ކޮވިޑް-19 ގެ އަލާމާތްތައް ފެންނަ ފަރާތްތަކުން ޓެސްޓު ހެދުމަށް އިނގިރޭސި ވިލާތުގައި 100 މޭލުގެ ދަތުރެއް ކުރަން ޖެހިއްޖެއެވެ.
އެ ގައުމުގެ މީހުން މަދު ރަށްރަށުގައި އަދި މީހުން މި ބައްޔަށް ޕޮޒެޓިވް ވާ މިންވަރު މަދު ރަށް ރަށުގައި ކޮވިޑަށް ޓެސްޓު ކުރުމުގެ ނިޒާމްތައް ވަނީ މަދު ކުރެވިފައެވެ.
ނަތީޖާއަކަށް ވެގެން ގޮސްފައިވަނީ އަލާމާތްތައް ފެންނަ މީހުން 100 މޭލުގެ ދިގު ދަތުރެއް ކުރަން ޖެހުމެވެ.
އެގައުމުގެ ޑޮކްޓަރެއް ކަމަށްވާ ޑޮކްޓަރ ޕީޓަރ ބުނެފައިވަނީ ތިން ގަޑިއިރުގެ ދަތުރެއް ކުރަން ޖެހުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ.
ބީ.ބީ.ސީ އަށް ދެއްވި އިންޓަރވިއު އެއްގައި އިނގިރޭސި ވިލާތުގެ އެން.އެޗް.އެސް ގައި މަސައްކަތް ކުރައްވާ އެންމެ އިސްވެރިޔާ ބަރޮނެސް ވަނީ ދަތުރު ކުރަން ޖެހޭ ފަރާތްތަކުގެ އަރިހުން މައާފަށް އެދިފައެވެ.
އަދި ހަމަ މިއާއެކު އެގައުމުގެ ހެލްތް އެންޑް ސޯޝަލް ކެއަރ ގެ ވެބްސައިޓުގައި ޝާއިރު ކޮށްފައިވާ ލިޔުމެއްގައި ބުނެފައިވަނީ މިހާރުު ހުރިހާ ނިޒާމެއްވެސް ވެސް ވަރަށް ބާރު ބޮޑު ކަމަށާއި ޓެސްޓު ހެދުމަށް ފުރުސަތެއް ނުލިބިއްޖެނަމަ އަލުން ޓެސްޓު ހެދުމަށް ޖާގަ ހޯދަން އެމީހުންނަށް ގުޅަން މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ. އަދި އެ ފުރުސަތު ނުލިބިއްޖެނަމަ ހެލްޕްލައިންއަށް ގުޅުމަށްވެސް މި ލިޔުމުގައި ވެއެވެ.