ކ. މާލެ
|
3 ސެޕްޓެންބަރ 2020 | ބުރާސްފަތި 07:05
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އެގައުމަކީ ވައިރަސް އެންމެ ހަލުވިމިނެއްގައި ފެތުރެމުންދާ ގައުމު
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އެގައުމަކީ ވައިރަސް އެންމެ ހަލުވިމިނެއްގައި ފެތުރެމުންދާ ގައުމު
ސީ.އެން.އެން
ކޮވިޑް-19ގެ ވެކްސިން
ޑަބްލިޔުއެޗްއޯއިން ދުނިޔޭގެ ގައުމުތަކާ ގުޅިގެން އުފައްދާ ވެކްސިންގައި އެމެރިކާއިން ބައިވެރިނުވާން ނިންމައިފި
ޕްރޮގްރާމްގައި އެމެރިކާ ބައިވެރިނުވާން ނިންމީ ޑަބްލިޔުއެޗްއޯ އިސްކޮށް ހަރަކާތްތެރިވާތީ
ވެކްސިން އުފައްދަން ގައުމުތަކުން ކުރާ މަސައްކަތަށް އެއްބާރުލުން ދޭނެ
އެމެރިކާގައި ހަމިލިއަންއަށްވުރެ ގިނަ މީހުން ބައްޔަށް ވަނީ ޕޮޒިޓިވްވެފައި

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯއިން) ދުނިޔޭގެ ގައުމުތަކާ ގުޅިގެން ކޮވިޑް-19ށް ވެކްސިން ހޯދުމަށް ކުރާ މަސައްކަތުގައި ބައިވެރިނުވާން އެމެރިކާއިން ނިންމައިފިއެވެ.

އަންގާރަ ދުވަހު ވައިޓް ހައުސްއިން ނެރިފައިވާ ނޫސްބަޔާނުގައި ބުނެފައިވަނީ ގައުމުތަކުން ގުޅިގެން އުފައްދާ ވެކްސިން ޕްރޮގްރާމްގައި އެމެރިކާ ބައިވެރިނުވާން ނިންމީ ޑަބްލިޔުއެޗްއޯ އިސްކޮށް ހަރަކާތްތެރިވާތީއެވެ.

މިނިންމުން ނިންމާފައިވަނީ ކޮވިޑް-19ގެ ހާލަތު އެގައުމުގައި ވަރަށް ބޮޑަށް ގޯސްވެފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން ހަމިލިއަންއަށްވުރެ ގިނަ މީހުން ބައްޔަށް ވަނީ ޕޮޒިޓިވްވެފައެވެ.

ގައުމުތަކުން އުފައްދާ މިވެކްސިން ޕްރޮގްރާމް ''ކޮވެކްސް''ގައި މިހާތަނަށް 170 ގައުމުން ވަނީ ބައިވެރިވެފައެވެ.

މީގެ އިތުރުން ވައިޓްހައުސްގެ ސްޕޯކްޕަރސަން ވިދާޅުވީ ވެކްސިން އުފައްދަން ގައުމުތަކުން ކުރާ މަސައްކަތަށް އެއްބާރުލުން ދޭނެ ކަމަށެވެ. ނަމަވެސް ޗައިނާއަށް ވާގިވެރިވެދޭ ކަމަށް ތުހުމަތުކޮށް ޑަބްލިޔުއެޗްއޯއިން ކުރާ މަސައްކަތްތަކަށް އެއްބާރުލުން ނުދޭ ކަމަށް ސްޕޯކްޕަރސަން ވިދާޅުވިއެވެ.

ސްޕޯކްޕަރސަން ވިދާޅުވީ ވެކްސިން އުފެއްދުމަށް ކުރާ މަސައްކަތަށް ކިތަންމެ ބޮޑު ހަރަދެއްކޮށްގެން ވިޔަސް އެވެކްސިން އުފައްދާނީ އެމެރިކާގެ ފުޑް އެންޑް ގްރަގް އޮތޯރިޓީގެ ގޯލްޑް ސްޓޭޑަޑް އަދި ސޭފްޓީ މިންގަނޑުތަކަށް ފެތޭ މިންވަރަށް ކަމަށެވެ.

އެގޮތުން ކޮވިޑް-19އަށް އެމެރިކާގެ ދެކުންފުންޏަކުން އުފައްދާ ވެކްސިންގެ ފޭސް ތިނެއްގެ ޓްރައަލް މިހާރު ވަނީ ފަށާފައެވެ. އަދި އިތުރު ދެވެކްސިންއެއް ފޭސް ތިނެއްގެ ޓްރައަލް މަސައްކަތް މިމަހުގެ މެދުތެރޭގައި ފަށާނެ ކަމަށް ރިޕޯޓު ކޮށްފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް