ކ. މާލެ
|
3 ސެޕްޓެންބަރ 2020 | ބުރާސްފަތި 11:12
މާކެންޒީ އަދި ކުރީގެ ފިރިމީހާ ޖެފް - ސީއެންއެން
މާކެންޒީ އަދި ކުރީގެ ފިރިމީހާ ޖެފް - ސީއެންއެން
-
އެންމެ މުއްސަނދި އަންހެންމީހާ
މާކެންޒީ ސްކޮޓް ދުނިޔޭގައި މިހާރު ހުރި އެންމެ މުއްސަނދި އަންހެންމީހާއަށް ވެއްޖެ
މިލްކިއްޔާތުގައި 68 ބިލިއަން ޑޮލަރު ހުރި ކަމުގައިވޭ
1.7 ބިލިއަން ޑޮލަރުއާއި ގާތްކުރާ އަދަދެއްވަނީ 116 އޯގަނައިޒޭޝަން އަކަށް ހަދިޔާކޮއްފަ

މާކެންޒީ ސްކޮޓް ދުނިޔޭގައި ހުރި އެންމެ މުއްސަނދި އަންހެނާއަށް ވެއްޖެއެވެ.

އެމެޒޯންގެ ވެރިޔާ ކަމުގައިވާ ޖެފް ބެޒޯސް ގެ ކުރީގެ އަންހެނުން ކަމުގައިވާ މާކެންޒީ އެންމެ މުއްސަނދި އަންހެންމީހާއަށް ވެފައި ވާއިރު އޭނާގެ މިލްކިއްޔާތުގައި މިހާރު 68 ބިލިއަން ޑޮލަރު ހުރި ކަމުގައި ވެއެވެ.

ޖެފް ބެޒޯސް ކައިރިން ވަރި ވުމައްފަހު ވަރީގެ ހިސާބުހަމަޖެއްސުމުގެ ގޮތުން އެމެޒޯންގެ ހަތަރު ބައި ކުޅަ އެއްބައި ވަނީ މާކެންޒީއަށް ލިބިފައެވެ. މި ދެމަފިރިން 2019ގައި ވަރި ވެފައވާއިރު މިދެމަފިރިންގެ ހަތަރު ދަރިން އެބަތިއްބެވެ.

މާކެންޒީއަށްލިބިފައިވާ މުދަލުން މިދިޔަ ޖުލައި މަހުވެސް ވަނީ 1.7 ބިލިއަން ޑޮލަރާއި ގާތްކުރާ އަދަދެއް 116 އޯގަނައިޒޭޝަން އަކަށް ހަދިޔާކޮއްފައެވެ.

މާކެންޒީ އަކީ އަބަދުވެސް ހަދިޔާ ކުރުމަށް މުއްސަނދިންނަށް ބާރު އަޅާ ކަނބަލެކެވެ. އެގޮތުން މިފާއިތުވި އަހަރުގައިވެސް އެކަމަށް ބާރު އަޅުވާ ބައެއް މުއްސަނދިންލައްވާ އެކަމަށް އެއްބަސް ކުރުވާ ސޮއި ކުރައްވާފައިވެއެވެ.

މާކެންޒީއަށްފަހު ދެވަނައަށް އެންމެ މުއްސަނދި އަންހެނާއަކީ ލޯރިއާލްގެ ވެރިޔާކަމުގައިވާ ފްރޭންކޮއިސް ބެޓެންކޯޓްއެވެ. ދުނިޔޭގެ އެންމެ މުއްސަނދި ފިރިހެނާގެ ލަގަބު ލިބިފައިވަނީ މާކެންޒީގެ ކުރީގެ ފިރިމީހާ ޖެފް ބެޒޯސްއަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް