ކ. މާލެ
|
2 ސެޕްޓެންބަރ 2020 | ބުދަ 17:05
ޝާހީ އަމީރު - ޙަލީޖް ޓައިމްސް
ޝާހީ އަމީރު - ޙަލީޖް ޓައިމްސް
ޚަލީޖް ޓައިމްސް
ޔޫއޭއީގެ އެހީ
ޔުނައުޓެޑް އަރަބް އެމިރޭޓްސް އިން ޕާކިސްތާންއަށް 4 މިލިއަން ދިރުހަމް ހަދިޔާކޮށްފި
4 މިލިއަން ދިރުހަމުގެ އިތުރުން ހަލީފާ ފައުންޑޭޝަންއިން އިތުރު ބައެއްތަކެތި ވެސް ވަނީ ހަދިޔާކޮއްފަ
ބޭސް, ޓެންޓު, ގައިގާ އަޅާ ރަޖާގެ އިތުރުން ކުޑަކުދިންއަށް ކާންދޭ ފޯމިއުލާ ފަދަ ތަކެތި 75000 މީހުނަށްވަނީ ހަދިޔާ ކޮއްފަ
ހަލީފާ ފައުންޑޭޝަންއިން މިފަދައިން މީގެ ކުރިން ވެސް ދުނިޔޭގެ އެކި ގައުމު ތަކަށް އެހީ ވެދެއްވާފައިވޭ

ޔުނައިޓެޑް އަރަބިކް އެމިރޭޓްސް (ޔޫ.އައި.އޭ) އިން ޕާކިސްތާނުގެ ކަރާޗީއަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވެ، ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް 4 މިލިއަން ދިރުހަމް ހަދިޔާކޮށްފިއެވެ.

ހަލީޖްޓައިމްސް އިން ކޮއްފައިވާ ޓުވީޓްގައި އިތުރައް ހާމަކޮއްފައިވާ ގޮތުގައި 4 މިލިއަން ދިރުހަމުގެ އިތުރުން ޚަލީފާ ފައުންޑޭޝަންއިން އިތުރު ބައެއްތަކެތި ވެސް ވަނީ ހަދިޔާކޮށްފައެވެ. އެގޮތުން ބޭސް, ޓެންޓު, ގައިގާ އަޅާ ރަޖާގެ އިތުރުން ކުޑަކުދިންއަށް ކާންދޭ ފޯމިއުލާ ފަދަ ތަކެތި 75000 މީހުންނަށް ވަނީ ހަދިޔާ ކޮށްފައެވެ.

މިތަކެތި ހަދިޔާކޮށްފައިވަނީ ރަސްގެފާނު ޝެއިޙް ޙަލީފާ ބިން ޒައިދް އަލް ނަހްޔާންއާއި, ޝާހީ ދަރިކަލުން އަމީރު ޝެއިޙް މުހައްމަދު ބިން ޒައިދް އަލް ނަހްޔާންއާއި, އަބޫދާބީގެ ޝަހީ ދަރިކަލުންނާއި އަދިވެސް ޔޫ.އައި.އޭގެ އިތުރު ބައެއް އިސް ވެރިންގެ ހާއްސަ ބެއްލެވުމުގެ ދަށުންނެވެ. ޙަލީފާ ފައުންޑޭޝަންއިން މިފަދައިން މީގެ ކުރިން ވެސް ދުނިޔޭގެ އެކި ގައުމު ތަކަށް އެހީ ވެދެއްވާފައިވެއެވެ.

ޕާކިސްތާނުގެ މީޑިއާ ތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ކަރާޗީގެ މަގުތަކުގައި ފެން ބޮޑުވެ ކޯރު ހެދިފައިވާއިރު، ބައެއް ގެތަށް ވަނީ ފެނު އަޑީގައެވެ. މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މިއީ މިދިޔަ 89 އަހަރު ތެރޭގައި ކަރާޗީއަށް ރެކޯޑް މިންވަރަކަށް ވާރޭ ވެހުނު ފުރަތަމަ ފަހަރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް
2 ސެޕްޓެންބަރ 2020 | ބުދަ 18:06
މޮހޮނު
ހަލީފާގެ ހާދަހާ ކުރީގެ ފޮޓޮޔެކޭ، ހަލީފާ ބަލިހާލަތުހޮގޮތުން މީހާވަކިވެސް ނުވާވަރުވެފަ މިހާރު ހުންނެވީ