ކ. މާލެ
|
4 ސެޕްޓެންބަރ 2020 | ހުކުރު 00:08
ކޮވިޑް-19 ހަލުހިމިނެއްގައި އޮސްޓްރޭލިއާގައި ދަނީ ފެތުރެމުން
ކޮވިޑް-19 ހަލުހިމިނެއްގައި އޮސްޓްރޭލިއާގައި ދަނީ ފެތުރެމުން
ފައިނޭންޝަލް ޓައިމްސް
އޮސްޓްރޭލިއާގައި އަޅަމުންދާ ފިޔަވަޅުތައް
ކޮވިޑް-19އާ ގުޅިގެން މިއަހަރު އޮސްޓްރޭލިއާގެ ރަށްވެހިންނަށް އެ ގައުމުން ބޭރު ނުވެވޭ ގޮތަށް ނިންމައިފި
ޚާއްސަ ހާލަތެއްގައި ގައުމުން ބޭރަށް ދަތުރު ކުރަން ބޭނުންވާ ނަމަ ކުރީބައިގައި ހުއްދައެއް ހޯދަން ޖެހޭ
އެހެން ގައުމުތަކުގެ މީހުންނަށް ދަތުރުކުރެވޭ
މިނިންމުން ނިންމާފައިވަނީ ހެލްތް ޕްރޮޓެކްޝަން ޕްރިންސިޕަލް ކޮމެޓީގެ މަޝްވަރާތަކަށްފަހު

ކޮވިޑް-19އާ ގުޅިގެން ޑިސެންބަރުގެ މަހުގެ ނިޔަލަށް އޮސްޓްރޭލިއާގެ ރަށްވެހިންނަށް އެ ގައުމުން ބޭރު ނުވެވޭ ގޮތަށް ސަރުކާރުން ނިންމައިފިއެވެ.

ކޮވިޑް-19އާ ގުޅިގެން އެ ގައުމުގައި އިއުލާން ކޮށްފައިވާ ''ހިއުމަން ބަޔޯ ސެކިއުރިޓީ އެމަޖެންސީ ޕީރިއަޑް'' އިއުލާން ކޮށްފައިވަނީ މި އަހަރުގެ މާރޗު މަހުން ފެށިގެންނެވެ. އަދި މިހާރު އޮސްޓްރޭލިއާގެ ސަރުކާރުން ވަނީ މި މުއްދަތު އިތުރު ކޮށްފައެވެ. އެގޮތުން ޑިސެންބަރު މަހުގެ ނިޔަލަށް އެ ގައުމުގެ މީހުންނަށް އެހެން ގައުމުތަކަށް ބޭރު ނުވެވޭނެ ކަމަށް ރިޕޯޓު ކޮށްފައިވެއެވެ.

ބޭރުގެ މީޑިއާތަކުގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި ޚާއްސަ ހާލަތެއްގައި ގައުމުން ބޭރަށް ދަތުރު ކުރަން ބޭނުންވާނަމަ ކުރީ ބައިގައި އެކަމަށް ވަކި ހުއްދައެއް ހޯދަން ޖެހެއެވެ.

މީގެ އިތުރުން އެހެން ގައުމުތަކުގެ މީހުންނަށް އޮސްޓްރޭލިއާ އަށް އެތެރެވެވޭއިރު، ބޯޓުތަކާއި، ޝިޕްތަކުގައި ދަތުރުކުރެވޭ ކަމަށް ވެސް ރިޕޯޓު ކޮށްފައިވެއެވެ. އަދި ސަރުކާރު އޮފިޝަލުން ވެސް މި އުސޫލުން އިސްތިސްނާ ކަމަށް ބޭރުގެ މީޑިއާތަކުގައި ރިޕޯޓު ކޮށްފައިވެއެވެ.

ހިއުމަން ބަޔޯ ސެކިއުރިޓީ އެމަޖެންސީ ޕީރިއަޑް ޑިސެންބަރު މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ދިގު ދައްމާލާފައިވަނީ އެ ގައުމުގެ ހެލްތް ޕްރޮޓެކްޝަން ޕްރިންސިޕަލް ކޮމެޓީގެ މަޝްވަރާ ތަކަށްފަހުއެވެ.

ހަލުވިމިނެއްގައި ކޮވިޑް-19 އޮސްޓްރޭލިޔާގައި ފެތުރެމުންދާއިރު، ވައިރަސް ކޮންޓްރޯލް ކުރުމަށްޓައި އެ ގައުމުގެ ސަރުކާރުން ދަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް