުކޮއްފައި ވަނީ ކޮވިޑްގެ ބައެއް އަލާމާތްތައް މިހާރު ފެންނަމުން ދާތީ
އިޓަލީން އެންމެ ފުރަތަމަ ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ މީހަކު ފެނިފައިވަނީ ފެބްރުއަރީ މަހުގެ މެދު ތެރޭގަ

އިޓަލީގެ ކުރީގެ ޕްރައިމް މިނިސްޓަރ ސިލްވިއޯ ބެރުލުސްކޯނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެ ބުރާސްފަތި ދުވަހު ހޮސްޕިޓަލުގައި އެޑްމިކުރައްވައިފިއެވެ.

ބެރުލުސްކޯނީ ކޮވިޑް-19 އަށް ޕޮޒިޓިވްވިކަން ޑޮކްޓަރުންނާއި އަދި ބެރުލުސްކޯނީ ބައެއް ސްޓާފުން މިދިޔަ ބުދަ ދުވަހު ވަނީ ޔަގީން ކޮށްދެއްވާފައެވެ.

ބެރުލުސްކޯނީ ސްޓާފެއް ހާމަ ކުރިގޮތުގައި ބެރުލުސްކޯނީ އެޑްމިޓުކޮށްފައި ވަނީ ކޮވިޑްގެ ބައެއް އަލާމާތްތައް މިހާރު ފެންނަމުން ދާތީ ކަމަށާއި ނަމަވެސް އަދި ހާލުފުޅުރަނގަޅު ކަމަށެވެ.

ސްޓާފު މިހެން ބުނެފައިވާއިރު މީގެ ކުރުން ބެރުލުސްކޯނީ ކިބައިން ކޮވިޑްގެ-19 އެއްވެސް އަލާމާތެއް ނުފެންނަކަމަށް ބެރުލުސްކޯނީ ޕާސަނަލް ޑޮކްޓަރ ބުދަ ދުވަހު ވަނީ ބުނެފައެވެ.

އުމުރުފުޅުން 83 އަހަރުގެ ބެރުލުސްކޯނީ ވަނީ ކުރީގައި އިޓަލީގެ ޕްރައިމް މިނިސްޓަރު ކަން އަދާ ކުރައްވާފައެވެ. އަދި މިހާރު ދަނީ އިޓަލީގެ ސިޔާސީ ޕާޓީއެއް ކަމަށްވާ ފޮރްޒާއިޓާލިއާގެ ރައީސްކަން އަދާކުރަމުންނެވެ.

އިޓަލީން އެންމެ ފުރަތަމަ ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ މީހަކު ފެނިފައިވަނީ ފެބްރުއަރީ މަހުގެ މެދު ތެރޭގައެވެ. އިޓަލީއަކީ ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން އެންމެ ފުރަތަމަ ވައިރަސް ފެނުނު ގައުމުވެސްމެއެވެ. އަދި ޔޫރަޕްގެ ގިނަ ގައުމުތަކާއި ލެޓިން އެމެރިކާގެ ގިނަ ގައުމުތަކަށް ވައިރަސް ފެތުރިގެން ގޮސްފައިވަނީވެސް އިޓަލީންނެވެ.

- ކޮމެންޓް