ކ. މާލެ
|
3 ސެޕްޓެންބަރ 2020 | ބުރާސްފަތި 12:32
ކޮވިޑުން ހާލު ބޮޑު ފަރާތްތަކަށް ފަރުވާދެނީ
ކޮވިޑުން ހާލު ބޮޑު ފަރާތްތަކަށް ފަރުވާދެނީ
ރޮއިޓަރސް
ކޮވިޑް-19: ދިރާސާ
ފަސޭހައިން ލިބޭ ސްޓީރޮއިޑްސް ތަކުން ކޮވިޑާއި ގުޅޭ މަރުތައް މަދުކުރެވިދާނެ: ދިރާސާ
ސްޓީރޮއިޑްސް 678 ބަލި މީހަކަށް ދީފައިވާއިރު އޭގެތެރެއިން 67.3 އިންސައްތަ މީހުންގެ ގައިން ރަނގަޅު ނަތީޖާތަކެއް ފެނިފައިވޭ
މަރުވާ މީހުންގެ އިންސައްތަ މަދު
ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުދަ ދުވަހު ވަނީ، ހާލު ބޮޑު ބަލިމީހުންނަށް ކޯރޓިކޯސްޓްރޮއިޑް ދޭން ރިކޮމެންޑްކޮށްފަ

ފަސޭހައިން ލިބޭ ސްޓީރޮއިޑްސް ތަކުން ކޮވިޑް-19 ޖެހިގެން ހާލު ބޮޑުވެ މަރުވާ މީހުންގެ އަދަދު މަދުކުރެވިދާނެކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

ދި ޖާރނަލް އޮފް އެމެރިކަން މެޑިކަލް އެސޯސިއޭޝަން (ޖޭ.އޭ.އެމް.އޭ)އިން ޝާއިއުކޮށްފައިވާ ދިރާސާއަކާ ހަވާލާދީ ބައިނަލްއަގްވާމީ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން، މި ދިރާސާ ހެދިފައިވަނީ ބަލި ޖެހިގެން ހާލުބޮޑުވި 1700 މީހުންގެ މެދުގައެވެ. އެގޮތުން، ބޭސް ދިން ފަރާތްތަކުގެ ތެރެއިން ބޮޑު އިންސައްތައެއް ބަލިން ފަސޭހަވެފައިވާއިރު ބޭސް ދިނުމުން އިތުރަށް ފުރާނައަށް ނުރައްކާވާނެފަދަ އެއްވެސް އަލާމާތެއް ފެނިފައި ނުވާކަން ވަނީ ފާހަގަކޮށްފައެވެ.

ދެ ބަޔަކަށް ބަހާލައިގެން ކުރިޔަށް ގެންދިޔަ ދިރާސާގައި ސްޓީރޮއިޑްސް 678 ބަލި މީހަކަށް ދީފައިވާއިރު އޭގެތެރެއިން 67.3 އިންސައްތަ މީހުންގެ ގައިން ރަނގަޅު ނަތީޖާތަކެއް ފެނިފައިވާއިރު 32.7 އިންސައްތަ މަރުވެފައިވާކަމަށް ދިރާސާއިން ދައްކައެވެ. އަދި، ހާލުބޮޑު މީހުންގެ ތެރެއިން 1025 ފަރާތަކަށް އާންމުކޮށް ދޭ ފަރުވާ (އާންމު ބޭސް) ދީގެން މަރުވި މީހުންގެ އިންސައްތަ ގިނަކަން ވަނީ ފާހަގަކޮށްފައެވެ. 41.5 އިންސައްތަ މީހުން ވަނީ މަރުވެފައެވެ. މިގޮތަށް ނަތީޖާތައް ދެއްކުމާއި އެކު ސްޓީރޮއިޑްސް ދީގެން ކްރިޓިކަލް ހާލަތުގައިވާ ފަރާތްތައް މަރުވާ ނިސްބަތް މަދުކަން އެ ދިރާސާގައި ވަނީ ފާހަގަކޮށްފައެވެ.

ދިރާސާތަކުގައި ބައިވެރިވި ތަފާސް ހިސާބުތައް އެއްކުރާ ޑޮކްޓަރެއްގެ ލިޔުމަކާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން، ކޯރޓިކޯސްޓޭރޮއިޑްސް ބޭނުންކުރުމުން މަރުވާމީހުންގެ އަދަދު 40 އިންސައްތައިން 20 ނުވަތަ 32 އިންސައްތަ ދަށްކޮށްދެއެވެ.

މިސާލެއްގެ ގޮތުގައި އޭނާ ފާހަގަކޮށްފައިވަނީ ފަރުވާ ދެމުންދާ ހާލުބޮޑު 100 މީހުންގެ ތެރެއިން އިތުރު 8 މީހުން މަަރުނުވެ ސަލާމަތްވުމެވެ. އަދި ދިރާސާގެ ނަތީޖާތަކާއެކު، ދިރާސާ ހެދި ފަރާތްތަކުން ޝާއިއުކުރި ރިޕޯޓުގައި ވަނީ ކޮވިޑް-19 ޖެހި ކްރިޓިކަލް ހާލަތައް ދާ ފަރާތްތަކަށް ފަރުވާއެއްގެ ގޮތުގައި އާންމު ބޭހަށްވުރެ ސްޓީރޮއިޑްސް ބޭނުންކުރުމަށް އިލްތިމާސްކޮށްފައެވެ.

މި ދިރާސާއާއި ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުދަ ދުވަހު ވަނީ، ހާލު ބޮޑު ބަލިމީހުންނަށް ކޯރޓިކޯސްޓޭރޮއިޑްސް ދޭން ރިކޮމެންޑްކޮށްފައެވެ. ނަމަވެސް ބަލިޖެހިގެން ކްރިޓިކަލް ހާލަތައް ނުދާ ފަރާތްތަކަށް ބޭނުންނުކުރުމަށް ޑަބްލިއުއެޗްއޯއިން އިލްތިމާސްކުރެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް