ކ. މާލެ
|
4 ސެޕްޓެންބަރ 2020 | ހުކުރު 19:50
ސޮލިންގެން ސިޓީގެ އެޕާޓްމެންޓަކުން މަރުވެފައިވާ ފަސް ކުޑަ ކުއްޖެއްގެ ހަށިގަނޑު ފެނުން
ސޮލިންގެން ސިޓީގެ އެޕާޓްމެންޓަކުން މަރުވެފައިވާ ފަސް ކުޑަ ކުއްޖެއްގެ ހަށިގަނޑު ފެނުން
ރޮއިޓަރސް
ފަސް ކުއްޖަކު މަރުވެފައި ވަނިިކޮށް ފެނުން
ޖަރުމަނުގެ ގެ އެއްގެ އެޕާޓްމެންޓަކުން ފަސް ކުއްޖަކު މަރުވެފައި ވަނިކޮށް ފެނިއްޖެ
މި ކުދިން މަރުވެފައިވަނީ ކީއްވެ ކަމެއް އަދި ބުނަން ނޭނގޭ
ފަސް ކުދިންގެ ހަށިގަނޑުގެ ބޭރު ފުށަށް އަނިޔާއެއް ފެންނާކަށް ނެތް

ޖަރުމަނު ވިލާތުގެ ސޮލިންގެން ސިޓީގެ އެޕާޓްމަންޓަކުން މަރުވެފައިވާ ފަސް ކުޑަ ކުއްޖެއްގެ ހަށިގަނޑު ފެނިއްޖެ އެވެ.

ޖަރުމަނުގެ ފުލުހުން ބުނީ ސޮލިންގެން ސިޓީގެ ގެ އެއްގެ އެޕާޓްމެންޓަކުން ފަސް ކުޑަ ކުޖެއްގެ މަރުވެފައިވާ ހަށިގަނޑު ފެނިފައިވާ ކަމަށާއި، މި ކުދިން މަރުވެފައިވަނީ ކީއްވެ ކަމެއް އަދި ބުނަން ނޭނގޭ ކަމަށެވެ.

ފުލުހުން އިތުރަށް ބުނީ ފަސް ކުދިންގެ ހަށިގަނޑުގެ ބޭރު ފުށަށް އަނިޔާއެއް ފެންނަން ނެތް ކަމަށާއި، ބޮޑަށް ލަފާ ކުރެވެނީ މި ފަސް ކުދިން ވެސް މަރުވެފައިވަނީ އޯވާޑޯސް ވެގެން ކަމަށެވެ.

ފުލުހުން ބުނީ މިި ހާދިސާގެ ތުހުމަތު އެ ކުދިންގެ މަންމަ އަށް ކުރެވޭ ކަމަށާއި، އެ ގޭގައި ތިބި ފަސް ކުދިން މަރުވި ނަމަވެސް ހަވަނަ ކުއްޖާ ސަލާމަތްވި ކަމަށެވެ.

ޖަރުމަނުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މަރުވެފައިވާ ފަސް ކުދިންނަކީ އުމުރުން 15 އަހަރާއި 17 އަހަރާއި ދެމެދު ކުދިން ކަމަށެވެ.

ފުލުހުން ބުނީ މި ހާދިސާގެ ތަހުގީގަށް ކުދިންގެ ބެލެނިވެރިން މިހާރު ވަނީ ހައްޔަރު ކުރެވިފައި ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް