ކ. މާލެ
|
3 ސެޕްޓެންބަރ 2020 | ބުރާސްފަތި 08:38
ކެންޔާގެ މައިޕޯޓު، މޮމްބާސާ ޕޯޓު
ކެންޔާގެ މައިޕޯޓު، މޮމްބާސާ ޕޯޓު
ގޫގުލް
ޗައިނާ- ކެންޔާ
ލޯނު ނުދެއްކިއްޖެ ނަމަ ކެންޔާގެ މައިޕޯޓު ޗައިނާއިން ނަގާފާނެ ކަމުގެ ބިރު
ލޯނުތަކަކީ މުދާ ގެންދިއުމަށް ބޭނުން ކުރާ ރެއިލްވޭއެއް ތަރައްގީކުރުމަށް ދޫކޮށްފައިވާ ލޯނުތަކެއް
ޕޯޓުނަގައިފި ނަމަ، އެއީ ކެންޔާއަށް ވަރަށް ގެއްލުންދެނިވި ކަމަކަށް ވެދާނެ

ޗައިނާ އަތުން ކެންޔާގެ ސަރުކާރުން ނެގި ލޯނު އަނބުރާ ނުދެއްކިއްޖެނަމަ، އެގައުމުގެ މައި ޕޯޓު ކަމަށްވާ މޮމްބާސާ ޕޯޓު ޗައިނާއިން ނަގާފާނެ ކަމުގެ ބިރު ހީވެއްޖެއެވެ.

ޗައިނާ އިން ކެންޔާއަށް ދީފައިވާ ލޯނުތަކަކީ މުދާ ގެންދިއުމަށް ބޭނުން ކުރާ ސްޓޭންޑަރޑް ގޯޖް ރެއިލްވޭއެއް ތަރައްގީކުރުމަށް ދޫކޮށްފައިވާ ލޯނުތަކެކެވެ.

ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ލޯނުތައް އަނބުރާ ނުދެއްކިއްޖެ ނަމަ މައި ޕޯޓުގެ އިތުރުން ނައިރޯބީގައި ހުންނަ އިންލޭންޑް ކޮންޓެއިނަރ ޑީޕޯޓް ވެސް ޗައިނާއިން ނެގުމަކީ އެކަށީގެންވާ ކަމެވެ. އެއީ ރޭލުން ގެންނަ މުދާ ބާލާ ސަރަހައްދެވެ.

މީޑީއާތަކުން ރިޕޯޓުކުރާ ގޮތުން ޗައިނާއިން އެ ޕޯޓުނަގައިފި ނަމަ، އެއީ ކެންޔާއަށް ވަރަށް ގެއްލުންދެނިވި ކަމަކަށް ވެދާނެއެވެ. އެހާހިސާބުން، އެތަނުގެ މަސައްކަތްކުރާ ހާހަކަށް ވުރެ ގިނަ މީހުން މަސައްކަތްކުރާނީ ޗައިނާގެ ދަށުންނެވެ. އަދި ޕޯޓު ހިންގާ ފަރާތް، ނުވަތަ، މެނޭޖްމެންޓް ބަދަލުވެއްޖެނަމަ، ޕޯޓުގެ މަސައްކަތް ވަގުތުން ހުއްޓާލާނެ ކަމަށް ވެސް ރިޕޯޓުކޮށްފައިވެއެވެ.

މީގެއިތުރުން، ލޯނު އަނބުރާ ނުދެއްކިޖެނަމަ ޕޯޓުން ލިބޭ އާމްދަނީ ޗައިނާއަށް ލިބޭނެ ކަމަށް ރިޕޯޓުކޮށްފައިވެއެވެ.

ލަންކާ ސަރުކާރަށް ޗައިނާއިން ނަގާފައިވާ ބިލިއަން ޑޮލަރުގެ ލޯނުތައް އަނބުރާ ނުދެއްކުމުން ޗައިނާއިން ވަނީ 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހު ލަންކާގެ ހަމްބަންޓޯޓާ ޕޯޓުވެސް ނަގާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް
3 ސެޕްޓެންބަރ 2020 | ބުރާސްފަތި 15:07
ހެލޯ
ސަރުކާރު ޕޮރޮޕަގެންޑާ ފެތުރުން ނޫން ކަމެއް ނުކުރެޔޭ
3 ސެޕްޓެންބަރ 2020 | ބުރާސްފަތި 14:56
ގޯސް
އިންޑިޔާގެ ދަރަނި ނުދެއްކިއްޖެނަމަ ގުޅީފަޅު ޕޯޓާ ހުޅުމާލެ އަދި ތިޔަ އަޅަންއުޅޭ ބުރިޖް ތިލަފުށި ނަގާނެ އިންޑިޔާއަށް
3 ސެޕްޓެންބަރ 2020 | ބުރާސްފަތި 09:16
ކޮމް
ބުރިޖުވެސް ނަގާނެ ދޯ. ހާދަދެރައޭ.